ސ. މީދޫ ޒުވާނަކު ދީން ގަބޫލު ނުކުރާ ކަމަށް ފާޅުގައި ބުނަން ފަށައިފި
ސ. މީދޫ ޒުވާނަކު ދީން ގަބޫލު ނުކުރާ ކަމަށް ފާޅުގައި ބުނަން ފަށައިފި
ސ. މީދޫ ޒުވާނަކު އިސްލާމް ދީން ގަބޫލުނުކޮށް، އެކަމަށް އިންކާރު ކުރާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ސަންއާ ވާހަކަ ދެއްކި އެ ރަށު ހުދުފަޅު 22، އާމިނަތު ފަތޫނާގެ މަންމަ އައިޝަތު ދީދީ، 49، މިއަދު ބުނީ ފަތޫނާ އިސްލާމް ދީނުގައި ވާޖިބުކުރައްވާފައި ހުރި އަޅުކަންތައްތައް ކުރުމަށް އިންކާރު ކުރާތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. މާތް ރަސްކަލާނގެ އާއި އާހިރަތުގެ ވާހަކަ ދެއްކުމުން ވެސް ފަތޫނާ ރުޅިގަދަވާ ކަމަށާއި "އެއްވެސް މާތް ﷲއެއް ނޯންނާނެ ކަމަށް ބުނެ" އެއީ އޭނާ ގަބޫލުކުރާ އެއްޗިހިތަކެއް ނޫން ކަމަށް ފަތޫނާ ބުނާ ކަމަށް އައިޝަތު ބުންޏެވެ. އަދި ބުނީ އެ ވާހަކަތައް ރަހުމަތްތެރިންނާއި އެހެނިހެންވެސް މީހުން ކައިރީގައި ފާޅުގައި ދައްކަން ފަށާފައިވާ ކަމަށެވެ.
"ގުރޭޑް ހަތަކުން ފެށިގެން އެކަހަލަ ހިޔާލުތަކެއްގައި އުޅެނީ. މީގެ ކުރިން ވެސް ދީނުގެ ވާހަކަ ދެއްކީމާ ގޭތެރޭގައި ރުޅިގަދަވެގެން ތިމަންނަ ގަބޫލެއް ނުކުރަމޭ ބުނާނީ. އެންމެ ފަހުން މިހާރު ރޯދައެއް ވެސް ނުހިފައި. ފާޅުގައި ކާން މިއަދު ވެސް އިނީ. ނަމާދެއް ވެސް ނުކުރޭ. ހަމަ ބުނާއިރަށް ބުނާނެ ތިމަންނަ ގަބޫލުކުރާ އެއްޗިއްސެއް ނޫނޭ. އެވާހަކަ އޭނާ ކޮންމެ މީހެއް ކައިރީގައި ވެސް ކިޔާ،" އައިޝަތު ބުންޏެވެ.
ސުކޫލް ނިންމާލުމަށް ފަހު ރިސޯޓް ވަޒީފާގައި އަހަރުތަކެއް ހޭދަކޮށްފައިވާ ފަތޫނާ ވަނީ ދާދިފަހުން ބައްޕަ ކަށަވަރު ނުވާ ކުއްޖަކު ވެސް ވިހައިފަ އެވެ. އަދި އެ މައްސަލައިގާ އޭނާ އިނީ ހުކުމް ތަންފީޒު ކުރުމަށް ގޭބަންދުގަ އެވެ.
ހަތް ކުދިންގެ އާއިލާ އިން ތިން ވަނަ އަށް ހުރި ދަރިފުޅުގެ މައްސަލާގައި އައިޝަތު ދީދީ ހުރީ މާޔޫސްވެފަ އެވެ. ފަތޫނާ އަށް ހެޔޮމަގު ފެނޭތޯ އޭނަ ކުރާ މަސައްކަތުގައި އޭނާގެ މަންމަ ވަނީ އެ މައްސަލަ ފުލުހުންނާއި އަދި މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
"އަޅުގަނޑު އެކަމާ މިހާރު ހިތާމަކޮށްކޮށް ހާލެއްނެތް. އަޅުގަނޑު އުންމީދު މިކުރަނީ މި މަގުން ވެސް ފަތޫ ރަނގަޅުވެ އޭނާޔަށް ހެޔޮ މަގު ފެންނާނެ ކަމަށް. ވަރަށް އުންމީދު ކުރެވޭ،" އައިޝަތު ބުންޏެވެ.
No comments:
Post a Comment