އިމިގްރޭޝަން ޑިޕާޓްމަންޓް ހިންގެވި ދުވަސްވަރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ސީދާ އެންގެވި ކަމަށާއި އެހެންނަމަވެސް ކޯޓު އަމުރެއް ނެތުމުން އެކަން ނުކޮށް ދޫކޮށްލައްވާފައިވާ ކަމަށް ކުރީގެ ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކޮންޓްރޯލަރުގެ މަގާމުން ވަކިކުރެއްވިތާ މަދު ދުވަސްތަކެއް ފަހުން ރައީސް ނަޝީދަށް ފޮނުއްވި ވަރަށް "ހޫނު" ސިޓީއެއްގައި އިލްޔާސް ވަނީ އިމިގްރޭޝަން ތެރެއިން ހިނގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކާއި އެކަމުގައި ފަހަތުގައި ތިއްބެވި ކަމަށް ބުނާ ބައެއް ބޭފުޅުންނާއި އަދި އޭނާ ކޮންޓޯލަރުގެ މަގާމުން ދުރުކުރެއްވި ސަބަބުތަކާ ގުޅޭ ގޮތުން ލިޔުއްވައިފަ އެވެ.
ލީކުވެފައިވާ ސިޓީގެ ކޮޕީއެއް ސަން އަށް ވަނީ ލިބިފަ އެވެ. އަދި އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން އިލްޔާސް ވަނީ ސަަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އެ ސިޓީގައި އިލްޔާސް ވިދާޅުވެފައި ވަނީ، އޭނާ އިމިގްރޭޝަން ހިންގަވަމުން ގެންދެވީ ތަންފީޒީ އިދާރާއަކަށްވާތީ ވަރަށް ހަރުދަނާ، އަދި ހަރުކަށި ގޮތަކަށް ކަމަށެވެ. ބައެއް ފަހަރު ރައީސް ނަޝީދު "ފޯނު ކުރައްވައި" އެންގެވުމުން އެކަންތައް ވެސް ހުންނާނީ ނުކޮށް ދޫކޮށްލާފައި ކަމަށާއި އެގޮތުން މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ރައީސް ދެ ފަހަރެއްގެ މަތިން އެންގެވުމުން އެކަންތައް ނުކޮށް ދޫކޮށްލައްވާފައިވާނެ ކަމަށް އިލްޔާސް ވިދާޅުވެފައިވެ އެވެ.
"ދެފަހަރެއްގެ މަތިން ރައީސް މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސީދާ މަނިކުފާނު ފޯނުކުރައްވައި އެންގެވުމުން ވެސް އަޅުގަނޑު އެކަން ނުކުރީ ކޯޓު އަމުރެއް ނެތުމުންނެތި އެކަން ނުކުރުމުގެ ގޮތުންނެވެ. ދެން މަނިކުފާނު ވިދާޅުވީ ]ޕާސްޕޯޓް[ ދޫކޮށްލުމަށް ކޯޓު އަމުރެއް ނެރެންދެން ރައީސް މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. މިކަން ވެސް އަޅުގަނޑު ނުކުރީ ދިވެހި ގައުމުގެ ސިޔާދަތު ދެމެހެއްޓުމަށެވެ. އަދި ރައީސް ނަޝީދުގެ އިއްޒަތާއި ސަލާމަތަށް އިސްކަން ދީގެންނެވެ،" އިލްޔާސް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ، ޕީއޭ އަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ބޭރަށް ފުރިޔަ ނުދީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާލަ ދިނުމަށް ވެސް ރައީސް އެދިވަޑައިގަތުމުން އެއީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ކޯޓު އަމުރެއް ނެތި ކުރެވޭނެ ކަމަކަށް ނުވާތީ އެކަން ވެސް ނުކޮށް ދޫކޮށްލައްވާފައިވާ ކަމަށެވެ.
"މީގެ އިތުރުން ވެސް މަނިކުފާނު އަިރުގައި ނުފޫޒުގަދަކޮށް އުޅުއްވާ ބައެއް ބޮޑުންގެ އެދުންތަކަށް ވެސް ބޯނުލަނބާ އެވިދާޅުވާހާ ގޮތަކަށް އަމަލުނުކޮށް ދޫކޮށްލާފައިހުންނާނީ ހަމައެކަނި މިފަދަ ކަންތަކުގަ އެވެ. ގާނޫނާއި ގަވައިދުގެ ތެރެއިން ކުރެވޭ ހުރިހާ ކަމެއް އިމިގްރޭޝަނުގައި ހުންނާނީ ވަރަށް ފަސޭހަކޮށް ކޮންމެ ވަގުތެއްގައި ވެސް ކައުންޓަރުން ހިދުމަތް ލިބޭ ގޮތަށެވެ،" ކުރީގެ ކޮންޓްރޯލަރު ވިދާޅުވެފައިވެ އެވެ.
މި ސިޓީ ލިޔުއްވަން ޖެހިވަޑައިގަތީ ރައީސް ނަޝީދާ ބައްދަލުކުރެއްވުމަށް ތަކުރާރުކޮށް ކުރެއްވި މަސައްކަތުން ވެސް އެމަނިކުފާނު އެފުރުސަތު ނުދެއްވުމުން ކަމަށް ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އަދި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެސް ވެ އެވެ.
