Saturday, July 30, 2011

މާލޭ ސިޓީގެ ޑިޕިއުޓީ މޭޔަރު ދުއްވެވި ސައިކަލެއްގެ މަޑިދަށުން ތިން ޕެކެޓް ހަޝިސް އޮއިލް!


މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝަމާހު މިދިޔަ ހަފުތާގައި ދުއްވެވި ސައިކަލެއް ފުލުހުން ހުއްޓުވުމަށްފަހު އެ ސައިކަލު ޗެކްކުރި ކުރުމުގައި ސައިކަލްގެ މަޑިދަށުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް ފެނުނު ކަމަށް އިތުބާރު ހުރި ފަރާތަކުން ސަން އަށް މައުލޫމާތުދީފި އެވެ.
” އަޅުގަނޑު މިހިރީ ހައްޔަރެއް ނުކުރޭ، ދެން އެއްޗެއް ފެނިދާނެ ދެއްތޯ ކޮންމެ މީހެއްގެ ސައިކަލެއްގެ ތެރެއިން ވެސް، 
ސަމާހު

ނަން ނުޖެހުމަށް ސަރުތުކޮށް މައުލޫމާތުދިން ކަމާބެހޭ މީހަކު ބުނީ ޑެޕިއުޓީ މޭޔަރުގެ ސައިކަލް ފުލުހުން ޗެކްކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން ނުކުމެވަޑައިގެން ސައިކަލަށް އަރާވަޑައިގެން ސްޓާޓްކުރެއްވިތަނުން ކަމަށެވެ. އަދި އޭނާ އިންނެވި ސައިކަލް ފުލުހުން ޗެކްކުރެއްވުމުގެ ތެރޭގައި ސައިކަލްގެ މަޑިދަށުން ހަޝިޝް އޮއިލް ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި އޮތް ތިން ޕެކެޓް ފެނުނު ކަމަށްވެސް އޭނާ ބުންޏެވެ.

ޝަމާހު މިއަދު ވިދާޅުވީ އެފަދަ އެއްވެސް މައްސަލައަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިނުވާ ކަމަށާއި ކޮންމެ މީހެއްގެ ސައިކަލެއްގެ ތެރެއިން ވެސް އެއްޗެއް ފެނިދާނެ ކަމަށެވެ. ނަމަވެސް އޭނާ ދުއްވެވި ސައިކަލެއްގެ ތެރެއިން މަސްތުވާއެއްޗެއް ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ. އަދި ޝާމާހު ވިދާޅުވި އެވެ: "އިތުރަށް އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުމެއް ނޫން،"

އަދި ޝަމާހު ދުއްވެވީ އަމިއްލަ ސައިލެއް ކަމެއް ނުވަތަ މީހެއްގެ ސައިކަލެއް ކަމަށްވެސް އޭނާ ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު މިހިރީ ހައްޔަރެއް ނުކުރޭ، ދެން އެއްޗެއް ފެނިދާނެ ދެއްތޯ ކޮންމެ މީހެއްގެ ސައިކަލެއްގެ ތެރެއިން ވެސް،" ޝަމާހު ވިދާޅުވި އެވެ.

ޑެޕިއުޓީ މޭޔަރު ދުއްވެވި ސައިކަލެއް ފުލުހުން ޗެކްކުރި ކަން ސަންއަށް ކަށަވަރުވި ނަމަވެސް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

No comments:

Post a Comment