Thursday, August 25, 2011

16 އަހަރު ފަހުން މިހައިލީ ދިވެހިންނާ ވާހަކަ ދައްކައިފި: ކުޑަހީނާއަކީ ރާއްޖޭގެ މެސީ، އެންމެ މޮޅު ކުޅުންތެރިއަކީ ކުޑަމޫސަ

އެންޓަލް ސެންޓިމިހައިލީއޭ ބުނުމުން މިހާރުގެ ގިނަ ޒުވާނުންނަށް އެއީ ކާކުކަން ނޭނގުން ވަރަށް ގާތެވެ. ނަމަވެސް މިހައިލީއަކީ ރާއްޖޭގެ ފުޓްބޯޅައާ ވަރަށް ބޮޑަށް ގުޅިފައިފައިވާ މީހަކަށްވުމުން އޭނާ މިހާރު ކޮބައިތޯ އާއި ކުރާ ކަމަކާއި އޭނާ ރާއްޖޭގައި ކޯޗުކޮށްދިން ދުވަސްވަރު ހިނގައިދިޔަ ކަންތައްތަކުގެ މައުލޫމާތު އޭނާގެ ގާތުން ހޯދުމަށް ވަރަށް ކުރިއްސުރެ އަޅުގަނޑު ޝައުގުވެރިވިއެވެ. މިހެންވެ އޭނާއާ ގުޅޭގޮތްވޭތޯ ރާއްޖޭގައި މަސައްކަތް ކުރި ހަންގޭރީގެ ގިނަ ކޯޗުންގެ ކިބައިން ވެސް އެދުނީމެވެ. އެކަމަކު އެއްވެސް ކޯޗަކަށް އޭނާއާ ގުޅޭނެ ގޮތެއް ހޯދައިނުދެވުނެވެ. ކިރިޔާ ވެސް މިހައިލީއާ ގުޅޭނެ މައުލޫމާތު އެނގޭ މީހަކަށް ހުރީ އޭނާގެ އިރުޝާދުގެ ދަށުން ވެލެންސިއާ އަށް ގެނައި ކޯޗު ލާސްލޯ ކިސް އެވެ. އެކަމަކު ކިސް، މިކަން ކޮށްދޭން ބޭނުމެއްނުވި އެވެ. ނަމަވެސް ހުއްޓާނުލައި ކުރި މަސައްކަތުން މިހައިލީއާ ގުޅޭގޮތްވީ ގާތްގަނޑަކަށް ދެ އަހަރު މަސައްކަތް ކުރި ފަހުންނެވެ. ހަންގޭރީ އަށް އުފަން މިހައިލީ އަކީ 1992 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރުގެ ނިޔަލަށް ކްލަބް ވެލެންސިއާ އަށް ކޯޗުކޮށްދިން އަދި އެ ކުލަބުގެ އެންމެ ކާމިޔާބު އެއް ކޯޗެވެ. އުމުރުން މިހާރު 72 އަހަރުވެފައިވާއިރު އޭނާ އަކީ ހަންގޭރީގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް މިހައިލީއަކީ ހާއްސަ މީހެކެވެ. އެ ގައުމުގެ ގައުމީ ޓީމަށް 31 މެޗު ކުޅެދީފައިވާއިރު މިހައިލީ އަކީ 1964 ވަނަ އަހަރުގެ އޮލިމްޕިކްސް ގޯލްޑް މެޑަލް ހޯދި ހަންގޭރީ ޓީމުގެ އެއްވަނަ ގޯލްކީޕަރެވެ. އަދި ހަމައެއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމު ހަންގޭރީ ހޯދި އިރު ވެސް ގޯލު ބެލެހެއްޓީ އޭނާ އެވެ. ޔޫރޯގެ އިތުރުން ދެ ފަހަރެއްގެ މަތީން ވޯލްޑް ކަޕްގައި ވެސް ކުޅުނު މިހައިލީ ވެލެންސިއާގެ ކޯޗަކަށް އައީ އޭނާގެ އުމުރުން 53 އަހަރުގަ އެވެ. ނަމަވެސް ނިއު 7-0 އިން ބަލިކޮށް، 1993 ވަނަ އަހަރު ހޯދި ގައުމީ ތަށި، 1995 ވަނަ އަހަރު މިލްކު ނުކުރެވުމުން ލިބުނު ހިތާމައާއި މޮޅުވެރިކަމުގައި މިހައިލީ އެނބުރި ގައުމަށް ދިޔަ ފަހުން އޭނާގެ އެއްވެސް ހަބަރެއްނުވެ އެވެ. ސަން މިފަހަރު މި ގެނެސްދެނީ އޭގެ ފަހުން ދިވެއްސަކަށް މިހައިލީ ދިން ހަމައެކަނި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

