Monday, August 29, 2011

800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދުމަށް ނިމައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮށްކޯފުޅު އަބުދުﷲ ޔާމީން ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލައާ ގުޅުން ހުރި ހުރިހާ މެލިޔެކިޔުންތަކެއް ގައުމީ ސަލާމަތުގެ ކޮޓީ އަށް ހުށަހެޅުމަށް 12 މުއައްސަސާއަކަށް އެންގުމަށް ކޮމެޓީން ނިންމައިފި އެވެ.

މައުމޫން އާއި ޔާމީން ހިންގި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއާ ބެހޭ ލިޔެކިޔުންތައް ހޯދުމަށް 12 މުއައްސަސާތަކަށް ސިޓީ ފޮނުވުމަށް ނިންމީ މިއަދު ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހާޒިރުވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެ މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރިޔާސީ ކޮމިޝަނަށާއި ފޮރިން މިނިސްޓްރީގެ އިތުރުން އިކޮނަމިކް މިނިސްޓްރީއަށް ސިޓީ ފޮނުވަން ނިންމާފައިވެ އެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހަށާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން )އެސްޓިއޯ( އަށާއި މޯލްޑިވްސް މަނިޓަރީ އޮތީރިޓީ )އެމްއެމްއޭ( އަށް މައްސަލާގެ ލިޔެކިޔުންތަށް ހުށަހެޅުމަށް ނިންމާފައިވެ އެވެ. އަދިވެސް އިތުރު ހަތަރު ތަނަކަށް ސިޓީ ފޮނުވުމަށް ކޮމެޓީން ނިންމެވި އެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކު ހުށަހަޅުއްވާފައި ވަނީ އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން މައުމޫން އާއި ޔާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. މޫސަ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަން ފެށުމާ އެކު އެ ދެ ބޭފުޅުން ފިއްލަވާފާނެ ކަމުގެ ބިރު އެ ބައޮތް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ލީގަލް ޑިޕާޑްމަންޓުން ލާފާދީފައި ވަނީ މީހެއްގެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރެއް މަޖިލީހުގެ ކޮމެޓީއަށް ލިބިގެން ނުވާ ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ ދެން އޮންނަ ކޮމެޓީ ބައްދަލުވުމެއްގައި އެ މައްސަލަ ކޮމެޓީން ނިންމާނެ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މަޖިލީހަށް ހުށަހަޅުއްވި 800 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތު ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތުގެ ކޮމެޓީގެ އަގުލަބިއްޔަތު އޮންނަނީ ސަރުކާރު ހިންގާ އެމްޑީޕީ އަށެވެ.

ރައްޔިތުންގެ މަޖިލީސް: ބައެއް ނަން ރެސިޑެންޓް ސަފީރުންނަށް ރުހުންދީފި

ބައެއް ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައެޅުމަށް މަޖިލީހުން ރުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ އިތުރުން ދެކުނު ކޮރެޔާ އަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް މ. އުތުރުގެ އަހްމަދު ހަލީލު ހަމަޖެއްސެވުމަށް ވަނީ ރުހުންދީފަ އެވެ. އަދި ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމުގެ އިތުރުން ކަޖަކިސްތާނާއި އުޒްބެކިސްތާނާއި އާޒަރުބައިޖާން އަދި އުރުދުނަށް ކަނޑައަޅާ ނޮން ރެޒިޑެންޓް ސަފީރުކަމަށް މ. އެމޭޒަން ޑޮކްޓަރު އާއިޝަތު ޝެހެނާޒް އާދަމް ހަމަޖެއްދުމަށް ރުހުން ދިނެވެ. އަދި މިސުރު ސަރުކާރަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނެވި ހ. އޭޝަން ލޮޖް އާދަމް ހަސަންގެ ބަދަލުގައި އެ މަގާމަށް ޑޮކްޓަރު އާއިޝަތު ޝެހެނާޒް އާދަމް ހަމަޖެއްސެވުމަށް ވެސް ވަނީ ރުހުން ދީފަ އެވެ.

ބައެއް ސަފީރުންނަށް ހަމަޖެއްސުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަޖިލީހަށް ފޮނުއްވި ބައެއް ނަންތައް ދިރާސާ ކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީއަކަށް ވެސް ފޮނުވައިފަ އެވެ.
ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ ސަފީރަކަށް މަޖިލީހުން ރުހުން ނުލިބުނު ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައީސް މުހައްމަދު ނަޝީދުގެ ޑިފެންސް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަމީން ފައިސަލް ހަމަޖެއްސުމަށް މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

އަދި ބަންގްލަދޭޝްގައި ހުންނަވާ ސަފީރު އަހުމަދު ޒަރީރު އެމެރިކާގެ ސަފީރު ކަމަށް ހަމަޖެއްދެވުމަށާއި ސިންގަޕޫރުގައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް ބަންގްލަދޭޝްގެ ސަފީރު ކަމަށް، އަދި ސިންގަޕޫރުގައި ހުންނަވާ ސަފީރުގެ ނާއިބު އިބްރާހިމް ދީދީ (މޮޑީ)ސިންގަޕޫރުގެ ސަފީރު ކަމަށް، މީގެ އިތުރުން ޔޫއޭއީގެ ސަފީރު ކަމަށް ށ. މާއުނގޫދޫ ކަރަންކާގޭ އަހުމަދު ރަޝީދު ހަމައްޖެސެވުމަށް ވެސް ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް އިއްވުމަށް ފަހު ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ ނަންތައް ދިރާސާ ކުރުމަށް ފޮނުއްވީ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށެވެ.

ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ހޮވަން ޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލު އެކުލަވާލަން އެމްޑީޕީން ތާއީދުކޮށްފި

ރިޔާސީ އިންތިހާބުގައި ޕާޓީއެއްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް ރިޔާސީ ޕްރައިމަރީ އަކުން ހޮވަން ޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ބިލު އެކުލަވާލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ތާއީދުކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ގިނަ ޕާޓީތަކުން އިންތިހާބު މެދުވެރިކޮށް ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކޮށް، ދެފުށް ފެންނަ އިންސާފުވެރި، ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ މަސައްކަތްތައް ބައްޓަން ވެގެން ދިއުމަކީ އެމްޑީޕީން އަބަދުވެސް ދެކެން ބޭނުންވާ ބޮޑު މަންޒަރެއް ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީން އެފިކުރަށް ތަބާނުވާކަމަށާއި އެއީ އެޕާޓީން ނުހަނު ހިތާމަކުރާ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

"އިންތިހާބުތަކުން ކާމިޔާބު ހޯދާފަރާތް ކަނޑައަޅަނީ އެ އިންތިހާބެއްގައި ވޯޓުލާ މީހުންނަށްވީ ހިނދު، ޑީއާރުޕީގެ ތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބާއްވައިފިނަމަ ހޮވިވަޑައިގަންނަވާނީ އެ ޕާޓީގެ ލީޑަރު އަހަމަދު ތަސްމީން އަލީ ކަމަށް އެ ޕާޓީގެ ސެކްރެޓޭރިއަޓުން ބުނުމަކީ ވެސް ޑީއާރުޕީގެ ޕާޓީގެ ލީޑަރޝިޕްގެ ހުދުމުހްތާރުކަން އިތުރަށް ފާޅުވާ ކަމެއް ކަމުގައި ދެކެމެވެ." އެމްޑީޕީން ބުނެފައިވެ އެވެ.

އަދި ޑީއާރުޕީ ނިކަމެތިވެ، ހަނާވެ ފަނާވަމުން ދަނީ އެޕާޓީގެ "ލީޑަރުންގެ ކިބައިގައި އިހުވެސް އަދި މިހާރު ވެސް ހުރި ހުދުމުހްތާރު ސިފަތަކެއްގެ" ސަބަބުން ކަމަށް ވެސް އެޕާޓީން ބުނެފައިވެ އެވެ.

"އެ ޕާޓީގެ ތެރޭގައި މޫލާފައިވާ ވެރިކަމާ ތޮޅުމުގެ ވިރާސީ ވިސްނުމުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީ އާއި ބީރައްޓެހި ސަގާފަތުގެ ސަބަބުން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ދެކެވަޑައިގަންނަވަ އެވެ،" އެމްޑީޕީގެ ވެބްސައިޓުގައި ބުނެ އެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ބިލު ބައްޓަން ކުރާއިރު، އެ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓް ޕްރައިމަރީއަކުން ކަނޑައެޅުމަކީ އެންމެ ޑިމޮކްރެޓިކް ގޮތްކަމަށްވީ ހިނދު، އެކަމަށް އެމްޑީޕީގެ ފުރިހަމަ ތާއީދު ކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑީއާރުޕީން ރިޔާސީ ކެންޑިޑޭޓަކީ ވެސް އެ ޕާޓީގެ އާންމު މެންބަރުންގެ ވޯޓަކުން ހޮވޭ ބޭފުޅަކަށް ހެދުމަށް އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް މެންބަރުން ތާއީދުކުރާ ކުރުމަށް، އެމްޑީޕީން ފުރިހަމައަށް ތާއީދުކުރާ ކަމަށް ވެސް އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ބިލު ބައްޓަންވެގެންދާއިރު، އެ ބިލުގައި ޕާޓީތަކުގެ އިސް މަގާމްތައް ކަމުގައިވާ ޗެއާޕާސަން އާއި، ލީޑަރާއި ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ފަދަ މަގާމްތަކަށް މީހުން އިންތިހާބުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމުގައި ކަނޑައަޅައިދެއްވުމަށް ވެސް އެޕާޓީން ވަނީ ގޮވާލައިފަ އެވެ.

ހަ ޕަސެންޓް ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ބިލް ފާސްކޮށްފި

މުދަލާއި ހިދުމަތުގެ އަގުން ނޫނީ ޖެނެރަލް ސޭލްސް ]ޖީއެސްޓީ[ އިން ހަ ޕަސެންޓް ޓެކްހެއް ނެގުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެ ޓެކްސް ނެގުމަށް ފާސްކޮށްފައި ވަނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެންނެވެ.

