އުފަންވުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ޖަމިއްޔާ، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން މި އަހަރު ތެރޭ ހިންގާ ހަރަކާތްތަކަށް ފައިސާ ހޯދުމަށް އެއް މަސް ދުވަހުގެ ކެމްޕެއިނެއް އިއްޔެ ފަށައިފި އެވެ.
އިއްޔެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުން ފެށި މި ކެމްޕެއިނުގައި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ވަނީ ތަފާތު ހަރަކާތްތަކެއް ހިންގައިފަ އެވެ. އެގޮތުން ފޭސް ޕެއިންޓިންއާ ކުރެހުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފަ އެވެ.
އަދި ހުރިހާ އުމުރުފުރައަކަށް ވެސް ޚާއްސަ ކޮށްގެން ބޮޑު ހިތެއްގެ ސިފައިގައި ކުރަހާފައި އިން ހިތެއްގެ ތެރޭގައި ކުދި ހިތްތަކެއް ވަނީ ތަފާތު ލިޔުންތައް ލިޔެ ތަތްކޮށްފަ އެވެ.
ހިތުގެ ބަލި ހުންނަ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޓައިނީ ހާޓްސް އިން ވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ވެސް ރާއްޖެ ގެނެސްފަ އެވެ.
އަދި އުފެދުމުގައި ހިތުގެ ބަލި ހުންނަ ކުދިން އޮޕަރޭޝަން ކުރުމަށް "ސޭވް އަ ޓައިނީ ހާޓް" ނަމުގައި މިދިޔަ އަހަރު ވަނީ ފަންނާނުންގެ ފުޓުބޯޅަ މެޗެއް ބާއްވައިފަ އެވެ.
އެ ހަރަކާތުން އެއްކުރި ފައިސާ އިން ވަނީ 30 ކުއްޖެއްގެ އޮޕަރޭޝަނަށް އެހީވެފަ އެވެ.
ހިތުގެ އެކި ބަލިތަކުގެ ގާތްގަނޑަކަށް 200 ކުއްޖަކު ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

No comments:
Post a Comment