ރާއްޖޭގައި ހޭދަކުރި ހަތަރު އަހަރުގެ ތެރެއިން އެންމެ ހަނދާންކުރަން ބޭނުމީ ކޮން ކަމެއް؟
ފުރަތަމަ ވެސް އަހަރެން ވަރަށް އުފާވެއްޖެ ދިވެހިރާއްޖޭގެ މީހަކު އަހަންނާ ބައްދަލުކުރަން އުޅުމުން. ވަރަށް އުފާވެއްޖެ އަހަރެންގެ ކުޅުންތެރިންގެ މައުލޫމާތާއި ވެލެންސިއާގެ މިހާރުގެ މައުލޫމާތު ލިބުމުން. ރާއްޖޭގައި އަހަރެން ހޭދަކުރި ދުވަސްތަކުގެ މަތިން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. ހާއްސަކޮށް އަހަރެން އެންމެ ފުރަތަމަ ރާއްޖެ ދިޔަ ދުވަހު ލޯތްބާއެކު އަހަންނަ ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާ އެއް. މުބާރާތުގެ ތެރޭގައި ވެސް އޮންނަނީ ވަރަށް އުފާވެރި މާހައުލެއް. އަހަންނާއި އަހަރެންގެ އަންހެނުން ކަނިފިނޮޅު ރިސޯޓްގައި ހޭދަކުރި ކުރު ޗުއްޓީއަކީ ވެސް ވަރަށް ހަނދާން ހުންނަ ދުވަސްތަކެއް.

ވެލެންސިއާއިން ފުރުސަތު ލިބުނީ ކިހިނެތް؟
އެއިރު ރާއްޖޭގެ ގައުމީ ކޯޗަކަށް ހުރި (މިކޮލަސް) ޓެމިސްވާރީ އަކީ ގާތް ރަހުމަތްތެރިއެއް. އޭނާ އަހަރެން ގާތު ބުނީ ޒުވާން ކުދިން ތަކެއް އެބަތިއްބޭ ކޯޗަކަށް ބޭނުންވެފަ. އެހެންބުނުމުން އެއިރު އަހަރެން އަދާކުރަމުން އައި ކޯޗުކަމުގެ ވަޒީފާ ދޫކޮށްލާފައި މާލެ ދިޔައީ ވަރަށް ބޮޑު އުފަލަކާއެކު.

ރާއްޖޭގައި އެންމެ ދެރަވި ދުވަހަކީ ކޮބާ؟


އެއީތަ އެނބުރި ނާންނަ ގޮތަށް ގައުމަށް ދިޔަ ސަބަބަކީ؟
ނޫން. ހަގީގަތަކީ އެ (ފައިނަލް) މެޗުގެ ކުރިން އަހަރެން ވަރަށް ބޮޑަށް ބަލިވި. އެއީ ކުރިން ވެސް ހުރި ބައްޔެއްގެ ސަބަބުން ވީ ކަމެއްކަން ޔަގީންވީ އޭގެ މާ ފަހުން ކުރި ޓެސްޓްތަކުން. ހަގީގަތުގައި އެ ބަލީގެ ސަބަބުން އަހަންނަށް ވެސް ފައިނަލް މެޗުގައި ގޯސްތަކެއް ހެދުނު.

