Saturday, May 14, 2011

ޒައީމު ޑީއާރުޕީއަކީ އަސްލު ޑީއާރުޕީ: މައުމޫން ރައީސް މައުމޫން މާލެވަޑައިގެންފި

ޒައީމު ޑީއާރުޕީއަކީ އަސްލު ޑީއާރުޕީ ކަމަށް ޑީއާރުޕީގެ ޒައީމު އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެެވެ.

މައުމޫން ވިދާޅުވީ ހިޔާލުތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި ހިޔާލުތަފާތުވާ މީހުން ވެސް ޕާޓީން ވަކިވާން ނުޖެހޭ ކަމަށެވެ.

ކުރީގެ ރައީސް އިންޑިއާގެ ބެންގަލޫރުގައި ހުންނެވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން ޖީއެމްއާރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައިގެން މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދާދިފަހުން މާލޭގައި ޒުވާނުން މުޒާހަރާ ކުރީ ރައްޔިތުންގެ ބަޔަށް ދަތިވެގެން ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމުގައި އެ މަނިކުފާނުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.
12:55 ރައީސް މައުމޫން ދެންމެ މާލެވަޑައިގެންފި އެވެ.

މައުމޫން މި މާލެވަޑައިގަތީ އެ މަނިކުފާން މާލެވަޑައިގެންފި ނަމަ ހައްޔަރުކުރެއްވުމަށް ސަރުކާރު ހިންގާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެފައިވަނިކޮށެވެ.

No comments:

Post a Comment