މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހުޅުމާލޭ ފެރީ ޓާމިނަލް ތެރޭގައި މީހަކަށް ވަޅިން ހަމަލާދިން ކަމުގެ ދައުވާ ލިބޭ ގދ. ރަތަފަންދޫ، އެއްގަމުގޭ، އަހުމަދު ޝަރީފުގެ މައްޗަށް ހިންގާ ޝަރީއަތުގައި، ޝަރީއަތުގެ ހުރުމަތް ކަނޑައިގެން 15 ދުވަހަށް ޖަލަށް ލުމަށް ވަގުތުން ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ޝަރީފާއި ލ. ގަން، ތުނޑީ، ސްނޯރޯސް، މާދިހު މުހައްމަދު ހުށަހެޅި ހެކި ބަލައިނުގަތުމަށް މައްސަލަ ބައްލަވާ ގާޒީ އިއުލާން ކުރެއްވުމުން ޝަރީފް ބުނީ ދައުވާ ލިބޭ މީހުން އެދޭ އެއްވެސް ކަމަކަށް ގާޒީ އިސްކަން ނުދެއްވާ ކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން އެދޭ ކަންތައް ކޮށްދެއްވާ ކަމަށް ފާހަގަ ކުރަމުން ޝަރީފް ބުނީ "ތި ގާޒީ މައްސަލަ ބަލާ ނަމަ އަޅުގަނޑު ދެން ޝަރީއަތަށް ހާޒިރުނުވާނަން" ކަމަށެވެ. އަދި ބުނީ އެ ގާޒީ މައްސަލަ ބަލާ ނަމަ ޝަރީއަތަށް ދެން ހާޒިރު ކުރަން ޖެހޭނީ ގަދަކަމުން ކަމަށެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ "ޝަރީފް ގަދަކަމުން ވެސް ޝަރީއަތަށް ހާޒިރު ކުރާނެ" ކަމަށާއި އަޅަން ޖެހޭ ފިޔަވަޅެއް ވެސް އަޅުއްވާނެ ކަމަށެވެ. އަދި ޝަރީއަތާ މެދު އިހާނެތި ބަސް ބޭނުންކޮށްފައިވާތީ ޝަރީފް 15 ދުވަހަށް ޖަލަށްލުމަށް ގާޒީ ހަމަ އެ ވަގުތު ހުކުމް ކުރެއްވި އެވެ.
މާދިހު ހެކިން ހުށަހެޅުމަށް އެދިފައި ވަނީ މާރާމާރީގައި ބައިވެރިނުވާ ކަމަށް ސާބިތު ކުރުމަށެވެ. އޭނާ ހަތް ހެކިން ހުށަހެޅުމަށް އެދުނެވެ. ޝަރީފް އަށް ހެކިން ހުށަހެޅުމަށް އެދުނު އިރު އެ އެންމެންގެ ބޭނުމަކީ ވެސް މާރާމާރީ ހިނގި ތަނުގައި ހާޒިރުވެ ނެތްކަން ސާބިތު ކުރުމެވެ.
ގާޒީ ވިދާޅުވެފައި ވަނީ ޝަރީފާއި މާދިހުގެ ދިފާއަކީ ވެސް ޝަރީއަތާ ހަމައަށް މައްސަލަ އައުމުގެ ކުރިން ނެގެން ޖެހޭނެ ދިފާއު ކަމަށެވެ. އެކަމަކު އެ ދެ މީހުން ވެސް ފުލުހުންގެ ތަހުގީގުގައި ހުރެފައި ވަނީ ހަނު ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ގޮތަށް ހުށަހަޅާ ހެކިން ހާޒިރު ކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ގާނޫނީ ނިޒާމުގައި ވަކި ގޮތެއް ކަނޑައެޅިފައި ނެތް ނަމަވެސް ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ވެސް އަމަލު ކުރާ ގޮތަށް ބެލުމަށް ފަހު ހެކިން ހާޒިރު ކުރުމާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށެވެ. ދެން ގާޒީ އިއުލާން ކުރެއްވީ ޝަރީފާއި މާދިހުގެ ހެކިން ހާޒިރު ނުކުރައްވާނެ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ދެ މީހަކު ވަނީ ހެކިބަސް ދީފަ އެވެ. ސިއްރުން އަޑު ބަދަލުކޮށްގެން އޯޑިއޯ ލިންކެއް މެދުވެރިކޮށް ހެކިބަސް ދެމުން އެންމެ ފުރަތަމަ ހެކި މީހާ ބުނެފައި ވަނީ ޒަހަމްވި މީހާއާ ދިމާލަށް ދުވެފައި ޝަރީފް ދިޔަތަން ދުށް ކަމަށެވެ. އެކަމަކު އޭނާ އަތުގައި އެއްޗެއް އޮތްކަން ނުވަނަ ނޫންކަން ބުނެދޭން ނޭނގޭ ކަމަށް ވެސް ހެކިބަސް ދިން މީހާ ބުންޏެވެ.
އޭނާ ބުނީ ޒަހަމްވި މީހާއަށް މާދިހު ސީދާ ހަމަލާ ދެނިކޮށް ދުށް ކަމަށާއި ހަމަލާ ދިނުމުގެ ކުރިން މާދިހުގެ އަތުގައި ކަތިވަޅިއެއް އޮތް ތަން ވެސް ފެނުނު ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ އަށް ލިބިފައި ހުރީ ތޫނު އެއްޗަކުން ހަމަލާ ދިނުމުން ލިބޭ ފަދަ ޒަހަމް ކަމަށް ވެސް ހެކި މީހާ ބުންޏެވެ.
ދެ ވަނަ އަށް ހެކިބަސް ދިން މީހާ ބުނީ އޭނާ ފެރީ ޓާމިނަލްގެ ތެރޭގައި ސައިކަލުގައި ހުއްޓާ ޝަރީފް ދުވެފައި ގޮސް އޭނާގެ ސައިކަލުގައި އަޅައިގަނެ ވެއްޓުނު ކަމަށެވެ. އޭރު ޝަރީފްގެ ބަނޑު ދޮށުގައި ކޮންމެވެސް އެއްޗެއް އޮތް ކަމަށާއި ނަމަވެސް އެއީ ކޮން އެއްޗެއްކަން ބުނެދޭން ނޭނގޭ ކަމަށް ހެކި މީހާ ބުންޏެވެ. އަދި ޒަހަމްވި މީހާ އަށް ޝަރީފް ހަމަލާދެނިކޮށް ފެނިފައި ވެސް ނުވާ ކަމަށް އޭނާ ބުންޏެވެ.
މިއަދުގެ އަޑުއެހުން ގާޒީ ނިންމާލެއްވީ ދެން އަންނަ ދުވަހަކު ދައުލަތުން ހުށަހަޅާފައިވާ ބާކީ ހެކިން ހާޒިރު ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ. އަދި ހެކިން ހާޒިރު ކުރުމުގައި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ އިން އެއްބާރުލުން ނުލިބޭ ކަން ވެސް ގާޒީ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

No comments:
Post a Comment