Saturday, July 30, 2011

ހުޅުމާލޭގައި ބިދޭސީންތައް ރާބޮއި އަމަލުވެގެން ބިތްޖެހިފައި!


ރާ ބޮއެގެން ރޭ ހުޅުމާލެއަށް އެރި ބިދޭސީންތަކެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

    30 ޖުލައި 2011 - 60 މިނެޓް 35 ސިކުންތު ކުރިން
    3 ކޮމެންޓު
ހުޅުމާލެއިން: ހުސައިން ހަސަން

ބަންދު ދުވަހަކީ "އީދެ"ކެވެ. އެފަދަ ކޮންމެ ދުވަހަކު ހުޅުމާލޭގައި ފައި ބީއްސާލެވިއްޖެ ނަމަ ބިދޭސީންނަށް "ދެއީދު" އެއް ފަހަރާ އާދެ އެވެ. މިރަށުގެ އެކި ސަރަހައްދުތަކަށް ޖަމާވެ، ފޯރި ހިއްޕާލަ އެވެ. ނަމަވެސް ބިދޭސީންގެ "ބައިގަނޑު" މި ރަށުގައި ނަގާ ފޯރިއަކީ ދިވެހި އިސްލާމީ މުޖުތަމައާ ގުޅޭ ކަންތައްތަކެއްތޯ ރާއްޖޭގެ ގާނޫނުތައް ޖާގަދޭ ކަންތައްތައްތޯ، ސުވާލު އުފެދެ އެވެ.

ހުކުރު ދުވަހުގެ ރޭ އަހަރެން މިރަށުގައި މަޑުކޮށްލި އިރު އެންމެ އަޅައިގަތް މަންޒަރަކީ "ދެއީދު" އައިސްގެން ދުވުނު މަންޒަރެވެ. އަހަރެން ބަލަން ހުރީމެވެ؛ ފަޅުގައި އަޅާފައިވާ ސަފާރީތަކަށް ގޮސް ބަނގުރާ ބޮއެ މަސްތުގެ ވެގެން މިރަށަށް ފައިބައި އުޅުނު ޗައިނާ ބައެއްގެ "ދުއްތުރާ" މިރަށުގެ ބައެއް އާންމުންނަށް ކުރިމަތިވި އެވެ. މަންޒަރު ބަލަން ހުއްޓާ އަހަރެން ރައްޓެއްސަކު ރީތި ނަމެއްވެސް ދިނެވެ. ބުނީ "އެތިބީ ނަށާފުޅި" ބޮއިގެން "ނެށިފައި" ކަމަށެވެ.

ފެރީ ޓާމިނަލް ސަރަހައްދުގެ ޖެޓީއަށް ރޭ މެންދަމު 1:00 ޖަހަން އުޅެނިކޮށް ސަފާރީތަކުން ބާލަމުންދިޔަ މީހުން ތިބީ "ހިނދުކޮޅު"ގައި ކަމަށް ބުނެ މީހުން އިނގިލި ދިއްކުރި މަންޒަރު ވެސް އަހަރެން ދުށީމެވެ. މީހުން ބުނި ގޮތުން ވިއްޔާ އެއީ ވެސް ޗައިނާގެ ބައެކެވެ. ލެނބިފައި ތިބި އެމީހުންގެ އަންހެނުންނާ ފިރިހެނުން މުޑިއަރާ ގޮތްވަމުން ދިޔައީ އަހަރެން ހުއްޓަ އެވެ. މީހުންވެސް ގުނީމެވެ. އަހަންނަށް 16 ހަމަ ކުރެވުނެވެ.

"މިދެން ކިހާ ބޮޑުވެއްޖެ ސަކަރާތެއް،" އެމީހުންނާ ހެދި ކުރި ނޭރިގެން އުޅުނު މީހަކު ނުރުހިފައި ބުންޏެވެ. އަދި އެސަރަހައްދުގައި އުޅުނު މީހުންގެ ސަމާލު ކަމަށް އޭނާ މަންޒަރު ގެނެސްދިނެވެ. ބައެއް މީހުން ބުނި ގޮތުން ވިއްޔާ "ލެނބިފައިވާ ޖަމާއަތް" ތެރޭގައި ދިވެހިން ވެސް ތިއްބެވެ. އަހަންނެކު ނުދެކެމެވެ.

