Wednesday, June 29, 2011

ފުވައްމުލަކުގައި އަތް ބަނދެ، އަނިޔާކޮށްފައިވާ ބިދޭސީއަކު މަރުވެފައި އޮއްވައި ވަޅުގަނޑެއްގެ ތެރެއިން ފެނިއްޖެ


ޏ. ފުވައްމުލަކުގައި ދެއަތް ބަނދެ، އަނިޔާކޮށް، ވަޅުގަނޑެއްގެ ތެރޭގައި މަރުވެފައި އޮތް ބިދޭސީއަކު މިއަދު ފެނިއްޖެ އެވެ.

ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ދެންމެ ބުނި ގޮތުގައި މަރުވެފައި އޮތް މީހާ ފެނުނީ މީގެ ކުޑައިރުކޮޅެއް ކުރިން ފެނުނީ، އެ ރަށުގައި އެއާޕޯޓް ހަދަމުންދާ ސަރަހައްދު ކައިރީގައި އޮންނަ ނައިބު ތުއްތު މަގުގައި ހުރި ފަޅު ގޯއްޗެއް ތެރޭގައި ހުރި ފުން ވަޅުގަނޑެއްގެ ތެރެއިންނެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

މަރުވެފައި އޮތް މީހާއަކީ އެ ރަށު ވަޑާންގެއެއްގައި މަސައްކަތްކުރާ އުމުރުން ގާތްގަނޑަކަށް 21 އަހަރުގެ ޝަރީފް ނަމަކަށް ކިޔާ ބަންގްލަދޭޝް ރައްޔިތެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެމީހާ ފެނުނު އިރު އޮތީ ދެއަތް ފުރަގަހަށް ބަނދެފައި ކަމަށާއި އަދި ކަކުލު ހުޅުން ތިރި އޮތީ ލެއިން ތަތްތެޅިފައި ކަމަށް ވެސް އެމީހާ ބުންޏެވެ. އެހެންކަމުން ބަޔަކު އޭނާ އަށް އަނިޔާކޮށް މަރާލައިފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ބުންޏެވެ.

ނަމަވެސް، ފުލުހުން ހަމައެކަނި ބުނެފައި ވަނީ ފުވައްމުލަކު ވަޅުގަނޑެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާތީ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.

No comments:

Post a Comment