Monday, August 29, 2011

800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރިއާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދުމަށް ނިމައިފި

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮށްކޯފުޅު އަބުދުﷲ ޔާމީން ގުޅިގެން ހިންގާފައިވާ ކަމަށް ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ މައްސަލައާ ގުޅުން ހުރި ހުރިހާ މެލިޔެކިޔުންތަކެއް ގައުމީ ސަލާމަތުގެ ކޮޓީ އަށް ހުށަހެޅުމަށް 12 މުއައްސަސާއަކަށް އެންގުމަށް ކޮމެޓީން ނިންމައިފި އެވެ.

މައުމޫން އާއި ޔާމީން ހިންގި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިއާ ބެހޭ ލިޔެކިޔުންތައް ހޯދުމަށް 12 މުއައްސަސާތަކަށް ސިޓީ ފޮނުވުމަށް ނިންމީ މިއަދު ގައުމީ ސަލާމަތުގެ ކޮމެޓީއަށް ހާޒިރުވި ހަތް މެންބަރުންގެ އިއްތިފާގުންނެވެ. އެ މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރިޔާސީ ކޮމިޝަނަށާއި ފޮރިން މިނިސްޓްރީގެ އިތުރުން އިކޮނަމިކް މިނިސްޓްރީއަށް ސިޓީ ފޮނުވަން ނިންމާފައިވެ އެވެ. އަދި ބަންޑާރަ ނައިބުގެ އޮފީހަށާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން )އެސްޓިއޯ( އަށާއި މޯލްޑިވްސް މަނިޓަރީ އޮތީރިޓީ )އެމްއެމްއޭ( އަށް މައްސަލާގެ ލިޔެކިޔުންތަށް ހުށަހެޅުމަށް ނިންމާފައިވެ އެވެ. އަދިވެސް އިތުރު ހަތަރު ތަނަކަށް ސިޓީ ފޮނުވުމަށް ކޮމެޓީން ނިންމެވި އެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސަ މަނިކު ހުށަހަޅުއްވާފައި ވަނީ އެ މައްސަލަ ތަހުގީގުކޮށް ނިމެންދެން މައުމޫން އާއި ޔާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. މޫސަ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަން ފެށުމާ އެކު އެ ދެ ބޭފުޅުން ފިއްލަވާފާނެ ކަމުގެ ބިރު އެ ބައޮތް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ލީގަލް ޑިޕާޑްމަންޓުން ލާފާދީފައި ވަނީ މީހެއްގެ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބާރެއް މަޖިލީހުގެ ކޮމެޓީއަށް ލިބިގެން ނުވާ ކަމަށެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ރިޔާސަތު ބެލެހެއްޓެވި ކޮމެޓީގެ މިއަދުގެ ބައްދަލުވުން ނިންމާލީ ދެން އޮންނަ ކޮމެޓީ ބައްދަލުވުމެއްގައި އެ މައްސަލަ ކޮމެޓީން ނިންމާނެ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މަޖިލީހަށް ހުށަހަޅުއްވި 800 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހުމަތު ތަހުގީގު ކުރުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާ ކުރަމުންދާ ގައުމީ ސަލާމަތުގެ ކޮމެޓީގެ އަގުލަބިއްޔަތު އޮންނަނީ ސަރުކާރު ހިންގާ އެމްޑީޕީ އަށެވެ.

No comments:

Post a Comment