މުދަލާއި ހިދުމަތުގެ އަގުން ނޫނީ ޖެނެރަލް ސޭލްސް ]ޖީއެސްޓީ[ އިން ހަ ޕަސެންޓް ޓެކްހެއް ނެގުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ޓެކްސް ނެގުމަށް ފާސްކޮށްފައި ވަނީ އަންނަ އޮކްޓޫބަރު މަހުން ފެށިގެންނެވެ.
އިދިކޮޅު މެންބަރުން ބިލަށް ދެކޮޅުހައްދަވާފައި ވަނިކޮށް މުޅި މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކޮށް ތަޅުމަށް ގެނައުމަށް ފަހު، އެ ބިލު ފާސްކޮށް ފައި ވަނީ ޖަލްސާގައި ތިއްބެވި 73 މެންބަރުންގެ ތެރެއިން 40 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. ބިލު ފާސްކުރަން ބޭނުން ވަނީ 36 ވޯޓެވެ.
ބިލް މިހާރު އޮތް ގޮތުން ޓީޖީއެސްޓީގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 3.5 ޕަސެންޓެވެ. އެ އަދަދު ހަ ޕަސެންޓަށް ބަދަލުވާނީ އަންނަ އަހަރުން ފެށިގެންނެވެ.
އެބިލްގައި ހިމެނިފައިވާ ބައެއް ކަންތައްތަކަށް ދެކޮޅު ހައްދަވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ، ބިލު މިހާރު އޮތްގޮތަށް ފާސްކޮސްފި ނަމަ މާލީ އަދި އިދާރީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، ބައެއް ވިޔަފާރިތައް ބަނގުރޫޓުވާނެ ކަމަށެވެ.
އިދިޅު ޑީއާރުޕީގެ މެންބަރު ކެލާދާއިރާގެ ޑރ. އަބުދުﷲ މައުސޫމު ވިދާޅުވީ، ޓެކްސަށް ވަނުމަށް ރައްޔިތުންނަށް ބޭނުންވާ މުއްދަތު ތިން މަސް ދުވަހަށް ލަސް ކުރުމަށާއި، ބިލު ހުށަހެޅިއިރު ޓެކްސް ނެގުމަށް ކަނޑައަޅާފައި އޮތް ފަސް ޕަސެންޓްގައި ބޭއްވުން ނޫނީ އެ އަދަދު އަދަދު ހަތަރު ޕަސެންޓަށް ކުޑަކުރުމަށެވެ. ނަމަވެސް އެމްޑީޕީ އަކުން އެ އިސްލާހަކަށް ތާއީދެއް ނުކުރި އެވެ.
ބިލް ފާސްކޮށްފައި ވަނީ ހަ ޕަސެންޓްގެ ޓެކްހެއް ނަގާ ގޮތަށެވެ.
އުނގޫފާރު ދާއިރާގެ ޑރ. އަފްރާޝީމް އަލީ ވިދާޅުވީ، މުއްސަނދިން އަތުން ރައްޔިތުންނަށް ޓެކްސް ނަގައިދޭން ޖެހޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މި ޓެކްހަކީ ރައްޔިތުންނަށް އޮޅުވާލައިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ހަރަދު ކުރާނެ ފައިސާ ހޯދުމަށް ނަގާ ޓެކްހެއް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، މި ޓެކްހަކީ އާއްމު މީހުން ހިންގާ ވިޔަފާރިތަކުންނާއި ރާއްޖޭގެ ރައްޔިތުންގެ އަތުން ނަގާ ޓެކްހެއް ކަމަށެވެ. އަދި ފޮރިން އެކްސްޗޭންޖް އިތުރުވާނެ ގޮތެއް ނެތި އެފަދަ ޓެކްހެއް ނެގުމަކީ ރައްޔިތުން ނިކަމެތިވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖީއެސްޓީއަކީ މުޅި ރައްޔިތުންގެ އަތުން ނެގޭ އެއްޗެއް. އެންމެ ރިސޯޓަކުން ނުވަތަ ދެ ރިސޯޓަކުން ސަރުކާރު ހިންގާނެ ވާހަކަ އަޑުއެހިން. ނަމަވެސް ސަރުކާރުގެ މަތި ބަރުވެގެން ގޮސް ހަރަދުތައް ބޮޑުވެގެން ހަތަރު ބިލިޔަނުން ފަސްބިލިޔަޔުން ބަޖެޓް ޑެފިސިޓްވެގެން މިދަނީ. މި ޓެކްހަކީ ރައްޔިތުންގެ އަތުގައި ހުރި ފައިސާއެއް ނަގައިގެން ސަރުކާރު ދާއިރާތަކަށާއި ރިކަރަންޓަށް ހަރަދުކުރުން. ފޮރިން އެކްސްޗޭންޖް ލިބޭނެގޮތް އިތުރުނުކޮށް، މިހެން ހެދުމުން ރައްޔިތުން ބިކަ ހާލުގައި ޖެހިގެންދާނެ،" ގާސިމް ވިދާޅުވި އެވެ.
މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވީ، އެ ފަދަ ޓެކްހެއް ތައާރަފް ކުރާއިރު ރައްޔިތުންނަށް އެކަށީގެންވާ މުއްދަތެއް ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތެއް ލިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އިގްތިސާދީ މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ދައްކަން ޖެހޭ ޓެކްސް ބައެއް ފަރާތްތަކަށް ނުދެއްކި އުޅޭއިރު، ކުއްލި އަކަށް އެފަދަ ބޮޑު ޓެކްހެއް ތައާރަފް ވުމުގެ ސަބަބުން، މެދުފަންތީގެ ކުންފުނިތައް ދަރަނިވެރިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދައްކަން ޖެހޭ ބޭންކް އިންޓްރެސްޓާއި އިންސްޓްޓޯލްމަންޓާއި މުވައްޒިފުންގެ މުސާރަ އާއި ސަރުކާރަށް ދައްކަން ޖެހޭ ލޭންޑް ޓެކްސް ނުދެއްކިގެ ބައެއް ކުންފުނިތައް ދަރަނިވެރިވާނެ. މިއީ ރިހޭފައިމައްޗަށް ފޮއި ވެއްޓުން. މަޖިލީހުގެ މެންބަރުންނަށާއި ރައީސް ނަޝީދަށް އަޅުގަނޑު ދަންނަވާނީ ވިސްނާވަޑައިގަތުމަށް ފަހު އެކަމަށް އިތުރު މުއްދަތެއްދޭން ޖެހޭ ކަމަށް،" ސިޔާމް ވިދާޅުވި އެވެ.
މިބިލަށް ތާއީދު ކުރައްވަމުން އެމްޑީޕީގެ މެންބަރު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް ވިދާޅުވީ، ބިލު ފާސްކުރަން ވޯޓު ނުދެއްވާ މެންބަރުންނަކީ، ރައްޔިތުންނަށާއި ގައުމަށާއި ދައުލަތަށް ފަސް ބިލިޔަން ރުފިޔާގެ އަދަދުން އާމްދަނީ މަދު ކުރާނެ މެންބަރުން ކަމަށެވެ.
އަސްލަމްގެ ވާހަކަ އަށް ރައްދުދެއްވަމުން އިދިކޮޅު ޕީއޭގެ މެންބަރު ފޮނަދޫ ދާއިރާގެ އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ، އެ ފައިސާއަކީ ސިޔާސީ އަމިއްލަ އެޖެންޑާއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނަގާ ފައިސާއެއް ކަމަށެވެ. އަދި ބިލަށް ވޯޓުދޭ މީހުންނަކީ ރައްޔިތުންނަށް ހިޔާނާތްތެރިވާ ބޭފުޅުން ކަމަށް ސިފަ ކުރައްވާ އިރު ބިލަށް ވޯޓުދޭ މެންބަރުންނަކީ، ރައްޔިތުން އިނދަޖައްސާލައި ރައްޔިތުންނަށް މަކަރާއި ހީލަތް ހަދާބައެއް ކަމަށް ވެސް ވިދާޅުވި އެވެ.

No comments:
Post a Comment