Wednesday, May 11, 2011

ކޮމިއުނިޓީ ކެބިނެޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އައްޑުއަށް

ކޮމިއުނިޓީ ކެބިނެޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އައްޑުއަށް

 އައްޑޫގައި މާދަމާ ބާއްވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު މެންދުރުފަހު އައްޑޫއަށް ވަޑައިގެންފި އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އެމްޑީޕީގެ ބައެއް އިސްމެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންވެސް އައްޑުއަށް ވަޑައިގެންނެވި އެވެ. ފުރަތަމަ ކެބިނެޓު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ބައެއް ވަޒީރުންވެސް ވަނީ މިހާރު އައްޑޫ އަށް ވަޑައިގެންފަ އެވެ.

މާދަމާ މެންދުރުފަހު ހިތަދޫ މުހިއްބުންދީން ސްކޫލްގައި ބާއްވާ ކޮމިއުނިޓީ ކެބިނެޓްގެ ބައްދަލުވުމުގައި، އިޖްތިމާއީ ދާއިރާއާއި، އުމްރާނީ ތަރައްޤީގެ ދާއިރާއާއި، ހެޔޮވެރިކަމުގެ ދާއިރާއާއި، އިޤްތިސާދީ ދާއިރާ އިން ވަޒީރުން ޕްރެޒެންޓޭޝަންތައް ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުން ވަނީ ކަނޑައަޅުއްވާފަ އެވެ. އަދި އެއިން ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމަށްފަހު، އެ ދާއިރާއަކާ ބެހޭގޮތުން ވެސް ސުވާލު ކުރުމުގެ ފުރްސަތު ރައްޔިތުންނަށް ހުޅުއްވައިލައްވާނެ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ކޮމިއުނިޓީ ކެބިނެޓަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުން ކުރައްވާ ސުވާލުތަކަށް މަޖިލީހުގެ މެންބަރުން ޖަވާބު ދެއްވައި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ބައްދަލުވުންތަކެއް ކަމަށެވެ
.

No comments:

Post a Comment