ސަރުކާރުގެ އިގްތިސާދީ ޕެކޭޖަކީ ކުރީ ސަރުކާރުގައިކޮށްފައިވާ ކަންތައްތައް އަލުން ކުރާ ގޮތަށް "ކާޅު ހާލިހެދީމާ ކޮވެލި ބިސްއަޅާ" ގޮތަށް ކުރަން އުޅޭ ކަމެއް ކަމަށް ޕީއޭގެ ލީޑަރު އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ފެއްޓެވި އިސްލާހީ ހަރަކާތަކަށް ހަތް އަހަރު ފުރުމުގެ މުނާސަބާގައި އާޓްފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ ސަރުކާރުގެ މިހާރުގެ އިގްތިސާދީ ސިޔާސަތަކީ ކުރީގެ ސަރުކާރުގައި ކުރަން ފަށާފައިވާ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ބޭރުގެ ބޮޑެތި އިންވެސްޓްމަންޓައް ރާއްޖެ އަށް ގެންނެވޭތޯ ކުރިން ބެލި ކަމަށާއި ނަމަވެސް މިހާރުގެ ސަރުކާރުގެ އިގްތިސާދީ ޕެކޭޖްގައި އެ ވާހަކަ އައީމަ ހައިރާންވާކަށް ނުޖެހޭ ކަމަށް ޔާމިން ވިދާޅުވި އެވެ.
"މި މަސައްކަތުގައި އަޅުގަނޑުމެން ބެލީމޭ، ދިވެހިރާއްޖެ އަށް ބޮޑެތި އިންވެސްޓްމަންޓްތައް ގެނެވޭތޯ. މިހާރުގެ އިގްތިސާދީ ޕެކޭޖެއްގައި އެ ވާހަކަ އައީމަ ހައިރާންވާކަށް ނުޖެހޭ. އެއީކީ އާކަމެއް ނޫން. އެއީ ކުރިން ކުރެވުނު ކަމެއް. ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތު ފުޅާވެގެން މި ދިޔައީ ކީންވެގެންކަން ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި އުޅުއްވާ ހަމަ ހުރިހާ ބޭފުޅުންނަށް ވެސް އެގިވަޑައިގަންނަވާނެ. ކަނޑަށް ޖައްސާ ބޯޓްފަހަރުއައީ ކޮން ޒައާމަތެއްގައި ކަން އެގިވަޑައިގަންނަވާނެ،" މައުމޫންގެ ކެބިނެޓަށް 1993 އަހަރު ޔާމިން ނެންގެވި ފަހުން ރާއްޖެ އަށް އެމަނިކުފާނު ގެންނަވާފައިވާ އިގްތިސާދީ ބަދަލުތައް އެނގިވަޑައިގަންވާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫންގެ ވެރިކަމުގައި 1993 އަހަރުން ފެށިގެން ރާއްޖެ ތަރައްގީ ކުރުމަށް މާސްޓާޕްލޭން އެކުލަވާލެއްވި ކަމަށާއި އެ ގޮތުން ވަޒީފާގެ ފުރުތަސުތުތައް އިތުރުކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމުގައިވާ ގއ. އާއި ގދ. އަދި ސ. އަތޮޅުގެ އިތުރުން އުތުރުގެ ރައްތަކަށް ވެސް އިގްތިސާދީ އެ ބަދަލު ގެންނެވި ކަމަށް ޔާމީން ވިދާލުވި އެވެ.
ޔާމީން ވިދާޅުވީ ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާގެ ދަށުން ރައްޔިތުން ބާރުވެރިކޮށް، ހިޔާލުފާޅު ކުރުމަށް އޮތް ހަނި ފުރުސަތު ހުޅުވާލެއްވި ކަމަށާއި ބާރުތައް ވަކިކޮށް ޒަމާނީ ޑިމޮކްރަސީއެއް ގެންނެވުމަށް މައުމޫން މަސައްކަތްޕުޅު ކުރެއްވެވި ކަމަށެވެ.
ރައީސް ނަޝީދު ރާއްޖެ އަށް ގެންނަވަން އުޅުއްވާ ބަދަލުތަކާ މެދު ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ ތަރައްގީގެ މަގުގައި ޑިމޮކްރެސީގެ ހުރިހާ ބާރުތަކެއް ރައީސްގެ އަތްޕުޅު މައްޗަށް ނަންގަވަން ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.
"ދެން މިހާރު މިކުރަން އުޅޭ ކަމަކީ ތަރައްގީގެ މަގުގައި އާ މިސްރާބަކަށް ދަތުރުކުރާ ވާހަކަ މިދައްކަނީ. އާ މިސްރާބަކަށް ދަތުރު ކުރައްވާއިރު މިކުރައްވާ ކަމަކީ ހަމަ ޑިމޮކްރެސީގެ ހުރިހާ ބާރުތަކެއް ރައީސްގެ އަތްޕުޅު މައްޗަށް ނަންގަވަން ކުރައްވާ މަސައްކަތް މިކުރައްވަނީ." ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމިން ވިދާޅުވި އެވެ.
ގާނޫނުތައް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި ވަކި ދާއިރާއަކަށް ސަރުކާރުގެ އަމާޒު ބަދަލުވެފައިވާ ކަމަށް ވިދާޅުވެ ޔާމީން ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ބާރުފޯރުވުމަށް ސަރުކާރުން ކުރާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން މިނިވަން ޖުޑީޝަރީގެ ތެރެއަށް "ދަނޑިބޭނުމަށް" މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ.

No comments:
Post a Comment