Wednesday, May 11, 2011

މަސްތުވާތަކެތީގެ މައްސަލައެއްގައި މޭނާ ހައްސާނު ހައްޔަރުކޮށްފި

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ތީމް ލަވަ "އަނެއް ދިވެހި ރާއްޖެ ރަށަށް" އެ ލަވަ އާއި އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވެވި އަލްހާނު ފަހުމީގެ ކެމްޕޭން ލަވަ "އަނެއް ދިވެހި ރާއްޖެ މެކުހަށް" ވެސް ކިޔާފައިވާ އާދަޔާ ހިލާފު ލަވަކިޔުންތެރިޔާ އަދި މާލޭ ރޯޑް ކޮންސްޓްރަކްޝަންގެ ޖެނަރަލް މެނޭޖަރު، ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފުތާގައި ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހައްސާނަކީ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސްވެރިންނާ ގާތްގުޅުމެއް އޮންނަ ފަންނާނެކެވެ. ލަވައިގެ ދުނިޔޭގައި 1994 ވަނަ އަހަރުން ފެށިގެން ހައްސާނު ފިޔަ ޖަހަން ފެށިއިރު އިރުވެސް އަދި ލަވަކިޔުން ހުއްޓައިލައި ތުނބުޅި ދިގުކޮށްގެން އުޅުމަށްފަހު އަލުން ލަވައިގެ ދުނިޔެއަށް އައި ފަހުން ވެސް އޭނާގެ މިއުޒީ އެޑްވައިޒަރަކީ ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރެވެ
.

No comments:

Post a Comment