Thursday, May 19, 2011
ސަރުކާރުން މީހުންނަށް ފައިސާދީގެން ޕާޓީ ބަދަލު ކުރުވާ ކަމަށް ބުނެ ޒެޑް ފެކްޝަނުން އޭސީސީއަށް މައްސަލަ ހުށަހަޅައިފި
ސަރުކާރުން ފައިސާ ދީގެން އެއް ޕާޓީން އަނެއް ޕާޓީ އަށް މެންބަރުން ބަދަލު ކުރާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެދި ޒެޑް-ޑީއާރްޕީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ޒެޑް-ފެކްޝަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އުމަރު ނަސީރު އެންޓި ކޮރަޕްޝަނަށް މިއަދު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބުނެފައި ވަނީ، ފައިސާ އާއި މަގާމްތަކާއި އަދި ރިސޯޓްތަކާއި ފަޅުރަށް ފަދަ މުދާ ހަދިޔާގެ ގޮތުގައި ދީގެން ޕާޓީ ބަދަލު ކުރާ ކުރުން އެއީ ހުއްދަ ކަމެއް ކަމުގައި ނުވަތަ ރީތީ ކަމެއް ކަމުގައި ބެލެވޭ ހިސާބަށް ކޮރަޕްޝަންގެ އެ އަމަލު ގޮސްފައިވާ ކަމަށެވެ. އަދި ޕާޓީގެ މެންބަރު ބަދަލު ކުރުމަށް ފައިސާ ދޭ ކަމަށް ތުހުމަތުކުރެވޭ ސަރުކާރުގެ ފަރާތްތަކުގެ އަމަލުތައް ތަހުގީގުކޮށް، ޕާޓީ ބަދަލު ކުރާ މީހުންގެ އެކައުންޓް ތަކާއި އެމީހުންގެ އެކުވެރިންނާއި ތިމާގެ މީހުންގެ އެކަންއުންޓްތަކަށް ފައިސާ ޖަމާ ކުރޭތޯ ބެލުމަށް ވެސް އުމަރު އެދިފައިވެ އެވެ.
"ރައްޔިތުންގެ ކުރިމައްޗަށް ނުކުމެ ވަކި ގޮތަކަށް ވައުދުވެ، ވާހަކަ ދައްކާ ވޯޓު ހޯދައިގެން އިންތިހާބު ވުމަށް ފަހު އެ މީހެއްގެ ނަފްސު ބަދަލުކޮށް، އެ މީހެއްގެ ފިކުރު ފައިސާ އަށް ވިއްކާ، ވޯޓުދިން މީހުންގެ އިހްސާސްތަކުގައި ކޮޅުފައިން ޖެހުމަކީ މަކަރާއި، ހީލަތާއި ކޮރަޕްޝަންގެ އަމަލެއް ކަމުގައި ނޫނީ ނުވާނެ ކަން ކަށަވަރެވެ. އަދި މި ފަދަ އަމަލްތަކަކީ އެއްވެސް ކަމެއް ނޫން ކަމަށް މުޖުތަމައަށް ބެލެވެން ފަށައިފި ނަމަ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދި ޑިމޮކޮރެސީ ކިނލަބުވެ ރަނގަޅާއި ނުބައި އޮޅިގެން ހިނގައިދާނެ ކަމަށް ދެކެމެވެ." އޭސީސީއަށް އުމަރު ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.
މެންބަރުން ޕާޓީ ބަދަލު ކުރުމުގައި ކޮރަޕްޝަންގެ އަމަލްތަކެއް ހިނގައިފައިވާ ކަމަށް ބުނެ، އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް އެދި އުމަރު އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާއިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވަނީ އެ ޕާޓީން މިއަދު ވަކިވެވަޑައިގެންފަ އެވެ. އަދި އޭނާ ފައިސާގެ ބޮޑު އަދަދަކުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އަދި މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުންތަކެއް ވެސް ވެރިކަންކުރާ ޕާޓީއާ ގުޅެން އުޅޭ ކަމަށް ވަނީ ބެލެވިފަ އެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވެވި އަދި ރައީސް މައުމޫނާ ގާތް ކަމެއް އޮންނަ ޝައިހު މުހައްމަދު ގުބާދު އަބޫބަކުރާއި ޑީއާރްޕީގައި އިސްކޮށް އުޅުއްވި ހަސަން ސުޖާއު އެމްޑީޕީއާ ގުޅުވަޑައިގެންނެވިތާ ގިނަ ދުވަހެއް ނުވެ ވަނީ، ސަރުކާރުގެ އިސް މަގާމުތަކަށް މިހާރު އައްޔަންކުރައްވައިފަ އެވެ.
Subscribe to:
Post Comments (Atom)
No comments:
Post a Comment