ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދާއި އެހެނިގެން ސިޔާސީ ފަރާތްތަކުން ސަރުކާރު ހިންގާ އެމްޑީޕީއާ ގުޅެމުންދާތީ އެ ކަމަށް އިޝާރާތްކޮށް "އެއް އޮޑިން ފުއްމާލާފިއްޔާ އަނެއް އޮޑިން ފުންމާލާ މީހުން ވެސް ]އޮޕޮޒިޝަންއަށް[ އާންނާނެ" ކަމަށާއި އެކަމަށް ކެތްތެރިވުމަށް ޕީއޭގެ ލީޑަރު އަބްދުﷲ ޔާމިން ގޮވާލައްވައިފި އެވެ.
ޒެޑް ފެކްޝަނުން މިރޭ އާޓްފިޝަން ބީޗުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޔާމިން ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޑީއާރްޕީގައި ހުންނެވުމަށް ފަހު، އެކިބޭފުޅުން އެމްޑީޕީއާ ގުޅިގެން ދިއުމުން އެކަމާ ހިތާމައެއް ނުކުރާ ކަމަށާއި، ނަމަވެސް އެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްދެއްވި ރައްޔިތުންނަށް އުނިކަމެއް އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނާ ވަކިވި ބޭފުޅުން ހީކުރައްވައިގެން ނުވާނެ، އަޅުގަނޑުމެންގެ މި ޖަލްސާއަކީ ތައުބީންގެ ޖަލްސާއެކޭ. މީކީ ތައުބީންގެ ޖަލްސާއެއް ނޫން. އަޅުގަނޑުމެން ހިތާމައެއް ނުކުރަން، އެހެންނަމަވެސް އަޅުގަނޑު ދަންނަވާލާނަން އަޅުގަނޑުމެންނަށް ގެއްލޭ ކޮންމެ ބޭފުޅަކު ގެއްލުނީމާ އަންނަ އުނިކަމެއް އާދޭ. އެ އުނިކަން އަންނަނީ މައުމޫނަކަށް ޔާމީނަކަށް ނޫނޭ. އެ އުނިކަން އަންނަނީ އެ ބޭފުޅުން އިންތިހާބު ކުރި އެ ދާއިރާގެ ރައްޔިތުންނަށޭ،" ޔާމިން ވިދާޅުވި އެވެ.
އަލީ ވަހީދު ޑީއާރްޕީން ވަކިވެވަޑައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ބަސްފުޅަކަށް ރައްދުދެއްވައި ޔާމިން ވިދާޅުވީ "ދުރުވި ކަމުގައިވީ ނަމަވެސް އަމުދުން ގާތް ނުވެވޭ ވަރަށް،" ސިޔާސީ ޕޯޑިއަމްތަކުގައި ވާހަކަފުޅު ނުދެއްކުމަށް އެދިވަޑައިގެންނެވި އެވެ.
ސަން އަށް ދެއްވި އިންޓަވިއުގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ "އަޅުގަނޑު މީހަކާ ދުރެއް ނުވާނަން ކައިރި ނުވެވޭރަކަށް. ކައިރިއެއް ނުވާނަން ދުރު ނުވެވޭ ވަރަކަށް،" މިހެންނެވެ.
ޑީއާރްޕީގެ އެތެރޭގެ ކޯޅުންތަކާ ގުޅިގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި އިދިކޮޅު ފަރާތްކަށް ހިތި ނަތީއްޖާތައް ލިބެމުންދާ ކަމަށް އިޝާރާތް ކުރައްވާ ޔާމިން މިރޭ ވިދާޅުވީ އުސޫލުތަކަށް ބިނާކޮށް ކަންތައްތަކެއް ކުރެވޭނެ ގޮތްތަކެއް އިދިކޮޅު ސިޔާސީ ޕާޓީތަކުން ހަމަޖެއްސައިގެން ނޫނީ ކުރިމަގު އުޖާލާ ނުވާނެ ކަމަށެވެ.
