Thursday, January 19, 2012
ހުކުމް އިއްވަންވީ ގޮތުގެ އެސްއެމްއެސް އަބްދުﷲ ގާޒީގެ ފޯނުގައި އެބަހުރި: މުސްތަފާ
މައްސަލަތަކުގައި ހުކުމް އިއްވަންވީގޮތް އެސްއެމްއެސްއިން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަށް ބައެއް މީހުން ފޮނުވާފައި ހުއްޓާ ފެނިއްޖެކަަމަށް ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ''ތިޔަހެނެއް ނުކިޔޭނެ'' ސިލްސިލާ ޖަލްސާގައި މިރޭ އެމްޑީޕީ ހަރުގޭގައި ވާހަަކަފުޅު ދައްކަވަމުން މުސްތަފާ ވިދާޅުވީ ހައްޔަރުކޮށްފައިވާ އަބްދުﷲ ގާޒީގެ ފޯނަށް މީގެ ހަަ މަސްކުރިން ފެށިގެން މިއަދާ ހަމައަށް ފޮނުވާފައިހުރި އެސްއެމްއެސް ރިކޯޑިން ތައް ފެނިފައިވާ ކަމަށެވެ.
''އަބްދުﷲ ގާޒީގެ ވޭތުވެދިޔަ ހަ މަސް ދުވަހުގެ އެސްއެމްސް ރިކޯޑިންތައް ބެލިން. ބެލިއިރު އާޒިމާ ޝުކޫރު އިންނަނީ ހުކުމްދީފައި. މިހެން ހުކުމް ކުރާށޭ އެހެން ހުކުމް ކުރާށޭ. އަބްދުﷲ ގާޒީ މި އިންނަނީ ބުނެފައި ތިމަންނަ ހުކުމުގައި ގެންނާނެ އިބާރާތަކީ މިއޭ. ކިހިނެއްތޯއޭ ފެންނަނީ. އާޒިމާ ޝަކޫރު ބުނަނީ އެހެނެއް ނޫނޭ ހުކުމުގެ އިބާރާތް ގެންނާނީ މި ގޮތަށޭ. މިވެނި ދުވަހެއްގައި ބޭންކް ފާޅާލި މީހާ 18 މިލިއަން ރުފިޔާގައި ބައިވެރިވެއޭ އެއީ ތިމަންނާގެ މިވެނި މީހެކޭ އެނާ މިއަދު ދޫކޮށްލާށޭ. އޭނާގެ މައްޗަށް ސާބިތުނުވާ ގަރީނާތައް ހުރި ކަމަށްބުނެ ދޫކޮށްލީ. ދޫކޮށްލީމަ އެނާ ފުރައިގެން ދިޔައީ އިންޑިޔާއަށް،'' މުސްތަފާ ވިދާޅުވި އެވެ.
އަދި ހަ މަސް ދުވަސް ތެރޭގައި ގިނަ ގިނަ އެސްއެމްއެސްތައް އެގޮތަށް ފޮނުވާފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"މިއުޅޭ ލޯޔަރުންނޭ ކިޔާ ބަޔަކު ހުކުމްތައް ލިޔެފައި އެސްއެމްއެސްގެ ޒަރިއްޔާއިން ފޮނުވަނީ. ފޮނުވީމަ އަނެއްކޮޅުން ކަރުދާހުގައި ލިޔަނީ. އިއްވަނީ ހަމަ އެގޮތަށް،'' އޭނާ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި އަބްދުﷲ ގާޒީ ކުރައްވާ ހުކުމްތައް ސައްހަ ނުވާނެ ކަމަށް މުސްތޮފާ ވަނީ ވިދާޅުވެފަ އެވެ. އަދި އެފަދަ ގާޒީއަކު ކުރައްވާ ހުކުމްތައް ތަންފީޒް ނުުކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ވަނީ ގޮވާލާފަ އެވެ.