"މިއީ މަނިކުފާނުގެ ފިނޑި ކަމެވެ. ތަސައްރުފް ނުފުދޭ ކަމެވެ. ތަޖުރިބާ މަދުކަމެވެ. ނުވަތަ އަބުރުވެރިކަމާއި ކިބުރުވެރިކަމުގެ އަލާމާތެކެވެ. އަދި މިފަދަ ކަންކަމީ މަނިކުފާނުގެ ހަލާކުކަން ގަބޫލުކުރައްވާށެވެ. އަޅުގަނޑާ ސީދާކޮށް ވާހަކަ ދައްކަވާލައްވަން ކެރިވަޑައިނުގަތީ އެވެ. އަޅުގަނޑަށް ޔަގީނެވެ. ކޮންމެވެސް ސަބަބެއް ފަހަތުގައި ވަންހަނާވެފައި އޮންނާނެ އެވެ. ކޮރަޕްޓް ބައެއްގެ ދަށުވެ މިހާމިންވަރަށް މަނިކުފާނު ގެނބިގެންދާނެ ކަމުގައި މީގެ ކުރިން ދުވަހަކު ވެސް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ،" އިލްޔާސް ވިދާޅުވެފައިވެ އެވެ.
އަދި އިތުރަށް ވިދާޅުވެފައިވެ އެވެ؛ "މިކަމުން އަޅުގަނޑުގެ ޒަމީރަށް ސާބިތުވެގެންދިޔަ އެންމެ ބޮޑު ދަލީލަކީ ކުރިން ވެސް އަޅުގަނޑު ހީކުރި ގޮތަށް އިމިގްރޭޝަނުން އަޅުގަނޑު ބޭރު ކުރުމުގެ މަސައްކަތްތައް އެކި ސިފަސިފާގައި އެކި ފެންވަރުގައި އެކި ބައްޓަމަށް ރާއްވަވަމުން ގެންދެވި ގެންދެވުމުގައި އެންމެ އަޑީގައި މުގުލުގައި ހުންނެވީ ސީދާ މަނިކުފާނު ކަމެވެ،"
އޭނާ ވިދާޅުވެވެފައިވާ ގޮތުގައި ރާއްޖެ އަކީ މިހާރު "ހިއުމަން ޓްރެފިކިންގެ ހަބެއް" ކަމަށާއި އެކަމުގެ ފަހަތުގައި ތިއްބެވީ ހިއުމަން ރިސޯސް މިނިސްޓްރީގެ ތެރޭގައި ތިބޭ ވަރުގަދަ ބަޔަކާއި ރަށުތެރެއިން ގޭންގުތަކާ ގުޅިފައިވާ ނުފޫޒުގަދަ ބަޔަކާއި އިމިގްރޭޝަން ތެރޭގައި އުޅޭ ކޮރަޕްޓް މީހުންތަކެއް ކަމަށެވެ. އެމީހުންގެ ފަރާތުން "ސީދާކޮށްނާއި ނުސީދާކޮށް ބައިއެޅެމުންދާ ބޮޑެތި ފަރާތްތަކެއް އަޑީގައި" އެބަތިބި ކަމަށާއި އިމިގްރޭޝަނުން އޭނާ ބޭރުކުރީ އެމީހުންގެ ސިޔާސީ ރޭވުމުން ކަމަށް ވެސް އިލްޔާސް ވިދާޅުވެފައިވެ އެވެ.
އިލްޔާސް ތުހުމަތުކުރައްވާފައިވާ ގޮތުގައި އިމިގްރޭޝަންގެ އިސް ބައެއް މުވައްޒަފުން އެމީހުންގެ މަސްލަހަތު އޮންނަ ކުންފުނިތައް އުފައްދައިގެން ނާޖާއިޒު ފައިދާ ހޯދާފައިވެ އެވެ. އެތަނުގެ އައިޓީ ސިސްޓަމާ ކުޅެ އެ ފަރާތްތަކުން އަމިއްލަ ފައިދާ ހޯދާފައިވެ އެވެ. ފުރުން މަނާކޮށްފައިވާ މުޖުރިމުން ކޮންޓްރޯލަރަށް ސިއްރުން ފުރުވާފައިވެ އެވެ. ވޯކް ވިޒާގެ ކަންކަން ކޮރަޕްޝަނާ އެކު ވަށާޖެހޭނެ ހެން ބަދަލުކުރުމުގެ މަސައްކަތްވެސް އެބަހިނގަ އެވެ.
"އަޅުގަނޑާ ހެދި ކޮރަޕްޝަނުގެ އެފަދަ އަމަލުތައް އިމިގްރޭޝަން ތެރެއިން ނުވާން ފެށުމުންނާއި މުޅިން ހުއްޓޭން ފެށުމުން އަޅުގަނޑަށް އަންނާން ފެށި ޕްރެޝާތައް މިހާރު ދިވެހި ރައްޔިތުންނަށް ސާފުކޮށް އެނގޭނެ އެވެ،" އިލްޔާސް ވިދާޅުވެފައިވެ އެވެ. އެ ކޮރަޕްޓް ވެރިން ދުރުނުކޮށް އިމިގްރޭޝަންގެ މަސައްކަތް ރަނގަޅުނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން، އިލްޔާސަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމްކުރުމުގެ ޕްރޮޖެކްޓާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ، އެއީ ދިވެހި ގައުމަށް ހެޔޮ އެދިގެން ކުރި މަސައްކަތެއް ކަމަށެވެ. އަދި އެއީ ވެސް ބަޔަކު "އަމިއްލަ އެދުމައިގެން ހިންގި މާސިންގާ ކަންތައްގަނޑެއް" ކަމަށް އިލްޔާސް ވިދާޅުވެފައިވެ އެވެ.
މި ސިޓީއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.
އިލްޔާސް ވިދާޅުވީ ސިޓީ ލީކްވީތީ ހިތާމަ ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހިތާމަކުރަން އެ ސިޓީ ލީކުވީމާ. އެކަމަކު އަޅުގަނޑު ފޮނުވި ސިޓީއެއް އެއީ،" އިލްޔާސް ވިދާޅުވި އެވެ.

No comments:
Post a Comment