އިދިކޮޅު މެންބަރުން ބިލަށް ދެކޮޅުހައްދަވާފައި ވަނިކޮށް މުޅި މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ތަޅުމަށް ގެނައުމަށް ފަހު، އެ ބިލު ފާސްކޮށް ފައި ވަނީ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ބިލު ފާސްކުރަން ބޭނުން ވަނީ 36 ވޯޓެވެ.

ބިލް މިހާރު އޮތް ގޮތުން ޓީޖީއެސްޓީގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 3.5 ޕަސެންޓެވެ. އެ އަދަދު ހަ ޕަސެންޓަށް ބަދަލުވާނީ އަންނަ އަހަރުން ފެށިގެންނެވެ.

އެބިލްގައި ހިމެނިފައިވާ ބައެއް ކަންތައްތަކަށް ދެކޮޅު ހައްދަވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ، ބިލު މިހާރު އޮތްގޮތަށް ފާސްކޮސްފި ނަމަ މާލީ އަދި އިދާރީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ބައެއް ވިޔަފާރިތައް ބަނގުރޫޓުވާނެ ކަމަށެވެ.
އިދިޅު ޑީއާރުޕީގެ މެންބަރު ކެލާދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، ޓެކްސަށް ވަނުމަށް ރައްޔިތުންނަށް ބޭނުންވާ މުއްދަތު ތިން މަސް ދުވަހަށް ލަސް ކުރުމަށާއި، ބިލު ހުށަހެޅިއިރު ޓެކްސް ނެގުމަށް ކަނޑައަޅާފައި އޮތް ފަސް ޕަސެންޓްގައި ބޭއްވުން ނޫނީ އެ އަދަދު އަދަދު ހަތަރު ޕަސެންޓަށް ކުޑަކުރުމަށެވެ. ނަމަވެސް އެމްޑީޕީ އަކުން އެ އިސްލާހަކަށް ތާއީދެއް ނުކުރި އެވެ.

ބިލް ފާސްކޮށްފައި ވަނީ ހަ ޕަސެންޓްގެ ޓެކްހެއް ނަގާ ގޮތަށެވެ.

އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، މުއްސަނދިން އަތުން ރައްޔިތުންނަށް ޓެކްސް ނަގައިދޭން ޖެހޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި ޓެކްހަކީ ރައްޔިތުންނަށް އޮޅުވާލައިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހަރަދު ކުރާނެ ފައިސާ ހޯދުމަށް ނަގާ ޓެކްހެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މި ޓެކްހަކީ އާއްމު މީހުން ހިންގާ ވިޔަފާރިތަކުންނާއި ރާއްޖޭގެ ރައްޔިތުންގެ އަތުން ނަގާ ޓެކްހެއް ކަމަށެވެ. އަދި ފޮރިން އެކްސްޗޭންޖް އިތުރުވާނެ ގޮތެއް ނެތި އެފަދަ ޓެކްހެއް ނެގުމަކީ ރައްޔިތުން ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖީއެސްޓީއަކީ މުޅި ރައްޔިތުންގެ އަތުން ނެގޭ އެއްޗެއް. އެންމެ ރިސޯޓަކުން ނުވަތަ ދެ ރިސޯޓަކުން ސަރުކާރު ހިންގާނެ ވާހަކަ އަޑުއެހިން. ނަމަވެސް ސަރުކާރުގެ މަތި ބަރުވެގެން ގޮސް ހަރަދުތައް ބޮޑުވެގެން ހަތަރު ބިލިޔަނުން ފަސްބިލިޔަޔުން ބަޖެޓް ޑެފިސިޓްވެގެން މިދަނީ. މި ޓެކްހަކީ ރައްޔިތުންގެ އަތުގައި ހުރި ފައިސާއެއް ނަގައިގެން ސަރުކާރު ދާއިރާތަކަށާއި ރިކަރަންޓަށް ހަރަދުކުރުން. ފޮރިން އެކްސްޗޭންޖް ލިބޭނެގޮތް އިތުރުނުކޮށް، މިހެން ހެދުމުން ރައްޔިތުން ބިކަ ހާލުގައި ޖެހިގެންދާނެ،" ގާސިމް ވިދާޅުވި އެވެ.

މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ، އެ ފަދަ ޓެކްހެއް ތައާރަފް ކުރާއިރު ރައްޔިތުންނަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތެއް ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިގްތިސާދީ މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ދައްކަން ޖެހޭ ޓެކްސް ބައެއް ފަރާތްތަކަށް ނުދެއްކި އުޅޭއިރު، ކުއްލި އަކަށް އެފަދަ ބޮޑު ޓެކްހެއް ތައާރަފް ވުމުގެ ސަބަބުން، މެދުފަންތީގެ ކުންފުނިތައް ދަރަނިވެރިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދައްކަން ޖެހޭ ބޭންކް އިންޓްރެސްޓާއި އިންސްޓްޓޯލްމަންޓާއި މުވައްޒިފުންގެ މުސާރަ އާއި ސަރުކާރަށް ދައްކަން ޖެހޭ ލޭންޑް ޓެކްސް ނުދެއްކިގެ ބައެއް ކުންފުނިތައް ދަރަނިވެރިވާނެ. މިއީ ރިހޭފައިމައްޗަށް ފޮއި ވެއްޓުން. މަޖިލީހުގެ މެންބަރުންނަށާއި ރައީސް ނަޝީދަށް އަޅުގަނޑު ދަންނަވާނީ ވިސްނާވަޑައިގަތުމަށް ފަހު އެކަމަށް އިތުރު މުއްދަތެއްދޭން ޖެހޭ ކަމަށް،" ސިޔާމް ވިދާޅުވި އެވެ.

މިބިލަށް ތާއީދު ކުރައްވަމުން އެމްޑީޕީގެ މެންބަރު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް ވިދާޅުވީ، ބިލު ފާސްކުރަން ވޯޓު ނުދެއްވާ މެންބަރުންނަކީ، ރައްޔިތުންނަށާއި ގައުމަށާއި ދައުލަތަށް ފަސް ބިލިޔަން ރުފިޔާގެ އަދަދުން އާމްދަނީ މަދު ކުރާނެ މެންބަރުން ކަމަށެވެ.

އަސްލަމްގެ ވާހަކަ އަށް ރައްދުދެއްވަމުން އިދިކޮޅު ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެ ފައިސާއަކީ ސިޔާސީ އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނަގާ ފައިސާއެއް ކަމަށެވެ. އަދި ބިލަށް ވޯޓުދޭ މީހުންނަކީ ރައްޔިތުންނަށް ހިޔާނާތްތެރިވާ ބޭފުޅުން ކަމަށް ސިފަ ކުރައްވާ އިރު ބިލަށް ވޯޓުދޭ މެންބަރުންނަކީ، ރައްޔިތުން އިނދަޖައްސާލައި ރައްޔިތުންނަށް މަކަރާއި ހީލަތް ހަދާބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހަކު ދުއްވި ކާރެއް ސައިކަލްތަކެއްގައި ޖެހި ގެއްލުންތަކެއް ލިބިއްޖެ

ފުލުހަކު ދުއްވި ކާރެއް ޕާކިން ޒޯނުގައި ހުރި ސައިކަލް ތަކެއްގައި ޖެހި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މިރޭ އިރާކޮޅު މިފްކޯ މަސްފިހާރަ ކައިރީގައި ހިނގި އެކްސިޑެންގައި ކާރު ދުއްވަން އިން ފުލުސް މީހާ ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އޭނާގެ ފައިވާން ޕެޓަލްތަކުގައި ތާށިވެގެން ކަމަށެވެ. ފައިވާން ތާށިވުމުން ކާރު ކޮންޓްރޯލް ނުކުރެވިގެން ޕާކިންޒޯންގައި ހުރި ސައިކަލްތަކުގައި ޖެހުނީ ކަމަށް އޭނާ ބުންޏެވެ. މަންޒަރު ދުށް މީހުން ބުނީ ކާރު ސައިކަލްތަކެއްގައި ޖެހުމުން ހަ ސައިކަލަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވައިނީ ފުލުހެއް ކަމެއް ޔަނީކޮށް ބުނަން ނޭނގޭ ކަމަށެވެ. އަދި އެ އެ މީހާ އިނީ ފުލުހުންގެ ޔުނީފޯމުގައި ވެސް ނޫން ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިސްމާއީލް އަބްދުލް ހަމީދު ދޮޅު އަހަރަށް އަރުވާލަން ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެ، ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ.ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.

އިސްމާއިލް އަބްދުﷲ ހަމީދުގެ މައްޗަށް ހުކުމް އިއްވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ )ހ(ގެ ދަށުންނެވެ. އެ މާއްދާގެ )ހ(ގައި ބުނެފައި ވަނީ ސަރުކާރުގެ މުވައްޒަފަކު ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެއް ކަމަށެވެ. 12 މާއްދާގެ )ށ(ގައި ބުނެފައި ވަނީ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށެވެ.

