Monday, June 6, 2011

ސ. ހުޅުދޫގައި 18 އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެ

ސ. ހުޅުދޫ ގައި މޫދަށް އެރި އުޅުނު އުމުރުން 18 އަހަރުގެ ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ހުޅުދޫ އުޖާލާގޭ، މުހައްމަދު ސުއޫދު އަލީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިއަދު 3:00 ޖަހާއެހާކަން ހާއިރު އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ ސުއޫދު މޫދަށް އެރިއުޅުނީ އާއިލާ ކުދިން ތަކަކާ ރައްޓެހި ކުދިން ތަކަކާ އެކު ހެރެތެރެ އާއި ހުޅުދޫ އާއި ވަކި ކޮށްފައި އޮންނަ ސަރަހައްދަށް ކަމަށެވެ. ހުޅުދޫން ވާހަކަ ދެއްކި މީހާ ބުނީ ސުއޫދު ގެނބެން ދިމާވީ އެ ސަރަހައްދުގެ އޮއި ގަނޑެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށާއި އެ ސަރަހައްދަކީ ވަރަށް ފުން ކޮށް ކޮނެފައި އޮންނަ ސަރަހައްދަކަށް ވެފައި އޮއި ދެމޭލެއް ވަރަށް ބާރު ކަމަށެވެ.

"އަހަރުމެންނަށް ފެނުނީ އަޑިއަށް ގޮސްފައި އޮއްވާ ފަތަން އެނގޭ ކުއްޖަކަށް ވާތީ ފުތަރަމަ ހިތަކަށް ނާރަ ގެނބިފަ އޭ. އެހެންވީމަ ބަލަން ނޭނގުނީ ވެސް،" ހުޅުދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

No comments:

Post a Comment