މަސާޖު ޕާލާ އާއި ބިއުޓީ ސެލޫންތަކުގެ ނަމުގައި ހަށިވިއްކާ ތަންތަން ފަޅާ އަރުވާލުމަށް ސަންގެ ފަރާތުން އެ ތަންތަން ބެލުމަށް ފަހު ޝާއިއު ކުރި ލިޔުންތަކުގައި ގާނޫނާ ހިލާފް އެއްވެސް ކަމެއް ނެތް ކަމަށާއި އެ މައްސަލާގައި ނޫސްވެރިންގެ މައްޗަށް ދައުވާ ކުރުމަކީ ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓްރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ "ސަންސެޓް އޮޕަރޭޝަން"ގެ ނަމުގައި ޝާއިއު ކުރި އެ ލިޔުންތަކުގައި ގާނޫނާއި އިސްލާމީ ޝަރީއަތާ ހިލާފް އެއްވެސް ޖުމްލައެއް ނުވަތަ ޕެރެގްރާފެއް ވެސް ނެތް ކަމަށެވެ. އަދި އެ މައްސަލައިގައި ނޫސްވެރިންގެ މައްޗަށް ދައުވަ ކުރުމަކީ ސަރުކާރުން "އެއްވެސް ކަހަލަ ގޮތަކަށް، އެއްވެސް ކަހަލަ ތަރުހީބެއް ނުދެއްވާނެ" ކަމެއް ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
"ސަރުކާރަކުން ނުދެކޭ ތިއީ ]ސަންސެޓް އޮޕަރޭޝަންގެ މައްސަލައަކީ[ ޝަރުއީ މަރުހަލާއަކަށް ދާން ޖެހޭ ކަމެއް ކަމަކަށް. ތިޔަ ބޭފުޅުން ލިޔުއްވި އެއްޗެއް އެ އޮތީ ލިޔުއްވި ގޮތަށް ފެންނަން. އެއްވެސް ޖުމްލައެއްގައި އަދި އެއްވެސް ޕެރެގްރާފަކުން ވެސް ގާނޫނާ ހިލާފް އެއްވެސް އަމަލެއް ހިންގިކަން ސާބިތުވާވަރުގެ ޖުމްލައެއް ނެތް،" ޕްރެސް ސެކްރެޓަރީ ޒުހައިރު ވިދާޅުވި އެވެ.
މީގެ އިތުރުން ޒުހައިރު ވިދާޅުވީ ލިޔުންތެރިކަމަކީ ގާނޫނާއި އިސްލާމީ ޝަރީއަތް ހުއްދަ ކުރާ އެންމެ ފުޅާ ދާއިރާ އަށް ބޭނުން ކުރެވެންވާނެ އެއްޗެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބެލި ބެލުމުން ފާހިޝް އަމަލެއް ސަންގެ ނޫސްވެރިން ހިންގިކަން ނުވަތަ ހިންގާކަން ފާހަގަވާ ވަރުގެ ޖުމްލައެއް ވެސް އެ ލިއުންތަކުގައި ނެތް ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"]ސަންގެ ލިޔުންތަކުގައި[ އެއްވެސް ބާވަތެއްގެ ފާހިޝް އަމަލެއް ހިންގެވި ކަމެއް ނުވަތަ ހިންގާ ކަމެއް ފާހަގަވާ ވަރުގެ އެއްވެސް ކަހަލަ ޖުމްލައެއް އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބެއްލެވި ބެއްލެވުމަކުން ފާހަގަ ކުރެވިފައެއް ނެތް،" ކުރިން ނޫސްވެރިއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ޒުހައިރު ވިދާޅުވި އެވެ.
މީގެ އިތުރުން ޒުހައިރު ވިދާޅުވީ ބައެއް ބޭ އަދަބީ ބަސްތައް ނުވަތަ ބައެއް މީހުންނަށް ލަދުވެތިކަން ކުރިމަތިވެދާނެ ފަދަ ޖުމްލަތައް ހުރިކަން ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ކަމަށެވެ. ނަމަވެސް އެގޮތަށް ތުހުމަތު ކުރެވޭ ޖުމްލަތަކުގައި ވެސް ކަނޑައެޅިގެން ފާހިޝް އަމަލެއް ނުވަތަ ގާނޫނާ ހިލާފް އަމަލެއް ކުރި ކަމަށް ސާބިތުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ގާނޫނީ ސަބަބެއް ދައްކައި ކުރިއަށް ދިއުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
ސަންގެ ލިޔުންތަކުގައި ގާނޫނާ ހިލާފް އެއްވެސް ވާހަކައެއް ނެތް ކަމަށާއި ނޫސްވެރިންނަށް ދައުވާ ކުރުމަށް ސަރުކާރުން ތާއީދު ނުކުރި ނަމަވެސް މީޑިޔާ ކައުންސިލުން ބުނެފައި ވަނީ އެ ލިޔުންތަކުން ޖިނާއި ކުށެއް ކުރި ކަމަށް ދޭހަވާ ކަމަށެވެ. އަދި ސަން މެޖަޒިންގެ ސާކިއުލޭޝަން ހުއްޓާލުމަށް އަންގައި "ސަންސެޓް އޮޕަރޭޝަން"ގެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް މީޑިޔާ ކައުންސިލުން ގޮވައިލި އެވެ.
މީގެ އިތުރުން އެ ލިޔުންތަކުގެ މައްސަލަ ފުލުހުން ވެސް ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.

No comments:
Post a Comment