ދައުލަތުން އިސްމާއިލް އަބްދުﷲ ހަމީދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ފަހު ހުކުމް އިއްވަމުން ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ 2008 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓަށް ކޮޅުވެއްޓި ގެނައުމުގައި އިސްމާއިލް އަބްދުލް ހަމީދު މަގާމުގެ ބާރާއި ނުފޫޒު ބޭނުންކުރައްވައި އެ އުޅަނދު ވޭސްޓް މެނޭޖްމަންޓަށް ނުލިބެނީސް ލިބުނު ކަމަށް އެބަސްވެ އެލްސީގެ ފައިސާ އުޅަނދު ވިއްކި ފަރާތަށް ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. އުޅަނދުގެ ބާކީ 50 ޕަސެންޓް ފައިސާ ދިނުމަށް އެއްބަސްވެފައި ވަނީ އުޅަނދު ދައުލަތަށް ލިބޭތާ 14 ދުވަހުގެ ތެރޭގައި ކަމަށާއި ކޮޅުވެއްޓި ވޭސްޓް މެނޭޖްމެންޓަށް ލިބިއްޖެ ކަމަށް ބުނެ އެ ފައިސާ އެޕްރީލް 28، 2008 ގައި އެ ކުންފުންޏަށް ހޯދާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ އުޅަނދު ވޭސްޓް މެނޭޖުމަންޓަށް ލިބިފައި ވަނީ އެއް އަހަރު ފަހުން، އޮކްޓޯބަރު 32, 2009، ވަނަ އަހަރު ކަމަށެވެ. ގާޒީ ވިދާޅުވީ އެއީ ކޮޅުވެއްޓި ގަތުމަށް ވެފައިވާ އެއްބަސްވުމާ ހިލާފަށް އިސްމާއިލް އަބްދުﷲ ހަމީދުކޮށްފައިވާ ކަމެއް ކަމަށެވެ.
-------------------

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާއެއް ހޯއްދެވި ކަމުގެ ކުށް ސާބިތުވެ، އޭނާ ދޮޅު އަހަރަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން އެމީހަކު ވަކިވާނެ ކަމަށެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް އަދި އިސްމާއިލް އަބްދުﷲ ހަމީދު ވިދާޅުވެފަ އެއް ނުވެ އެވެ.

އިސްމާއިލް އަބްދުﷲ ހަމީދުގެ މައްޗަށް ހުކުމް އިއްވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ )ހ(ގެ ދަށުންނެވެ. އެ މާއްދާގެ )ހ(ގައި ބުނެފައި ވަނީ ސަރުކާރުގެ މުވައްޒަފަކު ނާޖާއިޒު ފައިދާއެއް ހޯދުމާއި ހޯދައިދިނުމަކީ ކުށެއް ކަމަށެވެ. 12 މާއްދާގެ )ށ(ގައި ބުނެފައި ވަނީ އެފަދަ ކަމެއް ކޮށްފި މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުން ކަމަށެވެ.

އަލީ ވަހީދުގެ އަނބިކަނބަލުންގެ ނަމުގައި ހުޅުމާލެއިން ނެގި ގޯއްޗަށް ޑައުންޕޭމަންޓް ނުދެއްކުމުން ކެންސަލްވެއްޖެ

ޑީއާރުޕީން ވަކިވެވަޑައިގަތުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ މެންބަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާގެ ނަމުގައި ހުޅުމާލެ އިން ބިޑްކޮށްފައިވާ ގޯތީގެ ޑައުން ޕޭމަންޓް ނުދެއްކުމުން ގޯތި ކެންސަލްވެއްޖެ އެވެ.

ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭ އަތިރިމަތީ ސަރަހައްދުން ބީލަމުގެ އުސޫލުން ވިއްކުމަށް ހަމަޖެއްސި 115 ގޯތީގެ އަތިރިމައްޗާއި ކުރިމަތިން ބީލަމަށްލި 36 ގޯތީގެ ތެރެއިން އެއް ގޯއްޗަކަށް ޑައުންޕޭމަންޓް ނުދައްކައިގެން ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެގޯތި މިހާރު އެހެން ފަރާތަކަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެގޯއްޗަށް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 1.18 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް ގޯތި އިހްތިޔާރުކުރި ދުވަހު އަންގާފައިވާ ކަމަށެވެ.

"އެފައިސާ ދެ މަހަކަށް ބަލާލައިގެން ދެއްކުމުގެ ފުރުސަތު ވެސް ބީލަން ކާމިޔާބު ކުރާ ފަރާތަށް ލިބިދީފައިވާނެ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ އަތިރިމަތިން ނަގާފައިވާ އެ ގޯތީގެ ބީލަން ކާމިޔާބު ކުރައްވާފައި ވަނީ އަކަފުޓަކަށް 1572.62ރ. ހުށަހަޅުއްވައިގެންނެވެ.

ލީޝާގެ އިތުރުން ހުޅުމާލޭ އަތިރިމަތިން ދޫކުރި އެގޯތިތަކަށް އެދިވަޑައިގެން އަލީ ވަހީދު ވެސް ވަނީ ބިމެއް ކާމިޔާބުކުރައްވައިފަ އެވެ. ޖެހިޖެހިގެން އޮތް އެ ދެ ގޯއްޗަށް 9.4 މިލިއަން ރުފިޔާ ވަނީ ހުށަހަޅުއްވާފަ އެވެ.

އަލީ ވަހީދާއި އޭނާގެ ކުރީގެ އަނބިކަނބަލުން ހުޅުމާލޭ އަތިރިމަތިން ދެ ގޯތި ބައްލަވައިގަތުމަށް ބީލަން ހުށަހަޅުއްވާފައި ވަނީ އަލީ ވަހީދުގެ މައްޗަށް ރިޝްވަތުގެ ތުހުމަތުތަކެއް ބައެއް ފަރާތްތަކުން ކޮށްފައިވަނިކޮށެވެ.

އެލާމްސްއާ ބެހޭ ގޮތުން ދޮގު ޚަބަރު ފެތުރި ކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ފަޔާ އެލާމް ސިސްޓަމެއް ބެހެއްޓުމަށް ހަތް މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް އެލާމްސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާ ކަމަށް ބުނެ ހަގީގަތާއި ހިލާފު ދޮގު ހަބަރެއް އެމްއެންބީސީ ވަން އިން އަދި ހަވީރު ނޫހުގައި ފަތުރާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އެލާމްސް އިން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެލާމްސް އިން މިއަދު ވަނީ އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެ، އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބުނެ ނޫސްބަޔާނެއް ނެރެފަ އެވެ.
އެލާމްސްގެ މޭނޭޖިން ޑިރެކްޓާ އުމަރު ނަސީރު މިއަދު ވިދާޅުވީ އެ މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅަން ނިންމެވީ މި މަހުގެ 12 ވަނަ ދުވަހު ހަވީރު ނޫހުގަ އާއި އެމްއެންބީސީ ވަންގެ އަށެއްގެ ޚަބަރު ފަތުރާފައިވާ އިރު އޭނާގެ ކޮމެންޓެއް ވެސް ހޯދާފައިނުވާތީ އެވެ.

"ދޮގު ހަބަރުތައް ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު ނާޅައިފި ނަމަ، އެކަންތައް އިތުރުވާތީ ހުށަހެޅީ. ހަމައެކަނި ބްރޯޑްކާސްޓިން ކޮމިޝަނަކަށް ނޫން އެމައްސަލަ ގެންދާނީ، އެތަނުން އެމައްސަލަ ވަކިގޮތަކަށް ނިމުނީމާ ކޯޓަށް ވެސް އެ މައްސަލަ ގެންދާނަން، އަބުރުގެ ދައުވާ ވެސް ކުރާނަން. އެޚަބަރު ލިޔުނު ހުރިހާ ފާރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނަން،" އުމަރު ވިދާޅުވި އެވެ.

ހަވީރު ނޫހުގެ މިމަހުގެ ބާރަ ވަނަ އަދަދުގައި އެއާޕޯޓް ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ އެއާޕޯޓްގެ ޓާމިނަލްގެ ފަޔާ އެލާމް ސިސްޓަމް ބެލެހެއްޓުމުގެ މަސައްކަތް އުމަރު ނަސީރުގެ ކުންފުންޏާ ހަވާލުކުރީ ބީލަން އުސޫލުން ކާމިޔާބުކޮށްގެން ކަމަށެވެ. ނަމަވެސް އެކަން އުމަރު ނަސީރު ވަނީ ހަވީރަށް ފަހުން ދެއްވި އިންޓަވިއެއްގައި ދޮގުކުރައްވައިފަ އެވެ.

އުމަރު ނަސީރު ވިދާޅުވީ އެއާޕޯޓް ޖީއެމްއާރާއި ހަވާލުކުރި ފަހުން އެތަނުގެ އެލާމްސް ސިސްޓަމް މެއިންޓަނެންސް މަސައްކަތެއް ކުރުމާ ބެހޭ ބީލަމެއް ހުށަހެޅުއްވި ނަމަވެސް އެބީލަން އެނާ އަށް އަދި އެލާމްސް އަށް ވެސް ލިބިފައިނުވާ ކަމަށެވެ. އަދި އެއީ 4،000 އަދި 5،000 ރުފިޔާ ލިބޭ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން ޖީއެމްއާރު ކުންފުނީގެ ބަހެއް ސަން އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެއާޕޯޓް ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ މައްޗަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރައްވަމުން ގެންދަވާ އުމަރު ވިދާޅުވީ އެއާޕޯޓްގައި މިހާރު ވެސް ހަރުކޮށްފައިވާ އެލާމްސް ސިސްޓަމްސްއަކީ އެލާމްސް އިން ހަރުކޮށްފައިވާ ސިސްޓަމެއް ކަމަށެވެ. އަދި މިހާރު ވެސް އެ ކުންފުނިން ބައެއް ކަހަލަ ސާމާނުތައް އެލާމްސް އިން ގަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

Sunday, August 28, 2011

ބޮޑީ ގާޑު ޓްރެއިނިން ހަދަމުން ދިޔަ ސިފައިންގެ މީހެއްގެ ބޮލަށް ވަޒަނެއް އަރައި ނިޔާވެއްޖެ

13:02



ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ އުމުރުން 32 އަހަރުގެ ޝައުކަތު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ 11:15 އެހާކަންހާއިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށެވެ. ޑޮކްޓަރު ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ވިދާޅުވީ 11:25 ގައި ކަމަށެވެ.

"ބޮލުގެ ނިތް ކުރިއަށް[ވަޒަން] އަރާފައި ފަހަތުން ވަޒަން ނުކުމެފައި ހުރީ. ގެނައި އިރުވެސް މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.



