Wednesday, May 11, 2011

10 އަހަރުގެ އެންމެ ބޮޑެތި އެއްވުންތަކުގެ ލިސްޓަށް ރާއްޖެ އަރައިފި

ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ބޮޑެތި އެއްވުންތައް އެއްވެ، މުޒާހަރާ ކުރި ގައުމުތައް ކަމަށް، އެމެރިކާގެ މަޝްހޫރު ނޫސް، ވޮޝިންގްޓަން ޕޯސްޓުން ޝާއިއު ކުރި ފޮޓޯ ލިސްޓަށް ރާއްޖެ އަރައިފި އެވެ.

ފޮޓޯތަކަކާއި އެ ފޮޓޯތަކުގެ ކެޕްޝަން ހިމަނައިގެން ވޮޝިންޓަން ޕޯސްޓުން ޝާއިއުކޮށްފައިވާ ލިސްޓްގައި، ރާއްޖޭގެ ޒުވާނުން އިސްނަގައިގެން ދާދިފަހުން ބޭއްވި މުޒާހަރާތަކުގެ ފޮޓޯ ހިމަނަފާއި ވަނީ 28 ވަނަ އަށެވެ.

ޖުމްހޫރީމައިދާނުގައި މިދިޔަ ހުކުރު ދުވަހު އެއްވަން މަސައްކަތްކުރި މީހުން އެތަނުން ދުރަށް ލުމުގެ ތެރޭގައި މީހަކު ވައްޓާލާފައިވާ މަންޒަރުގެ ފޮޓޯއެއް ހިމެނުމަށް ފަހު ވޮޝިންޓަން ޕޯސްޓުން އެ ފޮޓޯގެ ކެޕްޝަން ލިޔެފައިވެ އެވެ:

"ފޮޓޯ އިން ތިޔަ ފެންނަނީ މޭ މަހުގެ ހަ ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ބޭއްވި މުޒާހަރާއެއް ރޫޅާލުމުގެ ތެރޭގައި ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިއަކު ވައްޓާލާ މަންޒަރެވެ."

ވޮޝިންޓަން ޕޯސްޓްގެ ގަދަ 29ގެ ތެރެއިން އެއް ވަނައިގާ އުޅެނީ އެމެރިކާ އެވެ. އެގޮތުން އެމެރިކާގެ ލޮސްއެންޖަލިސްގައި 2000 ވަނަ އަހަރު ، އެބޯޝަން ހެދުމާ ދެކޮޅުމީހުންނާއި ގްލޯބަލައިޒްކުރުމާ ދެކޮޅުމީހުން ކުރި މުޒާހަރާގެ ފޮޓޯ ހިމަނާފައި ވަނީ ލިސްޓްގެ އެއް ވަނައިގަ އެވެ.

ފޮޓޯ ގެލަރީތަކުގެ ތަފުސީލުގައި ލިޔެފައި ވަނީ، މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކޮށްފައި ވަނީ ސޫރިޔާ އާއި ލީބިޔާ ފަދަ މެދުއިރުމަތީގެ ގައުމުތަކުގެ ސަރުކާރުން އެކަނި ނޫން ކަމަށެވެ. އަދި މިހުރީ 2000 ވަނަ އަހަރުން ފެށިގެން ހިނގާފައި ހުރި މައިގަނޑު ބައެއް މުޒާހަރާތައް ރޫޅާލުމުގެ މަންޒަރުތައް ކަމަށެވެ
.

No comments:

Post a Comment