އޭޓީއެމްތަކުން ވަގަށް ފައިސާ ނަގަމުންދާ ކަމަށް ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހޯދަން ފަށައިފި
އޭޓީއެމްތަކުން ވަގަށް ފައިސާ ނަގަމުންދާ ކަމަށް ތުހްމަތު ކުރެވޭ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.
އެ މީހާގެ ފޮޓޯ ފުލުހުން އާންމުކުރި ނަމަވެސް އެ މީހާގެ ނަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފޮޓޯއިން އެ ފެންނަ މީހަކީ މާލޭގައި ހުރި އޭޓީއެމްތަކުން އެކި މީހުންގެ އެކައުންޓުތަކުން ފައިސާ ނަގަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ވާތީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިވާ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އޭނާ ވަގަށް ފައިސާ ނަގާފައިވަނީ ކިތައް މީހުންގެ އެކައުންޓުން ކަމެއް، އަދި ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާ ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
މި މައްސަލައިގައި ފުލުހުން މިހާތަނަށް ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު އޭނާ އޭޓީއެމްތަކުން ފައިސާ ނަގާފައިވަނީ، އޭޓީއެމްތަކަށް ފައިސާ ނަގަންދާ މީހުންގެ ތެރެއިން ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެ ދިނުމުގެ ނަމުގައި އެ މީހުންނަށް ފައިސާނަގައި ދިނުމަށް ފަހު އެ މީހެއްގެ ކާޑުގެ މައުލޫމާތު ބޭނުންކޮށްގެން ކަމަށް ފާހަގަ ކުރެވޭކަމަށް ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވި އެވެ.
އޭޓީއެމް ކައިރީގައި ތިބޭ ގޮތް ނޭނގޭ މީހުން ފައިސާ ނެގުމަށް އެހީތެރިވެ ދިނުމަށް ހުށަހެޅިޔަސް އެފަދަ މީހުންގެ އެހީ ނުހޯދުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އޭޓީއެމްތަކުން ވަގަށް ފައިސާ ނަގަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހާގެ މައުލޫމާތު ދިނުމަށް ގުޅާނީ 3322111 ނުވަތަ 9790048 އަށެވެ.
No comments:
Post a Comment