ބޮޑު ފައިނަލެއްގެ ކުރިން ކުއްލިގޮތަކަށް ބަލިވުމުގެ ފަހަތުގައި އެއްވެސް ސަބަބެއްވޭތަ؟ އެއީ ކޮންކަހަލަ ބައްޔެކަން ތަފްސީލު ކޮށްދެވިދާތޯ؟
ތިޔައީ ކުރަން ވަރަށް ފަސޭހަ ސުވާލެއް. އެކަމަކު ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލެއް. ފައިނަލް މެޗު ކުޅުމުގެ ދެތިން ދުވަސް ކުރިން އެއްދުވަހު މެންދުރު ބަނޑޮހުން ކައިގެން އަހަރެން މާލެ އައިތާ މާގިނަ އިރެއްނުވެ ގަދަ ހުމެއް އައީ. އަހަރެން ވަރަށް ބަލިވި. ޓީމުގެ އިސް މީހުން އަހަރެން ހޮސްޕިޓަލަށް ގެންދިޔަ. އެކަމަކު ވީ ކިހިނެތް ކަމެއް ނޭނގުނު. އެކަމަކު މި ބަލީގެ ސަބަބުން ފިޒިކަލީ ވެސް އަދި މެންޓަލީ ވެސް އަހަންނަށް އަހަރެންގެ ނަފްސު ކޮންޓްރޯލެއްނުވި.

ތަށި މިލްކު ކުރަން ނުކުތުމުގެ ކުރިން އަދި ލީޑުގައި އޮވެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުމުން އިންޓަވަލް ގަޑީގައި ކުޅުންތެރިން ގާތު ދެއްކީ ކޮން ވާހަކައެއް؟
އެހެން މެޗުތަކެކޭ ވެސް އެއްގޮތަށް ފައިނަލް މެޗުގެ ކުރިން ވެސް އަހަރެން ނަފްސާނީ ގޮތުން ކުޅުންތެރިންނަށް ވިސްނައިދީ އެ މީހުންނަށް ޖޯޝް ގެނުވަން މަސައްކަތް ކުރިން. ކުރީ ދެ އަހަރުގެ ގައުމީ ފައިނަލުން މޮޅުވެފައި އޮތުމުން ކުޅުންތެރިން ވެސް ތިބީ ވަރަށް އިތުބާރާއެކު.

ދެން ކޮބާތޯ ކޯޗަށް ހެދުނު މިސްޓޭކަކީ؟
ހާފް ޓައިމްގައި އަހަންނަށް ގޯސް ހެދުނު. ހަންގޭރީ ފޯވަޑް (ރަޒުވާން) ބަދަލު ނުކުރުމަކީ އަހަންނަށް ހެދުނު ވަރަށް ބޮޑު ގޯހެއް. (ވެލެންސިއާގެ ގިނަ މީހުން ބުނާ ގޮތުގައި މިހައިލީގެ އިރުޝާދުގެ ދަށުން ގެނައި ރަޒުވާން އަކީ ރާއްޖެ އައިއިރު ވެސް ތަނަވަސްކަން ލިބިފައިވުމުން، ބައެއް ފަހަރު، ވަރަށް ކަންނެތްކޮށް އުޅޭ ކުޅުންތެރިއެކެވެ).