ޝައުކަތުގެ އުމަރީ 32 އަހަރެވެ.


ވަޒަން އަރައި ނިޔާވި ސިފައިންގެ މީހާގެ ހަށިގަނޑު މާލެ ގެނައުމަށްޓަކައި، “ރެހެންދި” ހެލިކޮޕްޓަރު ދާދި ދެންމެއަކު ލ. އަތޮޅަށް ދިޔުމަށް ފުރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުގީގުކުރުމަށްޓަކައި މާލެއިން ޓީމެއް ވެސް މިހާރު ލ. އަތޮޅަށް ދިޔުމަށް ދަތުރުކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


އެ ހާދިސާގައި މަރުވެފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، ކޯޕްރަލް، ރ. އަލިފުށީ ޝަބާނާ އިބްރާހިމް ޝައުކަތެވެ.

ކައްދޫ ޓްރޭނިން ސެންޓަރުގައި މިހާރު ކުރިއަށްދާ ނުވަ ވަނަ ބޮޑީ ގާޑު ޓްރޭނިން ހަދަމުން ދިޔަ ސިފައިންގެ އޮފިސަރެއްގެ ބޮލަށް ވަޒަނެއް އަރައި ނިޔާވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ސިފައިންގެ މީހާ ނިޔާވީ މިއަދު ހެނދުނު ކައްދޫގައި ޓްރެއިނިން ހަދަމުން ދަނިކޮށް، ވަޒަނެއް އެރުމާ ގުޅިގެން ލ. ގަމު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އަބްދުﷲ އަލީ ވިދާޅުވީ މިހާދިސާ ހިނގަން ދިމާވި ސަބަބުން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ޝައުކަތު މާލެ ގެންނަނީ އައްޑޫގައި އޮތް އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގައި ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު ލ. އަތޮޅަށް ދިއުމަށް ފުރާނެ ކަމަށެވެ. 12:45 12:40 ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ބުނީ ޝައުކަތު އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. 12:39 12:37 12:27

Thursday, August 25, 2011

ފުލުހުން އެއްބާރުލުން ނުދޭ ނަމަ "ނުރައްކާތެރި ދެ ކުށްވެރިޔަކު" ދޫކޮށްލަން ޖެހިދާނެ ކަމުގެ އިންޒާރު ގާޒީ ދެއްވައިފި


މުޖްތަމަޢުއަށް ދޫވެއްޖެ ނަމަ އާންމުންނަށް ނުރައްކާވާނެ ކަމަށް ފުލުހުން ބުނެފައިވާ ދެ ކުށްވެރިއެއްގެ ޝަރީއަތަށް ފުލުހުން އެއްބާރުލުން ނުދިނުމުން އެ ދެ މީހުން މުޖުތަމައުއަށް ދޫކޮށްލާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ ގާޒީއަކު މިއަދު ދެއްވައިފި އެވެ.

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ރަތަފަންދޫ އެއްގަމުގޭ އަހުމަދު ޝަރީފާއި ލ. ގަމު ތުނޑީ އަވަށު ސްނޯ ރޯސް މާދިހު މުހައްމަދު ބަންދުން ދޫކުރަން ޖެހިދާނެ ކަމަށް ގާޒީ ވިދާޅުވީ މިއަދުގެ ޝަރީއަތަށް ހެކިބަސް ދިނުމަށް ހާޒިރުވާން އަންގާފައި އޮތް ދެ ފުލުހަކު ހާޒިރުނުވުމުންނެވެ. އަދި ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ އެއްބާރުލުން ޝަރީއަތަށް ނުލިބުމުން "އެ މީހުންނަކީ ނުރައްކާތެރި ބަޔަކަށް ވެގެން އުޅޭހެނެއް" ހީނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ހެކިބަސް ދިނުމަށް ހާޒިރުވާން ޖެހޭ ފުލުހުން ޝަރީއަތަށް ނައުމުން އެ މައްސަލަ އަޑުއެހުން ހަތަރު ފަހަރަށް ކެންސަލް ކުރަންޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން އެއް ފުލުހަކު ޗުއްޓީގައި ހުރި ކަމަށާއި އަނެއް މީހާ ވަޒީފާ އަށް ނުނިކުންނަ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ކޯޓަށް ކިޔައިދީފައިވާ ކަމަށެވެ. އަދި އެ ދެ ފުލުހުން ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވަނީ މީގެ އެއް މަސް ކުރިން ކަމަށާއި އޭނާ ޗުއްޓީ އަށް ގޮސްފައި ވަނީ އޭގެ ފަހުން ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ މައްސަލާގެ އަޑުއެހުމެއް އަންނަ ހަފްތާގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެ ދުވަހު ޝަރީއަތަށް ހެކިވެރިން ހާޒިރުނުވާ ނަމަ ކުށްވެރިން ދޫކޮށްލައްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ގްރޫޕް ހަދައިގެން މާރާމާރީ ހިންގި ކަމަށް ބުނެ ދައުލަތުން އެ މީހުންގެ މައްޗަށް ކުރާ ދައުވާގައި ބުނަނީ އެ ދެ މީހުން، އިސްމާއިލް ފިރުދައުސް ކިޔާ މީހަކަށް, މާލޭ، ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާއަށް އެ ދެ މީހުން އިންކާރުކުރެ އެވެ.

ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

އަމީނީމަގު ސްޓޭޑިއަމް ކައިރީ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފި އެވެ.
މިއަދު 11:45 އެހާކަންހާއިރު ހިނގި އެކްސިޑެންޓާ ބެހޭ ގޮތުން އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓްގައި އަނިޔާވި މީހަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް ސާފުކޮށެއް ނުދެ އެވެ. ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އެ އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ގައިން ފޭބި ލޭތައް މަގުމަތީގައި ފެންނަން ހުއްޓެވެ.

ނުރައްކާތެރި އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުން ބުނީ އެ ހާދިސާ ބަލަމުން އަންނަ ކަމަށެވެ.

އެޕަލް ކުންފުނީގެ ފައުންޑާ އަދި ސީއީއޯ އިސްތިއުފާ ދެއްވައިފި

އެޕަލް އިންކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސްޓީވް ޖޮބްސް މިއަދު އޭނާގެ މަގާމުން އިސްތިއުފާ ދީފިއެވެ. ސްޓީވް ޖޮބްސް އެޕަލްގެ އެންމެ އިސް ވެރިޔާގެ މަގާމުން އިސްތިއުފާ ދީފައި ވަނީ 14 އަހަރު ވަންދެން އެ މަގާމުގައި ހުރުމަށް ފަހުގައެވެ. ދާދި ފަހުން ޖޮބްސް ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދައިފައެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ސިއްހީ ސަލާމެއްގައެވެ. އިސްތިއުފާ ދީފައި ވަނީ ވެސް ސަލާމުގައި ހުރެގެންނެވެ.

އެޕަލްގެ ޗީފް އެގްޒެކެޓިވްގެ މަގާމުން ޖޮބްސް އިސްތިއުފާ ދިނުމާ އެކު ހިއްސާގެ ބާޒާރުގައި ކުންފުނީގެ ހިއްސާގެ އަގު ވަނީ 7 އިން ސައްތަ ދަށަށް ގޮސްފައެވެ. މިހާރު ކުންފުނީގެ ހިއްސާއެއްގެ އަގު ހުރީ 357 ޑޮލަރުގައެވެ.

"އަހަރެން އަބަދުވެސް ބުނަން އަހަންނަށް އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރެއްގެ މަގާމުގެ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ނުކުރެވޭ ދުވަހެއް އަތުވެއްޖެ ނަމަ އެންމެ ފުރަތަމަ އެކަން އިއުލާން ކުރާނީ އަހަންނޭ. ނަސީބު ދެރަކަމުން އެ ދުވަސް މިއަދު އައިސްފި." ޖޮބްސް ފޮނުވި އިސްތިއުފާގެ ސިޓީގައި ވެއެވެ.

ކެންސަރަށް ފަރުވާ ހޯދުމަށް ޓަކައި ޗުއްޓީ ނެގި ފަހުން، މާޗު މަހުގެ ތެރޭގައި ދުވަސްކޮޅަކު ޖޮބްސް އޮފީހަށް ނިކުމެފައި ވެއެވެ. އެއީ އައިޕެޑްގެ އެންމެ ފަހުގެ ވަރޝަން އިއުލާން ކުރުމުގެ ރަސްމިއްޔާތާއި، އަދި ފަހުން ސިލިކޯން ވެލީގައި، ޓެކްނޮލޮޖީ ސިނާއަތުގެ އިސް ފަރާތްތަކަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ދެއްވި ރޭގަނޑުގެ ފަރީއްކޮޅެއްގައެވެ. ނަމަވެސް އެ ރަސްމިއްޔާތުތަކުގައި ވެސް ޖޮބްސް ފެނުނީ ވަރަށް ބަލިކަށި ވެފައި ހުއްޓަތީއެވެ.

ޖޮބްސް އިސްތިއުފާ ދިނުމާ އެކު އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވެގެ މަގާމަށް ޓިމް ކުކް ވަނީ އިސް ކުރެވިފައެވެ. ކުކަކީ ޖޮބްސް އަށް ފަހު އެޕަލްގެ ހުންގާނުގައި ހިފާނެ ކަމަށް ވަރަށް ކުރީއްސުރެ ވެސް ބެލެވުނު ފަރާތެވެ. ޗީފް އެގްޒެކެޓިވްގެ މަގާމަށް ކުކް އައުމުން، ދެން ޖޮބްސް ހުންނާނީ ކުންފުނީގެ ޗެއަރމަން ކަމުގެ މަގާމުގައެވެ.

މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނަމުން ގެންދަނީ ޖޮބްސް އިސްތިއުފާ ދިނަސް އެޕަލް ކުންފުނިން ހިފަހައްޓަމުން އަންނަ ފެންވަރަށް އުނިކަމެއް ނާންނާނެ ކަމަށެވެ. "އިންވެސްޓް ކުރާ ފަރާތްތަކަށް އަހަރެން ބުނާނީ ކަންބޮޑު ނުވާށޭ، ހަމަޖެހިލައިގެން ތިބޭށޭ. މިއީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް. ސްޓީވް ޗެއަރމަނެއްގެ ގޮތުގައި ދެމިހުންނާނެ، އަދި ސީއީއޯ އަކަށް ހުންނާނީ ކުކް." ބީޖީސީ މާލީ ތަޖުރިބާކާރެއް ކަމަށް ވާ ކޮލިން ގިލިސް ވިދާޅުވިއެވެ.

މިދިޔަ މަހުގެ އިންފްލޭޝަން ރޭޓް 13 ޕަސެންޓް މައްޗަށް ހިނގައްޖެ

މިދިޔަ މަހުގެ ތަކެތީގެ އަގުތައް އުފުލުނު ވަރު ނޫނީ އިންފުލޭޝަން މައްޗަށް ދިޔަ ވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 13.09 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޑިޕާޓް އޮފް ނޭޝަނަލް ޕްލޭނިން ]ޑީއެންޕީ[ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އިންފުލޭޝަންގެ މިންގަނޑު ބަލާ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް ]ސީޕީއައި[އާ ހަވާލާދީ އެ ޑިޕާޓްމަންޓުން ހޯމަ ދުވަހު އާންމު ކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި އިންފުލޭޝަން ބޮޑުތަނުން އުފުލިފައި ވަނީ މަހާއި އެހެނިހެން ވެސް ކާބޯތަކެތި އަދި ދުންފަތުގެ ބައިންނެވެ.
އަގުތައް އެންމެ މައްޗަށް ދިޔަ މަހުގެ ބައިން އަގުތައް ވަނީ 106 ޕަސެންޓް އުފުލިފަ އެވެ.

މި ވޭތުވެ ދިޔަ މުއްދަތުގައި ދަޅު މަހުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކަށް ބަލާއިރު ޖޫން މަހު 17.39ރ. އަށް ވިއްކަމުން ދިޔަ ތެޔޮ މަސް ދަޅެއްގެ އަގު ވަނީ ޖުލައި މަހު 18.23ރ. އަށް ބޮޑުވެފަ އެވެ. ފެން މަސް ދަޅެއްގެ އަގު 15.91ރ. އިން 16.67ރ. އަށް މައްޗަށް ގޮސްފައިވެ އެވެ. ރޯމަހުގެ އަގަށް ބަލާއިރު މީގެ ކުރިން 50ރ. އަށް ވިއްކަމުން އައި އާދައިގެ މަސް އުޅެނީ 100ރ. އަށް ވުރެ ވެސް މަތީގަ އެވެ.

ކާބޯތަކެތީގެ އަގުތައް ވަނީ އެވްރެޖްކޮށް 37 ޕަސެންޓަށް މައްޗަށް ގޮސްފަ އެވެ. އޭގެ ތަފްސީލްތަކަށް ބަލާއިރު ފިޔާގެ އަގު 42 ޕަސެންޓް ބޮޑުވެފައިވާ އިރު ކެބެޖްގެ އަގުވަނީ 58 ޕަސެންޓަށް ބޮޑުވެފަ އެވެ. އަގުމައްޗަށް ދިޔަ އެހެން ތަކެއްޗަށް ބަލާ އިރު ތޮޅިމިރުސް، މުގު، ކެބެޖް، ލުނބޯ، އަދި ކަރާގެ އަގުތައް ވަނީ 25 ޕަސެންޓަށް ވުރެ މައްޗަށް އުފުލިފަ އެވެ. ރާއްޖޭގައި އުފައްދާ ބައެއް ކާބޯތަކެތީގެ އަގުތައް އުފުލިފައި ހުރި ގޮތަށް ބަލާ އިރު ކާށީގެ އަގު ވަނީ 39 ޕަސެންޓް މައްޗަށް އުފުލިފަ އެވެ. އަދި އަނބުގެ އަގު 30 ޕަސެންޓަށް އުފުލިފައިވެ އެވެ.
ދުންފަތުގެ ބައިގެ އަގުތައް ވަނީ 27 ޕަސެންޓް އުފުލިފަ އެވެ.

އަގުތައް މައްޗަށް ގޮސްފައި ހުރި އެހެން ބައިތަކަށް ބަލާ އިރު ގެދޮރު އިމާރާތްކުރުމުގެ ބަޔާއި ކަރަންޓާއި އަދި ތެލުގެ އަގުތައް ހިމެނެ އެވެ.

16 އަހަރު ފަހުން މިހައިލީ ދިވެހިންނާ ވާހަކަ ދައްކައިފި: ކުޑަހީނާއަކީ ރާއްޖޭގެ މެސީ، އެންމެ މޮޅު ކުޅުންތެރިއަކީ ކުޑަމޫސަ

އެންޓަލް ސެންޓިމިހައިލީއޭ ބުނުމުން މިހާރުގެ ގިނަ ޒުވާނުންނަށް އެއީ ކާކުކަން ނޭނގުން ވަރަށް ގާތެވެ. ނަމަވެސް މިހައިލީއަކީ ރާއްޖޭގެ ފުޓްބޯޅައާ ވަރަށް ބޮޑަށް ގުޅިފައިފައިވާ މީހަކަށްވުމުން އޭނާ މިހާރު ކޮބައިތޯ އާއި ކުރާ ކަމަކާއި އޭނާ ރާއްޖޭގައި ކޯޗުކޮށްދިން ދުވަސްވަރު ހިނގައިދިޔަ ކަންތައްތަކުގެ މައުލޫމާތު އޭނާގެ ގާތުން ހޯދުމަށް ވަރަށް ކުރިއްސުރެ އަޅުގަނޑު ޝައުގުވެރިވިއެވެ. މިހެންވެ އޭނާއާ ގުޅޭގޮތްވޭތޯ ރާއްޖޭގައި މަސައްކަތް ކުރި ހަންގޭރީގެ ގިނަ ކޯޗުންގެ ކިބައިން ވެސް އެދުނީމެވެ. އެކަމަކު އެއްވެސް ކޯޗަކަށް އޭނާއާ ގުޅޭނެ ގޮތެއް ހޯދައިނުދެވުނެވެ. ކިރިޔާ ވެސް މިހައިލީއާ ގުޅޭނެ މައުލޫމާތު އެނގޭ މީހަކަށް ހުރީ އޭނާގެ އިރުޝާދުގެ ދަށުން ވެލެންސިއާ އަށް ގެނައި ކޯޗު ލާސްލޯ ކިސް އެވެ. އެކަމަކު ކިސް، މިކަން ކޮށްދޭން ބޭނުމެއްނުވި އެވެ. ނަމަވެސް ހުއްޓާނުލައި ކުރި މަސައްކަތުން މިހައިލީއާ ގުޅޭގޮތްވީ ގާތްގަނޑަކަށް ދެ އަހަރު މަސައްކަތް ކުރި ފަހުންނެވެ. ހަންގޭރީ އަށް އުފަން މިހައިލީ އަކީ 1992 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރުގެ ނިޔަލަށް ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދިން އަދި އެ ކުލަބުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އުމުރުން މިހާރު 72 އަހަރުވެފައިވާއިރު އޭނާ އަކީ ހަންގޭރީގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް މިހައިލީއަކީ ހާއްސަ މީހެކެވެ. އެ ގައުމުގެ ގައުމީ ޓީމަށް 31 މެޗު ކުޅެދީފައިވާއިރު މިހައިލީ އަކީ 1964 ވަނަ އަހަރުގެ އޮލިމްޕިކްސް ގޯލްޑް މެޑަލް ހޯދި ހަންގޭރީ ޓީމުގެ އެއްވަނަ ގޯލްކީޕަރެވެ. އަދި ހަމައެއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމު ހަންގޭރީ ހޯދި އިރު ވެސް ގޯލު ބެލެހެއްޓީ އޭނާ އެވެ. ޔޫރޯގެ އިތުރުން ދެ ފަހަރެއްގެ މަތީން ވޯލްޑް ކަޕްގައި ވެސް ކުޅުނު މިހައިލީ ވެލެންސިއާގެ ކޯޗަކަށް އައީ އޭނާގެ އުމުރުން 53 އަހަރުގަ އެވެ. ނަމަވެސް ނިއު 7-0 އިން ބަލިކޮށް، 1993 ވަނަ އަހަރު ހޯދި ގައުމީ ތަށި، 1995 ވަނަ އަހަރު މިލްކު ނުކުރެވުމުން ލިބުނު ހިތާމައާއި މޮޅުވެރިކަމުގައި މިހައިލީ އެނބުރި ގައުމަށް ދިޔަ ފަހުން އޭނާގެ އެއްވެސް ހަބަރެއްނުވެ އެވެ. ސަން މިފަހަރު މި ގެނެސްދެނީ އޭގެ ފަހުން ދިވެއްސަކަށް މިހައިލީ ދިން ހަމައެކަނި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

ރާއްޖޭގައި ހޭދަކުރި ހަތަރު އަހަރުގެ ތެރެއިން އެންމެ ހަނދާންކުރަން ބޭނުމީ ކޮން ކަމެއް؟
ފުރަތަމަ ވެސް އަހަރެން ވަރަށް އުފާވެއްޖެ ދިވެހިރާއްޖޭގެ މީހަކު އަހަންނާ ބައްދަލުކުރަން އުޅުމުން. ވަރަށް އުފާވެއްޖެ އަހަރެންގެ ކުޅުންތެރިންގެ މައުލޫމާތާއި ވެލެންސިއާގެ މިހާރުގެ މައުލޫމާތު ލިބުމުން. ރާއްޖޭގައި އަހަރެން ހޭދަކުރި ދުވަސްތަކުގެ މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. ހާއްސަކޮށް އަހަރެން އެންމެ ފުރަތަމަ ރާއްޖެ ދިޔަ ދުވަހު ލޯތްބާއެކު އަހަންނަ ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާ އެއް. މުބާރާތުގެ ތެރޭގައި ވެސް އޮންނަނީ ވަރަށް އުފާވެރި މާހައުލެއް. އަހަންނާއި އަހަރެންގެ އަންހެނުން ކަނިފިނޮޅު ރިސޯޓްގައި ހޭދަކުރި ކުރު ޗުއްޓީއަކީ ވެސް ވަރަށް ހަނދާން ހުންނަ ދުވަސްތަކެއް.

