Wednesday, May 11, 2011

ޒެޑް ފެކްޝަނަށް ލީޑަރަކު އިންތިހާބުކޮށް 2013ގައި ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ

ޒެޑް-ޑީއާރުޕީގެ ލީޑަރެއް އިންތިހާބުކޮށް، 2013 ގެ ރިޔާސީ އިންތިހާބުގައި، ރިޔާސީ ކެނޑިޑޭޓެއް ނެރޭ ނެ ކަމަށް ޑީއާރްޕީގެ ވަކިކޮށްފައިވާ، އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ

ޒެޑް-ޑީއާރްޕީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުންތަކާ ގުޅޭ ގޮތުން އުމަރުގެ ވޭލް ސަބްމެރިން އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ ތަސްމީން ފެކްޝަންގެ މައްޗަށް ކުރިހޯދުމަށްޓަކާ ޒެޑް-ޑީއާރްޕީގެ ފަރާތުން 2013ގެ ރިޔާސީ އިންތިހާބަށް ކެންޑެޑީޓެޓް ނެރޭނެ ކަމަށެވެ. އަދި ޒެޑް-ޑީއާރްޕީއަށް ކާމިޔާބު ލިބުމުން ހަގީގީ ޑީއާރްޕީ އަކީ ކޮބައިކަން އެގޭނެ ކަމަށާއި އޭރުން ޒެޑް-ޑީއާރްޕީއަށް ގާނޫނީ ހައިސިއްޔަތެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އެއީ އިންތިހާބެއް ކަމަށް ވިޔަސް، ކޯޅުމެއް ކަމަށް ވިޔަސް ޒެޑް-ޑީއާރްޕީން ކާމިޔާބު ހޯދާނެ. ސަބަބަކީ ރައްޔިތުން ތިބޭ ތަނެއްގައި އަބަދުވެސް ކާމިޔާބު.

No comments:

Post a Comment