'' އަބްދުﷲ ގާޒީއަށް އެ އޮތީ ކަނޑައެޅިގެން އޭނާގެ ސުލޫކީ މިންގަނޑާއި ހިލާފުވެގެން އޭނައަކީ އެ މަގާމުގައި ހުންނަން ޝަރުތު ހަމަވާ މީހެއް ނޫން ކަަމަށް ޖޭއެސްސީން ނިންމާފައި. ނިންމާފައި އޮއްވަ އެހާ ހިސާބުން އެނާ ކުރާ ހުކެމެއް ސައްހައެއް ނުވާނެ،''
މުސްތޮފާ ވިދާޅުވީ މި ސަރުކާރުގައި އަބްދުﷲ ގާޒީ ދެން ފަނޑިޔާރު ގެއަކަށް ނުވަންނާނެ ކަމުގެ ބޮޑު ޔަގީން ކަމެއް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ.
'' އަބްދުﷲ ގާޒީ މި އޮނަން ޖެހުނީ ޖަލުގައި. އަޅުގަނޑަށް ހިޔެއްނުވޭ އަބްދުﷲ ގާޒީ މިއިން ޒަމާނެއްގައި ވެސް ސަލާމަތް ވާނެހެނެއް. ދިވެހި ރާއްޖޭގައި ފަނޑިޔާރެއްގެ މައްޗަށް ނާންނަފަދަ ބޮޑެތި ހުކުމްތައް އަބްދުﷲ ގާޒީގެ މައްޗަށް އަންނާނެ،'' މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ ތަހުގީގީ ބާރު ކަނޑުވާލުމަށް ބޮޑެތި ކުށްތަކުގައި ކޯޓަށް ގެންނަމުން ދިޔަ ފަރާތްތަށް ގަސްތުގައި ގެންދެވީ ދޫކޮށްލައްވަމުން ކަމަށާއި އެއީ ބަަޔަކު އަބްދުﷲ ގާޒީ ލައްވާ ކުރައްވާފައިވާފައިވާ ކަމެއް ކަން މިހާރު ފަޅާއަރާފައިވާ ކަމަށެވެ.
''އިދިކޮޅު ޕާޓީތަކުން ވަރަށް ރަނގަޅަށް ރާވައިގެން މިކަން ކުރަމުން ގެންދިޔައީ. ސަރުކާރުގެ ތަހުގީގީ އިދާރާގެ ބާރު ކަނޑުވާލަން ވެގެން ކުރި ކަމަކީ ބޮޑެތި ވައްކަންތައް ކުރާ މީހުނާއި މީހުން މަރާ މީހުނާއި މަގުފޭރޭ މީހުނާއި މަސްތުވާތަކެތީގެ މީހުނާއި މާރާމާރީގެ މީހުނާއި މި މިސްމީހުން ހަމަ ކަނޑައެޅިގެން ހެއްކެތް ގަރީނާއެއް ނެތޭ ކިޔާއިގެން ދޫކޮށްލަނީ'' މުސްތަފާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ ދެން އަބްދުﷲ ގާޒީ މައްސަލަަތައް ބެއްލެވުމަށް ކޯޓަށް ވަޑައިގެންނެވިޔަ ނުދެއްވާނެ ކަމަށެވެ.
''އަޅުގަނޑު މި ދަންނަވަނީ ދެނެއް އަބްދުﷲ ގާޒީއަަކަށް ދިވެހިރާއްޖޭގެ ފަނޑިޔާރު ގެއަކަށް ވަންނާކަށް ނުކުރޭނެއޭ. އެ ފުރުސަތެއް އެމްޑީޕީގެ މެންބަރުނެއް ނުދޭނަމޭ. އަޅުގަނޑެއް ހަަމަ ގައިމުވެސް ނުދޭނަމޭ،'' ޝިފާޒް ވިދާޅުވި އެވެ.
Subscribe to:
Post Comments (Atom)
No comments:
Post a Comment