ވެލެންސިއާއިން ފުރުސަތު ލިބުނީ ކިހިނެތް؟
އެއިރު ރާއްޖޭގެ ގައުމީ ކޯޗަކަށް ހުރި (މިކޮލަސް) ޓެމިސްވާރީ އަކީ ގާތް ރަހުމަތްތެރިއެއް. އޭނާ އަހަރެން ގާތު ބުނީ ޒުވާން ކުދިން ތަކެއް އެބަތިއްބޭ ކޯޗަކަށް ބޭނުންވެފަ. އެހެންބުނުމުން އެއިރު އަހަރެން އަދާކުރަމުން އައި ކޯޗުކަމުގެ ވަޒީފާ ދޫކޮށްލާފައި މާލެ ދިޔައީ ވަރަށް ބޮޑު އުފަލަކާއެކު.

ރާއްޖޭގައި އެންމެ ދެރަވި ދުވަހަކީ ކޮބާ؟


އެއީތަ އެނބުރި ނާންނަ ގޮތަށް ގައުމަށް ދިޔަ ސަބަބަކީ؟
ނޫން. ހަގީގަތަކީ އެ (ފައިނަލް) މެޗުގެ ކުރިން އަހަރެން ވަރަށް ބޮޑަށް ބަލިވި. އެއީ ކުރިން ވެސް ހުރި ބައްޔެއްގެ ސަބަބުން ވީ ކަމެއްކަން ޔަގީންވީ އޭގެ މާ ފަހުން ކުރި ޓެސްޓްތަކުން. ހަގީގަތުގައި އެ ބަލީގެ ސަބަބުން އަހަންނަށް ވެސް ފައިނަލް މެޗުގައި ގޯސްތަކެއް ހެދުނު.

ބޮޑު ފައިނަލެއްގެ ކުރިން ކުއްލިގޮތަކަށް ބަލިވުމުގެ ފަހަތުގައި އެއްވެސް ސަބަބެއްވޭތަ؟ އެއީ ކޮންކަހަލަ ބައްޔެކަން ތަފްސީލު ކޮށްދެވިދާތޯ؟
ތިޔައީ ކުރަން ވަރަށް ފަސޭހަ ސުވާލެއް. އެކަމަކު ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލެއް. ފައިނަލް މެޗު ކުޅުމުގެ ދެތިން ދުވަސް ކުރިން އެއްދުވަހު މެންދުރު ބަނޑޮހުން ކައިގެން އަހަރެން މާލެ އައިތާ މާގިނަ އިރެއްނުވެ ގަދަ ހުމެއް އައީ. އަހަރެން ވަރަށް ބަލިވި. ޓީމުގެ އިސް މީހުން އަހަރެން ހޮސްޕިޓަލަށް ގެންދިޔަ. އެކަމަކު ވީ ކިހިނެތް ކަމެއް ނޭނގުނު. އެކަމަކު މި ބަލީގެ ސަބަބުން ފިޒިކަލީ ވެސް އަދި މެންޓަލީ ވެސް އަހަންނަށް އަހަރެންގެ ނަފްސު ކޮންޓްރޯލެއްނުވި.

ތަށި މިލްކު ކުރަން ނުކުތުމުގެ ކުރިން އަދި ލީޑުގައި އޮވެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުމުން އިންޓަވަލް ގަޑީގައި ކުޅުންތެރިން ގާތު ދެއްކީ ކޮން ވާހަކައެއް؟
އެހެން މެޗުތަކެކޭ ވެސް އެއްގޮތަށް ފައިނަލް މެޗުގެ ކުރިން ވެސް އަހަރެން ނަފްސާނީ ގޮތުން ކުޅުންތެރިންނަށް ވިސްނައިދީ އެ މީހުންނަށް ޖޯޝް ގެނުވަން މަސައްކަތް ކުރިން. ކުރީ ދެ އަހަރުގެ ގައުމީ ފައިނަލުން މޮޅުވެފައި އޮތުމުން ކުޅުންތެރިން ވެސް ތިބީ ވަރަށް އިތުބާރާއެކު.

ދެން ކޮބާތޯ ކޯޗަށް ހެދުނު މިސްޓޭކަކީ؟
ހާފް ޓައިމްގައި އަހަންނަށް ގޯސް ހެދުނު. ހަންގޭރީ ފޯވަޑް (ރަޒުވާން) ބަދަލު ނުކުރުމަކީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް. (ވެލެންސިއާގެ ގިނަ މީހުން ބުނާ ގޮތުގައި މިހައިލީގެ އިރުޝާދުގެ ދަށުން ގެނައި ރަޒުވާން އަކީ ރާއްޖެ އައިއިރު ވެސް ތަނަވަސްކަން ލިބިފައިވުމުން، ބައެއް ފަހަރު، ވަރަށް ކަންނެތްކޮށް އުޅޭ ކުޅުންތެރިއެކެވެ).

ގަދަ ފަދަ ޓީމެއް އޮއްވައި ފައިނަލް މެޗުގައި ޕެޓްރިކް ޗިކާޔާ އަށް ވެލެންސިއާ ކޮޅަށް ދެ ގޯލު ޖެހުނީ އެހެންވެތޯ؟
ޕެޓްރިކް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު ފައިނަލް މެޗުގައި އޭނާ ނަގައިގެން ކުޅުނު ޑިފެންޑަރުގެ ޑިސިޕްލިން ނެތީ. ވަރަށް ގިނަ ފަހަރު މާކް ނުކޮށް ޕެޓްރިކް ދޫކޮށްލާފައި ބެހެއްޓީ.

ތަށި މިލްކު ނުކުރެވުނަސް މިހައިލީ އަކީ ރާއްޖޭގައި މަސައްކަތްކުރި އެންމެ ކާމިޔާބު އެއް ކޯޗު. ކޮބާތޯ ކާމިޔާބީގެ ސިއްރަކީ؟
އަހަރެން ލޯބި ކުރިން ޒުވާން ކުޅުންތެރިންނާއެކު މަސައްކަތް ކުރަން އަދި ރަނގަޅު މެނޭޖްމަންޓަކާ އެކު ވެސް މަސައްކަތް ކުރަން. އެ މީހުން (ވެލެންސިއާގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް) އެކަން އިހުސާސް ކުރެވުނު. އަދި އަހަރެން ބޭނުންވި ގޮތަށް މަސައްކަތް ކުރަން އެދިގެން ތިބީ.


ހަގީގަތުގައި އެއީ އެތްލީޓަކަށް ލިބޭނެ އެންމެ ބޮޑު އުފާ. އަހަރެން ވެސް ވަރަށް އުފާވި އެ ދުވަހު. ވެލެންސިއާ ތަށި ހޯދަން ބޭނުންވެފައި ތިބިލެއް ބޮޑުކަމުން އެ ތަށި ލިބުނީ. ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި ފޯރި ވެސް ވަރަށް ބޮޑު ދައުރެއް ކުޅުނު.

ނިއު ރޭޑިއަންޓުގައި އެއިރު ހުރި ކޯޗު ކެންމޯޓަން ސިފަ ކުރަނީ ކިހިނެތް؟
އަހަރުމެން ދެ މީހުންނަކީ އެހާ ރަހުމަތްތެރި ދެ މީހުނެއްނޫން. އެކަމަކު އަހަރެން ދެކޭ ގޮތުގައި މޯޓަން އަކީ ވަރަށް އަޒުމް ވަރުގަދަ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ވަރަށް ޕްރޮފެޝަނަލް ކޯޗެއް.

މިހައިލީގެ ނަޒަރުގައި ވެލެންސިއާ އަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ ކާކު؟
އެ ޓީމުން ވަކި ކުޅުންތެރިއަކު ހޮވުމަކީ އުނދަގޫ ކަމެއް. ފަހަތާއި މެދުތެރެ އަދި ކުރީގައި ވެސް ތިބީ މޮޅު ކުޅުންތެރިން. އެކަމަކު ވަކި މީހަކު ފާހަގަ ކުރަންޏާ އެމީހަކަށް ވާނީ ކުޑަމޫސަ.

ބައިވަރު މޮޅު ކުޅުންތެރިންތަކެއް ތިއްބާ މޫސަ އަށް ކެޕްޓަންކަން ދިނީ ކީއްވެ؟ އެ ނިންމުމަކީ މިހައިލީގެ ނިންމުމެއްތަ؟
މޫސަގެ ކިބައިގައި މެނޭޖް ކުރުމުގެ ހުނަރާއި ގާބިލްކަން ހުރޭ. އޭނަ އަށް ކެޕްޓަންކަން ދިނީ ކުޅުންތެރިން. އެ ނިންމުން އަހަރެން ގަބޫލުކުރިން. އޭނާއަކީ ޓީމެއް ތަމްސީލު ކުރަން ނަމޫނާ މިސާލެއް ފަދަ ކުޅުންތެރިއެއް. ދަނޑުމަތީގައި ވެސް މޫސަ އަށް ކޯޗެއްގެ ރޯލު ކުޅެވޭ.

