Thursday, January 19, 2012
ރައީސްގެ މެލޭޝިޔާ ދަތުރުފުޅު ކެންސަލްކުރައްވައިފި
އިންޓަނޭޝަނަލް ކޮންފަރެންސް އޮން ގްލޯބަލް މޫމެންޓް އޮފް މޮޑަރޭޓްސް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރަށް މިހަފްތާގައި ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކެޓްރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ ރައީސް ނަޝީދު މެލޭޝިޔާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކެންސަލް ކުރެއްވީ އެ ވަގުތު ގައުމު އޮތް ހާލަތާއި ގައުމުގައި ހުރި މުހިންމު ކަންތައްތަކާ މެދު ވިސްނާވަޑައިގެން ރާއްޖޭގައި މަޑުކޮށްލެއްވުމަށް އަހައްމިއްޔަތުކަން ދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގެން ކަމަށެވެ.
"ގައުމުގެ ހާލަތު އޭރު އޮތް ގޮތުން ރައީސް ބޭރަށް ވަޑައިގަތުން ފަސްކޮށްލުމަކީ އެންމެ ރަނގަޅުވާނެ ގޮތް ކަމަށް ފެނިވަޑައިގެން ދަތުރު ކެންސަލް ކުރެއްވީ،" ޒުހެއިރު ވިދާޅުވި އެވެ.
ރައީސް އޮފީހުން ރައީސްގެ ދަތުރު ކެންސަލްކޮށްފައިވާކަން ހާމަކޮށްފައި މިވަނީ މިމަހު 17 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މެލޭޝިޔާގައި ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ރައީސް ނަޝީދު ތަގުރީރުކުރައްވާ ގޮތަށް ވެސް ހަމަޖެހިފައިވަނިކޮށެވެ.
އެ ކޮންފަރެންސްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ "ތިމާވެށީގެ ކަންކަމުގައި މެދުމިން ވުމާއި ތަރައްގީ" މި މައުލޫގެ މައްޗަށެވެ.
މެލޭޝިޔާގެ އިންޓަނޭޝަން އިސްލާމިކް ޔުނިވަސިޓީގެ އިސްދަރިވަރުންގެ ޖަމިއްޔާ، (އައިއައިޔޫއެމް) އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސްގައި 70 ގައުމަކުން 450 ބޭފުޅުން ބައިވެވަޑައިގަންނަވާނެ ކަމަށާއި މުގައްރިރުންނާއި މޮޑަރޭޓަރުންގެ ގޮތުގައި 55 ބޭފުޅުން ބައިވެރިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
Subscribe to:
Post Comments (Atom)
No comments:
Post a Comment