ގަދަ ފަދަ ޓީމެއް އޮއްވައި ފައިނަލް މެޗުގައި ޕެޓްރިކް ޗިކާޔާ އަށް ވެލެންސިއާ ކޮޅަށް ދެ ގޯލު ޖެހުނީ އެހެންވެތޯ؟
ޕެޓްރިކް އަކީ ވަރަށް މޮޅު ކުޅުންތެރިއެއް. އެކަމަކު ފައިނަލް މެޗުގައި އޭނާ ނަގައިގެން ކުޅުނު ޑިފެންޑަރުގެ ޑިސިޕްލިން ނެތީ. ވަރަށް ގިނަ ފަހަރު މާކް ނުކޮށް ޕެޓްރިކް ދޫކޮށްލާފައި ބެހެއްޓީ.

ތަށި މިލްކު ނުކުރެވުނަސް މިހައިލީ އަކީ ރާއްޖޭގައި މަސައްކަތްކުރި އެންމެ ކާމިޔާބު އެއް ކޯޗު. ކޮބާތޯ ކާމިޔާބީގެ ސިއްރަކީ؟
އަހަރެން ލޯބި ކުރިން ޒުވާން ކުޅުންތެރިންނާއެކު މަސައްކަތް ކުރަން އަދި ރަނގަޅު މެނޭޖްމަންޓަކާ އެކު ވެސް މަސައްކަތް ކުރަން. އެ މީހުން (ވެލެންސިއާގެ ކުޅުންތެރިންނާއި މެނޭޖްމަންޓަށް) އެކަން އިހުސާސް ކުރެވުނު. އަދި އަހަރެން ބޭނުންވި ގޮތަށް މަސައްކަތް ކުރަން އެދިގެން ތިބީ.


ހަގީގަތުގައި އެއީ އެތްލީޓަކަށް ލިބޭނެ އެންމެ ބޮޑު އުފާ. އަހަރެން ވެސް ވަރަށް އުފާވި އެ ދުވަހު. ވެލެންސިއާ ތަށި ހޯދަން ބޭނުންވެފައި ތިބިލެއް ބޮޑުކަމުން އެ ތަށި ލިބުނީ. ކުޅުންތެރިންގެ މެދުގައި އޮތް އެކުވެރިކަމާއި ފޯރި ވެސް ވަރަށް ބޮޑު ދައުރެއް ކުޅުނު.

ނިއު ރޭޑިއަންޓުގައި އެއިރު ހުރި ކޯޗު ކެންމޯޓަން ސިފަ ކުރަނީ ކިހިނެތް؟
އަހަރުމެން ދެ މީހުންނަކީ އެހާ ރަހުމަތްތެރި ދެ މީހުނެއްނޫން. އެކަމަކު އަހަރެން ދެކޭ ގޮތުގައި މޯޓަން އަކީ ވަރަށް އަޒުމް ވަރުގަދަ، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ވަރަށް ޕްރޮފެޝަނަލް ކޯޗެއް.

މިހައިލީގެ ނަޒަރުގައި ވެލެންސިއާ އަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިއަކީ ކާކު؟
އެ ޓީމުން ވަކި ކުޅުންތެރިއަކު ހޮވުމަކީ އުނދަގޫ ކަމެއް. ފަހަތާއި މެދުތެރެ އަދި ކުރީގައި ވެސް ތިބީ މޮޅު ކުޅުންތެރިން. އެކަމަކު ވަކި މީހަކު ފާހަގަ ކުރަންޏާ އެމީހަކަށް ވާނީ ކުޑަމޫސަ.

ބައިވަރު މޮޅު ކުޅުންތެރިންތަކެއް ތިއްބާ މޫސަ އަށް ކެޕްޓަންކަން ދިނީ ކީއްވެ؟ އެ ނިންމުމަކީ މިހައިލީގެ ނިންމުމެއްތަ؟
މޫސަގެ ކިބައިގައި މެނޭޖް ކުރުމުގެ ހުނަރާއި ގާބިލްކަން ހުރޭ. އޭނަ އަށް ކެޕްޓަންކަން ދިނީ ކުޅުންތެރިން. އެ ނިންމުން އަހަރެން ގަބޫލުކުރިން. އޭނާއަކީ ޓީމެއް ތަމްސީލު ކުރަން ނަމޫނާ މިސާލެއް ފަދަ ކުޅުންތެރިއެއް. ދަނޑުމަތީގައި ވެސް މޫސަ އަށް ކޯޗެއްގެ ރޯލު ކުޅެވޭ.