މިހައިލީ އަށް ފަހު ވެލެންސިއާ އަށް ގެނައީ ހަންގޭރީގެ ކޯޗު ލާސްލޯ ކިސް. އޭނާ ވެލެންސިއާ ގެނައުމަށް ލަފާދިނީ ކިސްގެ ކިބައިގައި ކޮންކަހަލަ ކޮލިޓީތަކެއް ހުރެންގެންތަ؟
ކިސް އަކީ އުފެދުމުގައި ވެސް އޭނާއާ ޑީލް ކުރަން ވަރަށް އުނދަގޫ މީހެއް. އެކަމަކު އެ ވަގުތު އޭނާ އަށް ވުރެ ރަނގަޅު މީހަކު އަހަންނަށް ފެނިފައި ނެތިގެން ވެލެންސިއާ އަށް ކިސް ފޮނުވައިދިނީ.


ތިކަން މިހާރު މާބޮޑަށް ހަނދާނެއްނެތް. ކުޑަހީނާ ކުލަބުން ދާން ބޭނުންވެގެންދިޔައީ. އެކަމަކު އޭނާ ދާން އުޅުނުކަން ކުރިން އަހަންނަށް އެނގުނުނަމަ ވެލެންސިއާގައި މަޑުކުރަން އަހަރެން ހީނާގާތު ބުނާނަން. ކުޑަހީނާ އަކީ ރާއްޖޭގެ މެސީ. ޓީމުގެ ތެރޭގައި އެއްބައިވަންތަކަން ދަމަހައްޓަން އެނގޭ ވަރަށް މޮޅު ކުޅުންތެރިއެއް އެއީ.

މިހައިލީގެ މިހާރުގެ ވަޒީފާއަކީ ކޮބާ؟ ރިޓަޔާ ކުރީ ކޮން އިރަކު؟
ވެލެންސިއާއިން އައި ފަހުން އަހަރެން ޓީމަކާ ހަވާލުވިން. އެކަމަކު ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރިޓަޔާކޮށްފިން. ފަހުން އަހަރެން ހަވާލުވި ޓީމު ކުޅުންތެރިންގެ އަހުލާގު އެހާ ރަނގަޅެއްނޫން. އަހަންނަކީ އޮލިމްޕިކް ޗެމްޕިއަނެއް. މިތަނުގައި އިހްތިރާމާއެކު އަހަރެން މި އުޅެނީ. މިހާރު އުޅެނީ ގޭގައި. ރިޓަޔާކޮށްގެން އުޅުނު ފުރަތަމަ ދުވަސްކޮޅު ގޭގައި ހުންނަންވީމަ ވަރަށް އުނދަގޫވި. އެކަމަކު އޮލިމްޕިކް ގޯލްޑް މެޑަލިސްޓް އެސޯސިއޭޝަނުން އަހަންނަށް ވަރަށް އެހީވި. އުފާވެރި ދިރިއުޅުމެއް އަހަރެން ހޭދަކުރަމުންދަނީ.

ވެލެންސިއާގެ މިހާރުގެ ޓީމަށް ދޭނެ މެސެޖަކީ ކޮބާ؟
ވެލެންސިއާގެ ވެބްސައިޓުން އަހަންނަށް ފެނުނު ވަރަށް ރީތި ގޯލުތަކެއް. ވަރަށް ގިނަ މައުލޫމާތު ވެސް ލިބުނު. ހީނާ އާއި އިގުބާލް އަދި ބިންމާއަކީ އެކުގައި މަސައްކަތްކޮށްފިނަމަ ވަރަށް މޮޅުވާނެ ކާމިޔާބު ތިން މީހުން. ކުޅުނު އިރު ވެސް ވަރަށް އެކުވެރިބައެއް އެއީ. އަހަރެން ވަރަށް އުފާކުރަން އެމީހުން މިހާރު ތިބި މަގާމުތަކާމެދު. ހާއްސަކޮށް ވެލެންސިއާގެ ކޯޗެއްގެ ގޮތުން ބިންމާ އަށް ކާމިޔާބީ އަށް އެދެން.

ފުޓްބޯޅައިގެ އެންމެ އިސް މަގާމުތަކުގައި ވެލެންސިއާގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގައި މިހައިލީއާއެކު މަސައްކަތްކުރި މީހުން އެބަތިބި. ހިޔަލީ އާއި ޝާހުއާމެދު ދެކެނީ ކިހިނެތް؟
ހިޔަލީއާ އަހަންނާ ވަރަށް ގާތް ގުޅުމެއް އޮތް. އެއީ ވަރަށް ހަރުދަނާ ބޭފުޅެއް. އިތުބާރު ކުރެވޭ މީހެއް. އަހަރެން ވަރަށް އުފާވޭ ހިޔަލީ އެހާ ބޮޑު މަގާމެއްގައި ހުންނަވާތީވެ. ދެން ޝާހުގެ މަތިން މިހާރު ވެސް ހަނދާންވޭ. އޭނާ ދީފައިވާ ފޮޓޯ ފޮތެއް މިހާރު ވެސް އަހަރެން ގެންގުޅެން. އަހަރުމެން އެކުގައި ނަގާފައިވާ ފޮޓޯތައް ފެނުމުން ރާއްޖެ މަތިން ވަރަށް ހަނދާންވޭ. ޝާހު އަކީ އަބަދުވެސް ކުރިއަށް ދާން މަސައްކަތް ކުރާ ކުއްޖެއް. އަހަރެން ގާތު އަބަދުވެސް އޭނާ ދައްކާނީ ފުޓްބޯޅައިގައި ކުރިއަށް ދެވޭނެ ގޮތެއްގެ ވާހަކަ.

ދައުވަތު ދީފިއްޔާ އަލުން ރާއްޖެ އަތުވެދާނަންތަ؟
އަހަރެންގެ އުމުރުން މިހާރު ހަތްދިހަ ދެއަހަރާއިބައި ވެއްޖެ. އަހަންނަށް ދެން ކޯޗުކަމެއް ނުކުރެވޭނެ. ރާއްޖޭގައި އަހަރެންގެ ހަނދާންތަކެއް ވާނެ. އެއީ ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ ވަރަށް އެކުވެރި ބަޔަކުއުޅޭ ރީތި ގައުމެއް.
1995 ވަނަ އަހަރުގެ ގައުމީ ފައިނަލަށް ފަހު ދެރަވި ވަރަކަށް އަހަރެން ދުވަހަކު ވެސް ދެރައެއްނުވޭ. 1993 ވަނަ އަހަރުގެ ފައިނަލުގައި ނިއު ކޮޅަށް ހަތް ލަނޑު ޖަހައިގެން ގައުމީ ތަށި ލިބިދާނެ ކަމަށް ގަބޫލު ކުރެވުނުބާ؟ 94 ވަނަ އަހަރުގެ ސީޒަނަށް ފަހު ޗުއްޓީ އަށް ދަމުން ކުޑަހީނާ ވެލެންސިއާގައި މަޑުކުރުވަން މިހައިލީ ހުށަހެޅިންތަ؟ އަދި މުހިންމު އަހަރެއް ކުރިމަތީގައި އޮއްވައި ކުޑަހީނާ ކުލަބުގައި މަޑުނުކޮށް ދިއުމާމެދު ދެކެނީ ކިހިނެތް؟ އެކަމާ މެނޭޖްމަންޓާ ޑީލް ކުރީ ކިހިނެތް؟

ކޮމެޓީ އެލަވަންސްގެ ގޮތުގައި ކޮންމެ މެންބަރަކަށް އެއްފަހަރާ 140000ރ. ދޭން ނިންމައިފި

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް މަޖިލީހުގެ ކޮމެޓީ އެލަވަންސް މި އަހަރު ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކޮންމެ މެންބަރަކަށް މަހަކު 20000ރ.ގެ ރޭޓުން އެއްފަހާ 140000ރ. ދިނުމަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅައި ފައިސާ ދޫކުރުމަށް މަޖިލީހުގެ ރައީސަށް އަންގަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ނިންމީ، މިދިޔަ އަހަރު ޑިސެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ކޮންމެ މެންބަރަކަށް ޖެނުއަރީ އިން ޖުލައިގެ ނިޔަލަށް މަހަކު 20000ރ.ގެ ރޭޓުން ކޮމެޓީ އެލަވަންސް ދިނުމަށް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ އެ އަށް ފަހު ކޮމެޓީ އެލަވަންސް ދިނުމަށް ކަނޑައެޅި އުސޫލަކީ، ކޮމެޓީ ބައްދަލުވުންތަކުގެ 50 ޕަސެންޓަށް ވުރެ މަދުން ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންނަށް އެއްވެސް އެލަވަންސް ނުދިނުމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި 50 އާއި 75 ޕަސެންޓް ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ މަހަކު 10000ރ. އެވެ. މަހަކު 20000ރ.ގެ އެލަވަންސް ލިބިވަޑައިގަންނަވާނީ، ކޮމެޓީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ނިސްބަތް 75 ޕަސެންޓަށް ވުރެ މަތީ ބޭފުޅުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެންބަރުން ރަސްމީ ދަތުރުފުޅުތަކުގައި އުޅުއްވާ އިރު ގައާއި މަޖިލީސް ރިސެސް]ޗުއްޓީ[ގައި އޮންނަ މުއްދަތުގެ ތެރޭގައި ބާއްވާ ކޮމެޓީ ބައްދަލުވުންތަކަށް އެލަވަންސް ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ދައުރު ތެރޭގައި މެބްބަރުން ނަންގަވާ ޗުއްޓީ އާއި ސަލާމްގައި މެންބަރުން ތިއްބަވާ އިރު ކޮމެޓީ އެލަވަންސް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޯރަމް ހަމަނުވާ ޖަލްސާތަކަށް ވަޑައިގަންނާ މެންބަރުންނަށް ކޮމެޓީ އެލަވަންސް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Tuesday, August 23, 2011

