Sunday, August 28, 2011

ބޮޑީ ގާޑު ޓްރެއިނިން ހަދަމުން ދިޔަ ސިފައިންގެ މީހެއްގެ ބޮލަށް ވަޒަނެއް އަރައި ނިޔާވެއްޖެ

13:02



ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ވިދާޅުވީ އުމުރުން 32 އަހަރުގެ ޝައުކަތު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ 11:15 އެހާކަންހާއިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށެވެ. ޑޮކްޓަރު ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ވިދާޅުވީ 11:25 ގައި ކަމަށެވެ.

"ބޮލުގެ ނިތް ކުރިއަށް[ވަޒަން] އަރާފައި ފަހަތުން ވަޒަން ނުކުމެފައި ހުރީ. ގެނައި އިރުވެސް މަރުވެފައި ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.



ޝައުކަތުގެ އުމަރީ 32 އަހަރެވެ.


ވަޒަން އަރައި ނިޔާވި ސިފައިންގެ މީހާގެ ހަށިގަނޑު މާލެ ގެނައުމަށްޓަކައި، “ރެހެންދި” ހެލިކޮޕްޓަރު ދާދި ދެންމެއަކު ލ. އަތޮޅަށް ދިޔުމަށް ފުރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު ތަހުގީގުކުރުމަށްޓަކައި މާލެއިން ޓީމެއް ވެސް މިހާރު ލ. އަތޮޅަށް ދިޔުމަށް ދަތުރުކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.


އެ ހާދިސާގައި މަރުވެފައި ވަނީ، ސަން އަށް އެނގިފައިވާ ގޮތުގައި، ކޯޕްރަލް، ރ. އަލިފުށީ ޝަބާނާ އިބްރާހިމް ޝައުކަތެވެ.

ކައްދޫ ޓްރޭނިން ސެންޓަރުގައި މިހާރު ކުރިއަށްދާ ނުވަ ވަނަ ބޮޑީ ގާޑު ޓްރޭނިން ހަދަމުން ދިޔަ ސިފައިންގެ އޮފިސަރެއްގެ ބޮލަށް ވަޒަނެއް އަރައި ނިޔާވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ އެ ސިފައިންގެ މީހާ ނިޔާވީ މިއަދު ހެނދުނު ކައްދޫގައި ޓްރެއިނިން ހަދަމުން ދަނިކޮށް، ވަޒަނެއް އެރުމާ ގުޅިގެން ލ. ގަމު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

އަބްދުﷲ އަލީ ވިދާޅުވީ މިހާދިސާ ހިނގަން ދިމާވި ސަބަބުން ބަލަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ޝައުކަތު މާލެ ގެންނަނީ އައްޑޫގައި އޮތް އެމްއެންޑީއެފުގެ ހެލިކޮޕްޓަރުގައި ކަމަށާއި ކުޑަ އިރުކޮޅެއްގެ ތެރޭގައި ހެލިކޮޕްޓަރު ލ. އަތޮޅަށް ދިއުމަށް ފުރާނެ ކަމަށެވެ. 12:45 12:40 ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ބުނީ ޝައުކަތު އެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ. 12:39 12:37 12:27

No comments:

Post a Comment