"ވާދަވެރިކަމާއެކު އުސޫލްތަކެއް ހަމަޖެހުން ކަންނޭގޭ އަޅުގަނޑުމެން އޮޕޮޒިޝަން ޕާޓީތަކުގެ އާމާޒަކަށް ވާންޖެހޭނީ. އަޅުގަނޑުމެން މިހާރު މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ފިލާވަޅުން އެންމެ ހިތިގޮތަކަށް މިތިބީ ފިލާވަޅު ނަގައިގެން. އަޅުގަނޑުމެން އަމާޒު ކުރަންވީ ކަންނޭގޭ އަޅުގަނޑުމެންގެ ތެރޭގައި އުސޫލުތަކަށް ބިނާކޮށް ކަންތައްތަކެއް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސަން. މިހެން ހަދައިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ވަކި ކުރިމަގު އުޖާލާއެއް ނުވާނެ،" ސިޔާސީ ކޯޅުން ގަޑު ހުއްޓާލައި ސިޔާސީ ޕާޓީތަކުން އެއްގަލަކަން އަރަންޖެހޭ ކަމަށް ވިދާޅުވެ، ޔާމިން ވިދާޅުވި އެވެ.
ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެ ޔާމިން ވިދާޅުވީ ޑޮލަރުގެ އަގެއް މި ސަރުކާރަކުން ތިރިއަކަށް ނުގެނެވޭނެ ކަމަށާއި މުދަލުގެ އަގެއް މި ސަރުކާރަކުން ތިރިއަކަށް ނުގެނެވޭނެ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ސަރުކާރަށް ޑޮލަރު ލިބޭނެ ގޮތްތަކެއް ސަރުކާރުގައި ހަމަޖެހިފައި ނުވާ ކަމަށާއި ނަތީއްޖާއެއްގެ ގޮތުން އެކަމުގެ ސަބަބުން ޑޮލަރުގެ އަގު މަތިވަމުންދާ ކަމަށެވެ.
ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖަލުތަކުގައި ގައިދީނަށް ލާއިންސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް ބުނެ ރިޔާސީ ކޮމިޝަނުން ފުލުހުން މެދުވެރިކޮށް ފަށާފައިވާ ތަހުގީގަށް އިޝާރާތް ކުރައްވާ ޔާމިން ވިދާޅުވީ އެ ތަހުގީގަކީ ނާސިރުގެ ދައުރުގައި ރައީސް ނަޝީދުގެ އާއިލާއަށް ޖަލުތަކުގައި އަނިޔާ ލިބިފައިވުމުން އެކަމުގެ އިންސާފު ހޯދުމަށް ކުރާ ކަމެއް ކަމަށެވެ. ނާސިރުގެ ދައުރުގައި ރައީސްގެ ބޮޑު ބޭބެޔަކު ޖަލުގައި ލިބުނު އަނިޔާތަކުގައި ނިޔާވެފައިވާ މީހެއް ކަމަށާއި ރައީސް ފައްޓާވާފައިވާ މަސައްކަތަކީ އެކަންތައް ތަހުގީގުކޮށް، ބަދަލު ހިއްޕަވަން ކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމިން ވިދާޅުވީ ސަރުކާރުގައި އޮތް ދެ ހަތިޔާރަކީ ގާނޫނާ ހިލާފަށް ފުލުހުން ބޭނުން ކުރުމާއި މި ސަރުކާރަށް ލިބޭ ފައިސާގެ ތަނަވަސްކަން ކަމަށެވެ. އަދި އަނިޔާގެ ވާހަކަދައްކައި އަޑު އަރުވަމުންދާ ވާހަކަތަކަކީ ވަކި ދަނޑިވަޅުތަކުގައި މިސްރާބެއް ނެތި ހަމައެކަނި "ކައްޗަށް ދުއްވާ ދުއްވުމެއް" ކަމަށާއި އެއިން ނަތީއްޖާއެއް ނުނުކުންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ. އަދި އެންމެ ފަހު ދަނޑިވަޅުގައި މައުމޫންނާއި އަބްދުﷲ ޔާމިން ހައްޔަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރުމަވާނެ މި ދަންނަވަނީ ރައީސް ނަޝީދަށް ރައްޔިތުންގެ އެންޑޯޒުމަންޓެއް އޮތީ ކިހާވަރަކަށްތޯ ބެލުމަށް އަމިއްލަ ފުޅަށް ވޯޓް ފޮއްޓަކަށް ވަޑައިގަންނަވާށޭ. މި އެމްޑީޕީގެ އިންތިހާބުގައި ނޫންތޯ ރައީސް ނަޝީދުގެ ނުފޫޒު ނެތް ކަން ދައްކައިދިނީ،" ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިގަތުމަށް ރައީސް ނަޝީދަށް ގޮވާލަމުންދާ ވާހަކަފުޅު މިރޭވެސް ތަކުރާރު ކުރައްވަމުން ޔާމިން ވިދާޅުވި އެވެ.

No comments:
Post a Comment