މިހައިލީ އަށް ފަހު ވެލެންސިއާ އަށް ގެނައީ ހަންގޭރީގެ ކޯޗު ލާސްލޯ ކިސް. އޭނާ ވެލެންސިއާ ގެނައުމަށް ލަފާދިނީ ކިސްގެ ކިބައިގައި ކޮންކަހަލަ ކޮލިޓީތަކެއް ހުރެންގެންތަ؟
ކިސް އަކީ އުފެދުމުގައި ވެސް އޭނާއާ ޑީލް ކުރަން ވަރަށް އުނދަގޫ މީހެއް. އެކަމަކު އެ ވަގުތު އޭނާ އަށް ވުރެ ރަނގަޅު މީހަކު އަހަންނަށް ފެނިފައި ނެތިގެން ވެލެންސިއާ އަށް ކިސް ފޮނުވައިދިނީ.


ތިކަން މިހާރު މާބޮޑަށް ހަނދާނެއްނެތް. ކުޑަހީނާ ކުލަބުން ދާން ބޭނުންވެގެންދިޔައީ. އެކަމަކު އޭނާ ދާން އުޅުނުކަން ކުރިން އަހަންނަށް އެނގުނުނަމަ ވެލެންސިއާގައި މަޑުކުރަން އަހަރެން ހީނާގާތު ބުނާނަން. ކުޑަހީނާ އަކީ ރާއްޖޭގެ މެސީ. ޓީމުގެ ތެރޭގައި އެއްބައިވަންތަކަން ދަމަހައްޓަން އެނގޭ ވަރަށް މޮޅު ކުޅުންތެރިއެއް އެއީ.

މިހައިލީގެ މިހާރުގެ ވަޒީފާއަކީ ކޮބާ؟ ރިޓަޔާ ކުރީ ކޮން އިރަކު؟
ވެލެންސިއާއިން އައި ފަހުން އަހަރެން ޓީމަކާ ހަވާލުވިން. އެކަމަކު ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރިޓަޔާކޮށްފިން. ފަހުން އަހަރެން ހަވާލުވި ޓީމު ކުޅުންތެރިންގެ އަހުލާގު އެހާ ރަނގަޅެއްނޫން. އަހަންނަކީ އޮލިމްޕިކް ޗެމްޕިއަނެއް. މިތަނުގައި އިހްތިރާމާއެކު އަހަރެން މި އުޅެނީ. މިހާރު އުޅެނީ ގޭގައި. ރިޓަޔާކޮށްގެން އުޅުނު ފުރަތަމަ ދުވަސްކޮޅު ގޭގައި ހުންނަންވީމަ ވަރަށް އުނދަގޫވި. އެކަމަކު އޮލިމްޕިކް ގޯލްޑް މެޑަލިސްޓް އެސޯސިއޭޝަނުން އަހަންނަށް ވަރަށް އެހީވި. އުފާވެރި ދިރިއުޅުމެއް އަހަރެން ހޭދަކުރަމުންދަނީ.

ވެލެންސިއާގެ މިހާރުގެ ޓީމަށް ދޭނެ މެސެޖަކީ ކޮބާ؟
ވެލެންސިއާގެ ވެބްސައިޓުން އަހަންނަށް ފެނުނު ވަރަށް ރީތި ގޯލުތަކެއް. ވަރަށް ގިނަ މައުލޫމާތު ވެސް ލިބުނު. ހީނާ އާއި އިގުބާލް އަދި ބިންމާއަކީ އެކުގައި މަސައްކަތްކޮށްފިނަމަ ވަރަށް މޮޅުވާނެ ކާމިޔާބު ތިން މީހުން. ކުޅުނު އިރު ވެސް ވަރަށް އެކުވެރިބައެއް އެއީ. އަހަރެން ވަރަށް އުފާކުރަން އެމީހުން މިހާރު ތިބި މަގާމުތަކާމެދު. ހާއްސަކޮށް ވެލެންސިއާގެ ކޯޗެއްގެ ގޮތުން ބިންމާ އަށް ކާމިޔާބީ އަށް އެދެން.

