ލ. ކުނަހަންދޫގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކުނަހަންދޫގައި އުމުރުން ހަގު ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 18 އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ.
ކުނަހަންދޫން ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހަކީ އުމުރުން 18 އަހަރުގެ ޒުވާނެއް ކަމަށާއި އޭނާ އަކީ މީގެ ކުރިން އެ ކުއްޖާ އާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެއް ކަމަށެވެ.
އެ އަންހެން ކުއްޖާ އަކީ ގާތްގަނޑަކަށް އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށް އެ ރަށު މީހަކު ބުންޏެވެ .
No comments:
Post a Comment