Sunday, May 8, 2011





ކުރިއެރުމެއް ނުލިބުމުން ޒުވާނުންގެ ވާހަކަތައް މުއްދަތެއް ނެތި މެދުކަނޑާލައިފި
    0 ކޮމެންޓު

ތަކެތީގެ އަގު ތިރި ކުރުމަށް ގޮވާލައި މާލޭގައި ކުރި ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިންނާއި ސަރުކާރާ ދެމެދު ކުރި މަޝްވަރާތަކުން ކާމިޔާބީއެއް ނުލިބި، މުއްދަތެއް ނެތް ގޮތަކަށް މަޝްވަރާތައް މެދުކަނޑާލައިފި އެވެ.

ޑޮލަރު އަގު ބޮޑު ކުރުމާ ގުޅިގެން ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަމަށް ބުނެ، ޒުވާނުން އިސްނަގައިގެން ސިޔާސީ ފަރާތަކުން ހަރަދުކޮށްގެން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިންނާއި ސަރުކާރާ ދެމެދު މިއަދު ފެށި މަޝްވަރާތަކާ ބެހޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން މުޒާހަރާތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އަހުސަން ވިދާޅުވީ މަޝްވަރާތަކުން އެކަށީގެންވާ ކާމިޔާބީއެއް ލިބިފައި ނުވާ ކަމަށެވެ. އަދި މަޝްވަރާތަކުގައި ހުށަހެޅުއްވި ހުށަހެޅުންތައް ސަރުކާރުން ބައިލައިގެންފައި ނުވާ ކަމަށާއި މަޝްވަރާތައް އިތުރަށް ކުރިއަށް ގެންދަން ވެސް ސަރުކާރުން ބޭނުން ނުވި ކަމަށެވެ.

"އަޅުގަނޑުމެން ލިޔުމަކުން ހުށަހެޅުއްވުމުން އެ ބޭފުޅުން ބައިލައިއެއް ވެސް ނުލައްވާ. އަދި އަޅުގަނޑުމެންގެ ޑިމާންޑްސްތައް ގަބޫލު ނުކުރަން އެ ބޭފުޅުން ބޭނުންވާ އިރު، މި ވާހަކަތައް ސިލްސިލާ ވާހަކަތަކެއްގެ ގޮތުގައި ކުރިއަށް ގެންދަން ވެސް އެ ބޭފުޅުންގެ ނެތް އެ ރޫހެއް ވެސް. އަޅުގަނޑުމެން އެ ގޮތަށް އެދިފައި އޮތީތީވެ، ފުލުހުން އެ ގޮތަށް ރިކޮމެންޓްކޮށްފައި އޮތީތީވެ، ވާހަކަ ދައްކާލުމުގެ ނަމުގައި ނުރަސްމީކޮށް އައިސް ނުރަސްމީ ގޮތެއްގައި ދިޔައީ ވެސް،" މުޒާހަރާތަކުގެ އިސް ސަފުގައި ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި އަޑު އުފުލި އަހުސަން ވިދާޅުވި އެވެ.
ސަރުކާރުން ދެއްކި ވާހަކަތަކުގައި އެއްބަސްވެފައި ވަނީ ހަމައެކަނި އެސްޓިއޯ މެދުވެރިކޮށް، 27 ބާވަތެއްގެ ކާބޯތަކެތި ކޮންޓްރޯލް އަގެއްގައި ވިއްކަން ހަމަޖައްސަމުންދާ ކަމަށް މަޝްވަރާތަކުގައި ބުނެފައިވާ ކަމަށް އިޝާރާތް ކުރައްވާ އަހުސަން ވިދާޅުވީ އެ އަގުތަކަކީ ވަގުތުން ވަގުތަށް ހަމަޖެހިގެންދާނެ އަގުތަކެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އަދި އެއީ ރޯދަމަހާ ދިމާކޮށް އެސްޓިއޯ މެދުވެރިކޮށް ތަކެތީގެ އަގު ތިރި ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.

"އެސްޓިއޯއިން 27 ބާވަތެއްގެ އަގު ކޮންޓްރޯލް އަގެއްގައި ވިއްކަން ހަމަޖައްސަމުން، އެކަމަށް ތައްޔާރު ވަމުންދާ ވާހަކަ. އެއީ ހަމައެކަނި އަޅުގަނޑުމެންނަށް ލިބުނު ހަމައެކަނި ފެހި ސިގްނަލަކީ. ނޫނީ އެދެވޭ ޖަވާބަކީ. އެ އަގުތަކަކީ ހަމައެކަނި ރޯދަމަހާ ދިމާކޮށް ތިރިވެގެންދާނެ އަގުތަކެއް ކަމަށް ސަރުކާރުން ބުނި،" އަހުސަން ވިދާޅުވި އެވެ.

މިއަދު ބޭއްވި މަޝްވަރާތަކުގައި މުޒާހަރާ އިންތިޒާމް ކުރާ ޒުވާނުންނާއި ސަރުކާރުގެ ފަރާތުން ބައްދަލު ކުރެއްވީ ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހުމަދު ނަސީރުގެ އިތުރުން ރައީސް އޮފީހުގެ ފަންނީ ތިން ބޭފުޅުންނެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ މުޒާހަރާގެ ބައިވެރިން ދައްކާ ވާހަކަތައް ސަރުކާރުން އިޖާބަ ދޭނެ ކަމަށާއި ނަމަވެސް އެ ވަހާކަތަކީ ސަރުކާރުގެ ސިޔާސަތަކާ ފުށުއަރާ ވާހަކަ އަކަށް ވެގެން ނުވާނެ ކަމަށެވެ. 

No comments:

Post a Comment