ފުޓްބޯޅައިގެ އެންމެ އިސް މަގާމުތަކުގައި ވެލެންސިއާގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގައި މިހައިލީއާއެކު މަސައްކަތްކުރި މީހުން އެބަތިބި. ހިޔަލީ އާއި ޝާހުއާމެދު ދެކެނީ ކިހިނެތް؟
ހިޔަލީއާ އަހަންނާ ވަރަށް ގާތް ގުޅުމެއް އޮތް. އެއީ ވަރަށް ހަރުދަނާ ބޭފުޅެއް. އިތުބާރު ކުރެވޭ މީހެއް. އަހަރެން ވަރަށް އުފާވޭ ހިޔަލީ އެހާ ބޮޑު މަގާމެއްގައި ހުންނަވާތީވެ. ދެން ޝާހުގެ މަތިން މިހާރު ވެސް ހަނދާންވޭ. އޭނާ ދީފައިވާ ފޮޓޯ ފޮތެއް މިހާރު ވެސް އަހަރެން ގެންގުޅެން. އަހަރުމެން އެކުގައި ނަގާފައިވާ ފޮޓޯތައް ފެނުމުން ރާއްޖެ މަތިން ވަރަށް ހަނދާންވޭ. ޝާހު އަކީ އަބަދުވެސް ކުރިއަށް ދާން މަސައްކަތް ކުރާ ކުއްޖެއް. އަހަރެން ގާތު އަބަދުވެސް އޭނާ ދައްކާނީ ފުޓްބޯޅައިގައި ކުރިއަށް ދެވޭނެ ގޮތެއްގެ ވާހަކަ.

ދައުވަތު ދީފިއްޔާ އަލުން ރާއްޖެ އަތުވެދާނަންތަ؟
އަހަރެންގެ އުމުރުން މިހާރު ހަތްދިހަ ދެއަހަރާއިބައި ވެއްޖެ. އަހަންނަށް ދެން ކޯޗުކަމެއް ނުކުރެވޭނެ. ރާއްޖޭގައި އަހަރެންގެ ހަނދާންތަކެއް ވާނެ. އެއީ ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ ވަރަށް އެކުވެރި ބަޔަކުއުޅޭ ރީތި ގައުމެއް.
1995 ވަނަ އަހަރުގެ ގައުމީ ފައިނަލަށް ފަހު ދެރަވި ވަރަކަށް އަހަރެން ދުވަހަކު ވެސް ދެރައެއްނުވޭ. 1993 ވަނަ އަހަރުގެ ފައިނަލުގައި ނިއު ކޮޅަށް ހަތް ލަނޑު ޖަހައިގެން ގައުމީ ތަށި ލިބިދާނެ ކަމަށް ގަބޫލު ކުރެވުނުބާ؟ 94 ވަނަ އަހަރުގެ ސީޒަނަށް ފަހު ޗުއްޓީ އަށް ދަމުން ކުޑަހީނާ ވެލެންސިއާގައި މަޑުކުރުވަން މިހައިލީ ހުށަހެޅިންތަ؟ އަދި މުހިންމު އަހަރެއް ކުރިމަތީގައި އޮއްވައި ކުޑަހީނާ ކުލަބުގައި މަޑުނުކޮށް ދިއުމާމެދު ދެކެނީ ކިހިނެތް؟ އެކަމާ މެނޭޖްމަންޓާ ޑީލް ކުރީ ކިހިނެތް؟

No comments:

Post a Comment