ޖިންނިން އޮޅުކޮއްގެން ގެންގުޅޭ ވާހަކަ

ޖިންނިން އޮޅުކޮއްގެން ގެންގުޅޭ 


ވާހަކައަކީ އިހުޒަމާނުންސުރެ ފެށިގެން އަހުރެމެން އަޑުއަހާއުޅޭ ވާހަކައެކެވެ. މިބާބަތުގެ ވާޙަކަތަކުގެ ތެރެއިން  ދިވެހިރާއްޖޭގެ  ރައީސުލުލް ޖުމުހޫރިއްޔާ ކަމުގެ މަގާމަށް  ވާދަކުރާން ގަސްތުކުޅަ މީހަކު ކަމުގައިވާ ރީކޯ އިބުރާހިމް މަނިކު ކިޔާ މީހަކުވެސް  ޖިންނި ގެންގުޅޭ ވާހަކަ އަޑު އެހީމެވެ
އާދޭހެވެ. މައިދެއްވަދޫގެ ކިޔުންތެރީންވެ. އަދާލަތުޕާޓީގެ ރައީސް ޖިންނި ގެންގުޅުއްވައެވެ. މިހާރުވެސް އެކަލޭގެ ޖިންނި ބޭނުންކޮއްގެން "އެހުމުން ވައްކަން ކޮށް" އުޅެއެވެ. "އެހުމުން ވައްކަން ކުޅައުން" އޭބުނެވޭބަހުގެ މައުނައީ ޖިންނި ޝައިތާހުން ބޭނުންކޮއްގެން ތަންތާގައި މީހުން ދައްކާ ވާހަކަތަށް އަޑުއަހާފައި އެމީހުންގެ ކާހިނު ކަލޭގެއަށް ހަބަރު ކުޅައުމެވެ. އަހުރެންއަށް މީނާގެ ކިބައިން މިކަހަލަ އަލާމާތެއްފެއްނާތީވެ މީނާގެ ރަހުމަތް ތެރީންނާއި އަހުލުބައިތުންގެ ކިބައިން މައުލޫމާތު އަހާ ސާފުކުޅަހިދު މީނާއަކީ މިހާރުވެސް ޖިންނި ގެންގުޅޭ މީހެއްކަން އެގިކަށަވަރުވެއްޖެއެވެ


ނަން ހާމަކުރުމަށްނޭދޭ މެލޭޝިޔާގައި އުޅުއްވާ މީނަގެ ރަހުމަތް ތެރިޔަކު ބުނީ ކޮންމެ ރެޔަކުވެސް ވަކި ވަގުތެއްގައި މީނާ ޖިންނި ޝައިތާނުންނާ ސައްލާކޮށް ބައްދަލު ކުރައްވާފައި އަނެއްދުވަހު ކުރާންވީ ކަންތަށްތަށް ބުނެދެއްވާ ކަމަށާއި އިމްރާން ކިތައްމެ ވަރަކަށް ފެންވަރާ ސާފުވިޔަސް ހުންނާނީ ދާހިއްލާ ފޯވެފައި ފެންނުވަރާ ސިފައިގައި ކަމަށެވެ. އެއީ ޖިންނި ގެންގުޅޭތީ ވާގޮތެއްކަމަށްވެސް އޭނާބުންޏެވެ. މިގޮތުން އަބަދުވެސް މީނާގެ ޖިންނި އެއް ރައީސް ނަޝީދުއާއި، ރައީސް މައުމޫނުގެ އަރިހުގައި އެހުމުން ވައްކަން ކުރުމުގައި ހަރަކާތްތެރިވެއެވެ
ކަހީނުކަމަކީ ބާތިލު ކަންކަމެވެ. ޒަމާނީ ވަސީލަތް ބޭނުންކޮއްގެން ޖާސޫސް ކުރިޔަސް ވާނީ ފާފައަކަށެވެ. އެކަމަކު އިސްލާމުދީނުން ބޭރުވެ މިއްލަތުން އެމީހަކު ބޭރުނުވާ ހުއްޓެވެ. ޖިންނި ޝައިތާނުން ގެންގުޅެ އެޔަށް ތަބާވުމަކީ ކާފިރުވާނެކަމެކެވެ. އަހުރެން އެއްވެސް ހާލެއްގައި އިސްލާމަކާއި ދިމާލަށް ކާފަރެކޭ ނުބުނަމެވެ. އަހުރެން މިބުނަނީ ޖިންނި ޝައިތާނުން ގެންގުޅޭ މީހަކު ކާފިރުވާނެއޭވެ. ވެއްޖެއެކޭނުވެ

ސ. މީދޫ ޒުވާނަކު ދީން ގަބޫލު ނުކުރާ ކަމަށް ފާޅުގައި ބުނަން ފަށައިފި

ސ. މީދޫ ޒުވާނަކު ދީން ގަބޫލު ނުކުރާ ކަމަށް ފާޅުގައި ބުނަން ފަށައިފި 

ސ. މީދޫ ޒުވާނަކު އިސްލާމް ދީން ގަބޫލުނުކޮށް، އެކަމަށް އިންކާރު ކުރާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ސަންއާ ވާހަކަ ދެއްކި އެ ރަށު ހުދުފަޅު 22، އާމިނަތު ފަތޫނާގެ މަންމަ އައިޝަތު ދީދީ، 49، މިއަދު ބުނީ ފަތޫނާ އިސްލާމް ދީނުގައި ވާޖިބުކުރައްވާފައި ހުރި އަޅުކަންތައްތައް ކުރުމަށް އިންކާރު ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. މާތް ރަސްކަލާނގެ އާއި އާހިރަތުގެ ވާހަކަ ދެއްކުމުން ވެސް ފަތޫނާ ރުޅިގަދަވާ ކަމަށާއި "އެއްވެސް މާތް ﷲއެއް ނޯންނާނެ ކަމަށް ބުނެ" އެއީ އޭނާ ގަބޫލުކުރާ އެއްޗިހިތަކެއް ނޫން ކަމަށް ފަތޫނާ ބުނާ ކަމަށް އައިޝަތު ބުންޏެވެ. އަދި ބުނީ އެ ވާހަކަތައް ރަހުމަތްތެރިންނާއި އެހެނިހެންވެސް މީހުން ކައިރީގައި ފާޅުގައި ދައްކަން ފަށާފައިވާ ކަމަށެވެ.

"ގުރޭޑް ހަތަކުން ފެށިގެން އެކަހަލަ ހިޔާލުތަކެއްގައި އުޅެނީ. މީގެ ކުރިން ވެސް ދީނުގެ ވާހަކަ ދެއްކީމާ ގޭތެރޭގައި ރުޅިގަދަވެގެން ތިމަންނަ ގަބޫލެއް ނުކުރަމޭ ބުނާނީ. އެންމެ ފަހުން މިހާރު ރޯދައެއް ވެސް ނުހިފައި. ފާޅުގައި ކާން މިއަދު ވެސް އިނީ. ނަމާދެއް ވެސް ނުކުރޭ. ހަމަ ބުނާއިރަށް ބުނާނެ ތިމަންނަ ގަބޫލުކުރާ އެއްޗިއްސެއް ނޫނޭ. އެވާހަކަ އޭނާ ކޮންމެ މީހެއް ކައިރީގައި ވެސް ކިޔާ،" އައިޝަތު ބުންޏެވެ.

ސުކޫލް ނިންމާލުމަށް ފަހު ރިސޯޓް ވަޒީފާގައި އަހަރުތަކެއް ހޭދަކޮށްފައިވާ ފަތޫނާ ވަނީ ދާދިފަހުން ބައްޕަ ކަށަވަރު ނުވާ ކުއްޖަކު ވެސް ވިހައިފަ އެވެ. އަދި އެ މައްސަލައިގާ އޭނާ އިނީ ހުކުމް ތަންފީޒު ކުރުމަށް ގޭބަންދުގަ އެވެ.
ހަތް ކުދިންގެ އާއިލާ އިން ތިން ވަނަ އަށް ހުރި ދަރިފުޅުގެ މައްސަލާގައި އައިޝަތު ދީދީ ހުރީ މާޔޫސްވެފަ އެވެ. ފަތޫނާ އަށް ހެޔޮމަގު ފެނޭތޯ އޭނަ ކުރާ މަސައްކަތުގައި އޭނާގެ މަންމަ ވަނީ އެ މައްސަލަ ފުލުހުންނާއި އަދި މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

"އަޅުގަނޑު އެކަމާ މިހާރު ހިތާމަކޮށްކޮށް ހާލެއްނެތް. އަޅުގަނޑު އުންމީދު މިކުރަނީ މި މަގުން ވެސް ފަތޫ ރަނގަޅުވެ އޭނާޔަށް ހެޔޮ މަގު ފެންނާނެ ކަމަށް. ވަރަށް އުންމީދު ކުރެވޭ،" އައިޝަތު ބުންޏެވެ.

Monday, August 22, 2011

DOWNLOAD A TO Z EVERYTHING

http://app.downloadatoz.com/

އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ އަންހެން ކުއްޖެ


އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ އަންހެން ކުއްޖެއް

ފޮޓޯގައިވަނީ އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. މިކުއްޖާގެ މޫނުގައި ދަނގަޑު ތަތްވެ އެވެ. ދަގައްފާނުގަނޑެއްގައި ދަނގަނޑު ތަތްވާ ފަދައިންނެވެ. މިއީ، އީރާނު ކުއްޖެކެވެ. ސަމުސަލާއި ފައިސާ ފޮތި ފަދަ މަޢުދަނުން ހަދާފައިވާ ތަކެތި މިކުއްޖާގެ މޫނުގައި ތަތްކުރަނީ އެއްވެސް ތެރަހަކާ ނުލަ އެވެ.
މިއީ 8 އަހަރުގެ އަންހެން ކުއްޖެކެވެ. ނަމަކީ، ހާނިޔާ ސަޢީދީ އެވެ














މައުލޫމާތް ::http://www.elakiri.com/forum/showthread.php?t=678976

ވީޑިއޯ:: http://www.roozvideo.com/video/4241/magnetic_girl/


my dhevvadhooo

http://www.mydhevvadhoo.com/