ކުޑަ އަންހެން ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލެއް ހިންގެވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ހުރި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާދިލް ގޭބަންދަށް ބަދަލުކޮށްފައި ވަނީ އޭނާގެ ބަންދުގެ މުއްދަތް އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓް އަމުރެއްގެ ދަށުން މިދިޔަ ހަފުތާގެ ފަހުކޮޅުގަ އެވެ.
ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރުގައި ހުންނެވި އާދިލްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކޯޓުން އިތުރުކޮށްދީފައި ވަނީ އާދިލް ބަންދުން ދޫކޮށްލައިފި ނަމަ ހެކި ފޮރުވަން މަސައްކަތްކޮށް، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލަކަށް ވެދާނެތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ.
އާދިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައިވާ އިރު އެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފްގެ މެންބަރު އާދިލްގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ 13 އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގެވި ކަމަށް ބުނާ މައްސަލަ އަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނީ އާދިލްގެ ކުރީގެ އަންހެނުން ކަމަށް ވެސް ސަން އަށް ވަނީ އެނގިފަ އެވެ .
No comments:
Post a Comment