"ތީ އާންމު ކަމެއް. މިރެޔަކު އެކަންޏެއް ނޫން. ކޮންމެ ބަންދެއްގައާ އެކި ދުވަސްދުވަހު އެމީހުން ސަފާރީތަކަށް ގޮސްފައި ފައިބަނީ އެގޮތަށް ތިބެގެން ނަސީބެއް މިގަޑީގައި މިތާނގައި ކުޑަކުދިން ނުތިބޭކަން،" ފެރީ ޓާމިނަލްގެ ޖެޓީ މަތީގައި މަސްބާނަން ދޮށި އަޅައިގެން ހުރި މީހަކު ބުންޏެވެ.

އަހަރެން ހިތަށް އެރިއެވެ. އެބުނާ ގޮތަށް ކޮންމެ ހަފުތާ ބަންދެންގައި ބޮޑުމަންޒަރު ދައްކާއިރު ފުލުސް މީހުން ކޮބައި ހެއްޔެވެ؟ އެކަމަކު ފަހުން އަހަންނަށް ފުލުހުން ވެސް ފެނުނެވެ. ކިޓްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ބަނގުރާ ބޮއެގެން ރޭ ހުޅުމާލެއަށް އެރި ބައެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ފުލުސް އޮފިޝަލު ވިދާޅެއް ނުވެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ރޭ މިރަށުގައި "އަރިއަޅާލައިގެން" އުޅުނީ މިރަށުގައި އުޅޭ ޗައިނާ ލޭބަރުންގެ ބައެކެވެ. ފުލުހުން ސުވާލުކޮށްފައި ވަނީ ވެސް އެމީހުންނާ އެވެ. މީގެ އިތުރުން އެ މީހުންނާ ހަވާލުވެގެން ތިބި ދިވެހި ބަޔަކާ ވެސް ފުލުހުން ސުވާލުކުރި ކަމަކަށް ވެއެވެ. އަހަރެން ދުށީމެވެ.

ސަފާރީއަށް އަހަރެމެން 16 މީހުން ގެންދިޔައިން. އެންމެ 'ވިސްކީ' ފުޅިއެއް އަރުވައިގެން ހަމައިން ނެއްޓިގެން އުޅުނީ،" ޗައިނާގެ "ބައިގަނޑު" ސަފާރީން ހުޅުމާލެއަށް ގެނެސްދިން ޑިންގީގައި ހުރި މީހަކު ބުންޏެވެ.

ބަލަން ހުއްޓައި އެ މީހުންނާ ހަވާލުވެގެން އުޅޭ ދިވެހި ބަޔަކު އެމީހުން ގެންދިޔައީ ޓެކްސީއަކަށް ލައިގެނެވެ. އަތުލަފިކޮށްގެން ޓެކްސީއާ ހަމައަށް ގެންދިއުމުން އެއިން ކޮންމެ މީހަކަށް ވެސް ޓެކްސީ ވަނީ އެނދަކަށެވެ. އެމީހުން "އެނދަ"ށް ހޮޑުލީ އިރުވެސް އެންމެ ގާތުގައި ހުރީ އަހަންނެވެ. އެތަން ބަލާފައި އަހަރެންގެ މޭވެސް ނުބައި ކުރުމުން މާލެދާން ނައްޓައިލީ އެވެ.
----
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު: ބިދޭސީއެއް ނަމަ ޑީޕޯޓް ކުރެވިދާނެ ކަމަށް ބުނެފައި ވާއިރު، ގާނުނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ )ހ( އަދި )ނ( ގައި ބުނެފައިވަނީ 6 މަހާއި އެއް އަހަރަށް ޖަލަށް ލެވިދާނެ ކަމަށެވެ.

No comments:

Post a Comment